Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމް އިބްރާހިމް

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

ގާސިމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ތުހުމަތު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 6 އެޕްރީލު 2017 | ބުރާސްފަތި 13:02
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުގެ މައްސަލައިގެ ވޯޓް ނެގުމުގެ ކުރިން އޭނާ ޖަލަށްލާން ސަރުކާރުން ބޭނުންވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާއަށެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާގެ މައްޗަށް ހިންގާ މައްސަލަ ކުރިއަށްދަނީ "ހައި ސްޕީޑް" ގައި ކަމަށެވެ. ނަމަވެސް ބޮޑެތި ޚިޔާނާތުގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ މައްސަލަތައް ނުހިނގާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ބޮޑެތި ޚިޔާނާތްތައް ހިންގާ މީހުންގެ މައްޗަށް ޝަރީއަތް ހިންގުމުގެ ބަދަލުގައި، އެމީހުންނަށް ލިބެމުންދަނީ މަތީ މަގާމުތައް ކަމަށެވެ.

ގާސިމް ވިދާޅުވީ އޭނާ ޖަލަށް ލެވިދާނެ ކަމަށާއި ނަމަވެސް ރާއްޖެ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ. އަދި އިސްލާހީ މަސައްކަތުގެ ރޫހު ދިވެހި ފަސްގަނޑުން ނައްތާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމްގެ މައްޗަށް މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުމުގެ ތުހުމަތުކޮށް ފަސް ދުވަހުގެ ތަހުގީގެއް ހިންގުމަށް ފަހު، ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފަ އެވެ. އަދި ރާއްޖެއިން ބޭރަށް ފުރުން ގާސިމަށް މަނާކޮށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހަސަން ލަތީފަށް ޖުމުލަ 25545 ވޯޓް

11 ފެބުރުއަރީ 2017
ހަސަން ލަތީފަށް ޖުމުލަ 25545 ވޯޓް
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓްލުން ފަށައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު