Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއެންޑީއެފް

މެޑިސިން ކިޔެވުމަށް އިންޑިޔާއަށް ދިއުމުގެ ދެ ފުރުސަތެއް އެމްއެންޑީއެފުން ހުޅުވާލައިފި

ހުރިހާ ޚަރަދެއް އެމްއެންޑީއެފުންނާއި އިންޑިޔާ ސަރުކާރުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 އެޕްރީލު 2017 | އަންގާރަ 19:17
އެމްއެންޑީއެފްގެ ޓްރޭނިންގ ހަރާކާތުގެ ތެރެއިން

އެމްއެންޑީއެފްގެ ޓްރޭނިންގ ހަރާކާތުގެ ތެރެއިން

އިންޑިއާ ޕޫނާގެ އާމްޑް ފޯސަސް މެޑިކަލް ކޮލެޖުން މެޑިސިންގ ދާއިރާއިން އުނގެނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ލިބިފައިވާ ދެ ޖާގައަށް، ޝައުޤުވެރިވާ ދިވެހީންނަށް އެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އިންޑިއާ ޕޫނާގެ އާމްޑް ފޯސަސް މެޑިކަލް ކޮލެޖުން އެމްއެންޑީއެފަށް ލިބިފައި ވަނީ އެމްޑީ ކޮމިއުނިޓީ މެޑިސިންގ ކޯސް އަދި އެމްޑީ ޖެނެރަލް މެޑިސިން ކޯހެއް ކަމަށެވެ. އެއިން ކޮންމެ ކޯހަކުން އެމްއެންޑީއެފަށް އެއް ޖާގަ ލިބިފައިވާއިރު އެ ދެ ކޯހުގެ ޚަރަދު ހަމަޖައްސަނީ އެމްއެންޑީއެފާއި އިންޑިއާ ސަރުކާރާ ގުޅިގެން ކަމަށެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފުން ބުނީ ތިން އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މިކޯހަށް ކުރިމަތިލެވޭ ޝަރުޠުތަކުގެ ތެރޭގައި އެމްބީބީއެސް ކޯސް ފުރިހަމަކޮށް މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަމުގައި ވުމާއި ކޯހަށް އެދި ހުށަހަޅާ އެމްބީބީއެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓެއްކަމުގައި ވާންޖެހޭ ކަމަށެވެ. އަދި މި ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ޚިދުމަތް ކުރުމަށް އެއްބަސްވާ ފަރާތެއްކަމުގައި ވުމާއި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ރަނގަޅަށް ފަތަން ދަންނަ ހަށިހެޔޮ ފަރާތެއް ކަމުގައި ވާންޖެހޭ ކަމުގައި ވެސް ކޯހުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިކޯހަށް ޝަރުޠުހަމަވާ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު މި މަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފަށް ހުށަހެޅަން ޖެހެއެވެ. ކޯސް އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ވެބްސައިޓް mndf.gov.mvއިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި މިކޯހާއި ބެހޭ އިތުރު މަޢޫލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 7737368 ނަންބަރު މޯބައިލް ފޯނަށް ގުޅުއްވުން ލިބޭނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި

އަދީބަށް ފަރުވާ ދިނުމަށް ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި

15 ޖޫން 2017
ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހަތަރު ގްރޫޕަކަށް

ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހަތަރު ގްރޫޕަކަށް

07 ޖޫން 2017
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑު ޖައްސާލަން އޭސީސީން އަންގައިފި

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުން މަޑު ޖައްސާލަން އޭސީސީން އަންގައިފި

21 މެއި 2017
އިންތިހާބު ކަވަރުކުރަން ރާއްޖެ ޓީވީއަށް ފުރުސަތެއް ނުދިން!

އިންތިހާބު ކަވަރުކުރަން ރާއްޖެ ޓީވީއަށް ފުރުސަތެއް ނުދިން!

04 މެއި 2017
ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު

ރައްޔިތުންނަށް ކިރިޔާވެސް ނޭވާއެއް ލެވޭނެ ފުރުސަތެއް އޮތީ ރައީސް ޔާމީން ބޭރުކޮށްގެން: ޖާބިރު

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު