Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އޭޝިޔާގެ ހާލަތު

އޭޝިޔާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް ވުރެ މައްޗަށް

24 އޮކްޓޯބަރު 2020 | ހޮނިހިރު 18:16

އޭޝިޔާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 163،000 އަށް ވުރެ މަތީގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 އޮކްޓޯބަރު 2020 | ހޮނިހިރު 18:16
އިންޑިޔާގެ މުމްބާއީގައި މަގެއްގެ މަތީގައި އަންހެނަކު މާސްކު އަޅައިގެން ހިނގާފައިދަނީ

އިންޑިޔާގެ މުމްބާއީގައި މަގެއްގެ މަތީގައި އަންހެނަކު މާސްކު އަޅައިގެން ހިނގާފައިދަނީ

ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުން ދެވަނައަށް އެންމެ ގިނައިން ތިބި ބައްރަކަށް އޭޝިޔާ ވެއްޖެއެވެ.

ރޮއިޓަރސްގެ ޓެލީން ދައްކާ ގޮތުގައި އޭޝިޔާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 10 މިލިއަނަށްވުރެ މައްޗަށް ހޮނިހިރު ދުވަހު އަރާފައެވެ. ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ ބައްރަކީ ލެޓިން އެމެރިކާއެވެ.

މުޅި ދުނިޔެއަށް ބަލާ އިރު، ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ ހަތަރު ބައިކުޅަ އެއްބައި ހިއްސާ ކުރަނީ އޭޝިޔާއިންނެވެ. އަދި މި ބަލީގައި އޭޝިއާއިން މަރުވި މީހުންގެ އަދަދު އުޅެނީ 163،000 އަށް ވުރެ މަތީގައެވެ. އެއީ ދުނިޔޭގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ 14 އިންސައްތައެވެ.

އޭޝިޔާގައި ކޭސްތައް އިތުރުވީ ނަމަވެސް ފާއިތުވި ހަފްތާތަކުގައި ކޮވިޑް-19 ކޮންޓްރޯލް ވެފައިވާ މިންވަރު ވަނީ އިތުރު ވެފައެވެ. އަދި ދުވާލެއްގެ މައްޗަށް އޭޝިޔާގައި ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ޔޫރަޕާއި ނޯރތް އެމެރިކާ ބައްރަށް ވުރެ ދަށެވެ.

އޭޝިޔާގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ގައުމަކީ އިންޑިޔާއެވެ. އެ ގައުމުގައި ދުނިޔޭގައި ވައިރަސް ޖެހުނު މީހުންގެ 21 އިންސައްތަ ހިއްސާ ކުރާ އިރު މަރުވި މީހުންގެ 12 އިންސައްތަ ހިއްސާ ކުރެއެވެ.

އިންޑިޔާއަކީ އެމެރިކާ ނެގުމަށްފަހު ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކޮށްފައިވާ ގައުމެވެ. އެހެން ނަމަވެސް އިންޑިޔާގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ކުރިޔާ އަޅާ ބަލާ އިރު ދަށްވެފައެވެ. އިންޑިޔާއިން މިހާރު ދުވާލެއްގެ މައްޗަށް 57،000 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހެއެވެ.

އިންޑިޔާގައި ކޮވިޑް-19 ޖެހިފައިވާ 7.8 މިލިއަން މީހުން ތިބިއިރު އެމެރިކާގައި ވައިރަސް ޖެހިފައިވަނީ 8.5 މިލިއަން މީހުންނަށެވެ. އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ދަށަށްދާން ފަށާފައިވީ ނަމަވެސް ކުރިޔަށް އޮތް ފިނި މޫސުމާއި ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އަނެއްކާ ވެސް އެ ގައުމުގައި ކޭސްތައް އިތުރުު ވެދާނެ ކަމަށް ކަމާބެހޭ މާހިރުން އަންނަނީ ބުނަމުންނެވެ.

އިންޑިޔާއަށް ފަހު އޭޝިޔާގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓް ކުރަމުން އަންނަ ގައުމަކީ ބަންގްލަދޭޝްއެވެ. އެ ގައުމުގައި 400،000 މީހުންނަށް ވަނީ މިހާތަނަށް އައިއިރު ވައިރަސް ޖެހިފައެވެ. އެހެންނަމަވެސް ޖުލައި މަހުގެ ޕީކާއި އަޅާ ބަލާ އިރު އެ ގައުމުގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދު މިހާރު ވަނީ ހާހެއްގައި ހިފެހެއްޓިފައެވެ.

ސައުތުއީސްޓް އޭޝިޔާ ސަރަހައްދަށް ބަލާއިރު ފިލިޕީންސް އާއި އިންޑޮނޭޝިޔާގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 370،000 އަށް ވުރެ މައްޗަށް އަރާފައެވެ. އެ ސަރަހައްދުގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކުރަމުން އަންނަނީ މި ދެ ގައުމުންނެވެ.

އޭޝިޔާގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރު ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ޔޫރަޕާއި ނޯރތް އެމެރިކާ ސަރަހައްދުން އޭޝިޔާ ސަރަހައްދު މިސާލެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް