Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޫލުތަކުގެ ކިޔެވުން

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށްފައިވަނީ މާރޗު 14 ގައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 21 މާރިޗު 2017 | އަންގާރަ 11:53
އިސްކަންދަރު ސްކޫލު

އިސްކަންދަރު ސްކޫލު

މިހާރު ރާއްޖޭގައި ފެތުރެމުންދާ ރޯގާއާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން ފެށޭކަން ނުވަތަ ނޫން ކަން މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މިޑްޓާމް ބަންދަށް ފަހު ސްކޫލުތައް ހުޅުވޭނެ ކަން ނުވަތަ ނޫން ކަން ވެސް އެ މިނިސްޓްރީން ސްކޫލުތަކަށް މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ ކަމަށެވެ.

މިއީ ސްކޫލުތަކުގެ މިޑް ޓާމް ބަންދު ހަފްތާ ކަމުގައި ވީ ނަމަވެސް މިޑް ޓާމް ބަންދު އައުމުގެ ކުރިން، މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން ވަނީ ބަންދުކޮށްފަ އެވެ.

ބަންދުކުރަން ނިންމީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ހުރިހާ ސްކޫލްތަކެކެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިޑްޓާމް ބަންދު ނިމޭއިރު، ރޯގާ ފެތުރޭ މިންވަރަށް ބެލުމަށް ފަހު ސްކޫލުތައް ހުޅުވުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އެޗްޕީއޭ އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، އިންފްލުއްޒާ އެންވަންއެންވަން ޖެހިގެން، މިހާތަނަށް ތިން މީހުން މަރުވެފައިވާ އިރު 140 އަށް ވުރެ ގިނަ މީހުންނަށް ވަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފަ އެވެ. މި ހާތަނަށް 400 އަށް ވުރެ ގިން މީހުން ވަނީ މި ބައްޔަށް ޓެސްޓްކޮށްފަ އެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު