Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 ޔޫރަޕްގެ ހާލަތު

ޔޫރަޕުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 250،000 އިން މައްޗަށް

ޔޫރަޕްގައި ދުވާލެއްގެ މައްޗަށް ވައިރަސްޖެހޭ މީހުންގެ އަދަދު ދެ ލައްކައަށް އަރައިގެން ފުރަތަމަ ފަހަރަށް ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2020 | ހޮނިހިރު 20:50
ޔޫރަޕްގައި މީހުން މާސްކު އަޅައިގެން

ޔޫރަޕްގައި މީހުން މާސްކު އަޅައިގެން

ލެޓިން އެމެރިކާއަށް ފަހު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ކޮވިޑު ޖެހިގެން މަރުވި ބައްރަކަށް ޔޫރަޕް ވެއްޖެއެވެ.

ރޮއިޓަރސްގެ ޓެލީން ދައްކާގޮތުގައި ހޮނިހިރު ދުވަހު ޔޫރަޕްގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 250،000 އަށް ވުރެ މައްޗަށް އަރާފައެވެ. ފާއިތުވި ދެ ހަފްތާގައި ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ވަނީ އިތުރުވާން ފަށާފައެވެ.

ޔޫރަޕްގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ދެ ލައްކައަށް އަރައިގެން ފުރަތަމަ ފަހަރަށް ރިޕޯޓް ކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ފާއިތުވި ހަފްތާގައި ދެކުނު ޔޫރަޕްގައި ހިމެނޭ ގިނަ ގައުމުތަކަކުން ވަނީ ދުވާލެއްގެ މައްޗަށް އެ ގައުމުތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވެފައެވެ.

އެގޮތުން މުޅި ދުނިޔޭގައި ވައިރަސް ޖެހިގެން މަރުވާ މީހުންގެ 19 އިންސައްތަ ހިއްސާކުރަނީ ޔޫރަޕެވެ. އަދި ދުނިޔޭގައި ވައިރަސް ޖެހޭ މީހުންގެ 22 އިންސައްތަ ހިއްސާކުރަނީ ޔޫރަޕެވެ.

އިނގިރޭސިވިލާތް، އިޓަލީ، ފްރާންސް، ރަޝިޔާ، ބެލްޖިއަމް އަދި ސްޕެއިންއަކީ ޔޫރަޕްގައި މި ބަލީގައި ޔޫރަޕުން މަރުވާ މީހުންގެ ތިންބައިކުޅަ ދެބައި ހިއްސާ ގައުމުތަކެވެ. ޔޫރަޕްގައި ވައިރަސް ޖެހިފައިވާ 8 މިލިއަން މީހުން އެބަތިއްބެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ވައިރަސް ޖެހިގެން މަރުވަމުން އަންނަ ގައުމަކީ އިނގިރޭސިވިލާތެވެ. އެއީ 45،000 މީހުންނެވެ. އެއަށްފަހު އިޓަލީ، ސްޕެއިން، ފްރާންސް އަދި ރަޝިޔާއެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ އެ ގައުމަށް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިނަށް އެކަނި ބަރޯސާ ނުވެވޭނެ ކަމަށާއި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެހެނިހެން ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

ފާއިތުވި ހަތް ދުވަހު ރަޝިޔާގައި ދުވާލެއްގެ މައްޗަށް 250 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. އިނގިރޭސިވިލާތާއި ފްރާންސްގައި ދުވާލެއްގެ މައްޗަށް މިބަލީގައި 143 މީހުން ވަނީ ފާއިތުވި ހަތް ދުވަހު މަރުވެފައެވެ.

ދުނިޔޭގައި މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރި ހަތްވަނަ ގައުމަކަށް ފްރާންސް ވީ ހުކުރު ދުވަހުއެވެ. ފްރާންސަކީ ވައިރަސްގެ ދެވަނަ ވޭވުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ގައުމު ވެސްމެއެވެ. މިއާއި ގުޅިގެން އެ ގައުމުގައި ވަނީ ކާފިއު ވެސް އިއުލާން ކޮށްފައެވެ.

ރޮއިޓަރސްގެ ޓެލީން ދައްކާގޮތުގައި ފްރާންސްގައި ފާއިތުވި 10 ދުވަހު ޖެހިޖެހިގެން ދުވާލެއްގެ މައްޗަށް ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދުވަނީ މައްޗަށް ގޮސްފައެވެ.

ސްޕެއިންގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް އަރާފައިވާއިރު ފާއިތުވި ހަތް ދުވަހު އެގައުމުގައި ވައިރަސް ޖެހިގެން 136 މީހުން ވަނީ މަރުވެފައެވެ.

ޔޫރަޕްގައި ދެވަނަ ވޭވެއް އައިސްފައިވީ ނަމަވެސް ވައިރަސް އެންމެ ފުރަތަމަ ޔޫރަޕް ބައްރުގައި ފެތުރުނުއިރު ހާލަތު ގޯސްވި ހިސާބަށް އަދި ނުދާކަމަށް ރިޕޯޓްތައް ބުނެއެވެ. ވައިރަސްގެ ދެވަނަ ވޭވެއް އަތުވެދާނެ ކަމުގެ އިންޒާތު ކަމާބެހޭ ފަރާތްތަކުން ދެމުން ގެންދިޔުމާއެކު އެކަމަށް ގިނަ ގައުމުތަކުން ވަނީ ތައްޔާރު ވެސް ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު