Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ އަތޮޅާ ވިއްކާލުން

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

ބިރު ދެއްކީ ވޯޓުގެ ކުރިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 22 ފެބުރުއަރީ 2017 | ބުދަ 02:40
ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ: ސަރުކާރަށް ދަނީ ފާޑު ވިދާޅުވަމުން

ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ: ސަރުކާރަށް ދަނީ ފާޑު ވިދާޅުވަމުން

ފ އަތޮޅު ސައޫދީ ރަސްގެފާނަށް ވިއްކާލަން ވެގެން ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ވޯޓުގެ ނެގުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި ކަމަށް ޕީޕީއެމަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ އަންގާރަ ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

ފ އަތޮޅު ވިއްކާލަން އުޅޭކަމުގެ ވާހަކަތައް ގިނަވެފައިވަނިކޮށް މުސްތަފާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެ އަތޮޅު ސައޫދީ ރަސްގެފާނަށް މިލްކުކޮށްދެއްވީ ޤާނޫން އސާސީއަށް ބާބެއް އިތުރުކޮށްގެން ކަމަށާއި އެކަމަށް ނެގި ވޯޓު ދިނުމުގެ އެއްގަޑިއިރު ކުރިން 58 މެންބަރުންނަށް ސީދާ ބިރު ދެއްކި ކަމަށެވެ.

މުސްތަފާގެ ޓްވީޓުގައި ވިދާޅުވެފައިވާ 58 މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކޮން މެންބަރުންނެތްކަމެއް ވިދާޅު ނުވިނަމަވެސް އެއީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަންގެ މެންބަރުން ކަމަށް ބެލެވެ.

މުސްތަފާ ތުހުމަތު ކުރައްވާފައިވާގޮތަށް މެންބަރުންނަށް ސީދާ ބިރުދެއްކެވީ ކޮން ފަރާތަކުންނެއް ކަމެއް މުސްތަފާގެ ޓްވީޓުގައި ވިދާޅުވެފައެއް ނުވެއެވެ.

މުސްތަފާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮންމެވެސް ދުވަހަކުން ކޮންމެވެސް ބަޔަކު މެންބަރުންނަށް ސީދާ ބިރުދެއްކި މައްސަލަ ހިފައިގެން ތެދުވާނެ ކަމަށާއި އަޅުގަނޑުމެން މަރުވެ ދިޔަޔަސް ޤައުމު ދިރިއޮންނާނެ ކަމަށެވެ. ޤާނޫނު އަސާސީ އާއި ޤާނޫންތައް މޮޑެގެން ޤައުމަށް ލިބޭ ހުރިހާ ގެއްލުމެއްގެ ޒިންމާ އުފުލަން ޖެހޭ މީހަކީ މަޤާމަށްޓަކއި ވިކި ހުސްވެފައި ހުރި މަޖިލީހުގެ ރައީސް ކަމަށްވެސް މުސްތަފާގެ ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ދެފަޅިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ މުސްތަފާ މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު ރައީސް ޔާމީން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ ފ އަތޮޅުގައި ހިންގާ ބޮޑު ޕްރޮޖެކްޓް ހިންގިނަމަވެސް އެއަތޮޅު ރައްޔިތުން އެއަތޮޅުގައި ތިބޭނެކަމަށެވެ. އަދި އެއަތޮޅަށް ހިނގާނީ ރާއްޖޭގެ ޤާނޫން އަސާސީގެ ބާރު ކަމަށާއި އޮންނާނީ ދިވެހި ސަރުކާރުގެ ދަށުގައި ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު