Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިންގެ ޝަރީއަތް

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

ހަތް ހެކިން ހުށަހެޅި އިރު ކޯޓުން ބަލައިގަތީ ތިން ހެކިން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 ފެބުރުއަރީ 2017 | ބުރާސްފަތި 18:17
ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ

ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަތްލުމުގެ ކުށުގެ ދައުވާގެ ހުކުމް މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއްވާނެ ކަމަށް ގާޒީ ވިދާޅުވެއްޖެ އެވެ.

ފިޔާޒުގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ، މުލިއާގެ ކައިރިން ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދަނިކޮށް، އެ ސަރަހައްދުން ފިޔާޒު ނުގޮސް، ފުލުހެއްގެ މޭ މަތީ ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ ދައުވާއަކީ އަސްލެއް ނެތް ދައުވާއެއް ކަމަށް ފިޔާޒު ބުނެ އެވެ.

Advertisement - newsAdvertisement

ފިޔާޒުގެ މައްޗަށް ކޮށްފައިވާ ފުލުހެއްގެ ގައިގައި އަތްލުމުގެ ކުށުގެ ދައުވާއަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ފިޔާޒުގެ މައްޗަށް ހިންގާ ޝަރީއަތުގައި ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި ދައުވާ އިން ދިފާއުވުމަށް ހުށަހަޅާފައިވާ ހަތް ހެކިންގެ ތެރެއިން ތިން ހެކިންގެ ހެކި ބަސް ވަނީ ނަގާފަ އެވެ. ބާކީ ހަތަރު ހެކިންގެ ހެކި ބަސް ނުނެގުމަށް ޝަރީއަތުން ވަނީ ނިންމާފަ އެވެ.

ފިޔާޒުގެ ދިފާއީ ހެކީންގެ ގޮތުގައި ހެކި ބަސް ދިނީ މާފަންނު ސްޓޭޑިއަމް ސަރަހައްދުން ފިޔާޒުއާއެކު ހައްޔަރުކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލި ނާސިރުގެ އިތުރުން މުރުޝިދު އަބްދުލްހަކީމް އެވެ. އެ ތިން މީހުން ވެސް ހެކި ބަސް ދީފައިވަނީ ފުލުހެއްގެ ގައިގައި ފިޔާޒް ނުޖަހާ ކަމަށް ބުނެ އެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ގަދަހަދާފައި ވެސް ނުވާ ކަމަށް އެ ތިން މީހުން ބުންޏެވެ.

ފިޔާޒުގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކި ބަސް ދިނީ ތިން ފުލުހުންނެވެ. އެ ތިން ފުލުހުންނަކީ ވިސާމާއި ލީވާނުގެ މައްޗަށް ހިންގި ޝަރީއަތުގައި ވެސް ހެކި ބަސް ދިން ތިން ފުލުހުންނެވެ.

ހެކީންގެ ހެކި ބަސް ނަގާ ނިމުމުން މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމަށް އަންނަ ހަފްތާގެ ތެރޭގައި އަޑުއެހުމެއް ތާވަލުކުރައްވާނެ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން މައްސަލައިގައި ހުކުމް އިއްވަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު