Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

ޕީޕީއެމްއާ ގުޅުން ނެތް ބަޔަކު އެ ޕާޓީގެ ދިދަ އާއި ނަމާއި ލޯގޯ ބޭނުންކޮށްގެން ހަރަކާތްތައް ހިންގުން ހުއްޓުވަން ސިވިލް ކޯޓުން ވަނީ އަމުރު ނެރެފައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 31 މާރިޗު 2017 | ހުކުރު 17:24
ޕީޕީއެމް ރައީސްގެ އޮފީސް

ޕީޕީއެމް ރައީސްގެ އޮފީސް

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި އަދި އެ އޮފީހުގައި ހުރި ޕީޕީއެމްގެ ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންގައިފިއެވެ.

ފުލުހުންގެ ފަރާތުން ޕީޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެންގި އެންގުމުގައި ބުނެފައި ވަނީ މީގެ ފަހުން ޕީޕީއެމްގެ ރައީސްގެ ނަމަުގައި އޮފީހެއް ނުހިންގުމަށާއި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ނަމަުގައި ޖަލްސާ ބާއްވާ އެއްވެސް ހަރަކާތެއް މިއަދުން ފެށިގެން ހިންގައިގެން ނުވާނެ ކަމަށް ވެސް އަންގާފައި ވެއެވެ.

Advertisement - newsAdvertisement

ހަމައެހެންމެ ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހަދާފައިވާ އޮފީސް ނުހިންގުމަށާއި އަދި ހ. ތެމާގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އާއި ނަންބޯޑު ހުކުރު ދުވަހުގެ 18:00 ކުރިން އެތަނުން ނެގުމަށް ފުލުހުން އެންގުމުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ އެންގުމުގައި ބުނެފައި ވަނީ ފުލުހުންގެ މި އެންގުމާ ހިލާފްވެގެން ފުލުހުން އެތަނުން ދިދަަ އާއި ނަންބޯޑު ނަަގަން ޖެހިއްޖެ ހާލަތެއްގައި ދިދަ އާއި ނަންބޯޑު ނެގުމުގެ ތެރޭގައި ތަނަށް އަދި އެއްޗަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށެވެ.

ނަންބޯޑާއި ދިދަ ނަގަން ފުލުހުން އަންގާފައި މި ވަނީ އެކަން ހުއްޓުވުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު