Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެސްޓަން ވިލާ ބަލިކުރި ފުރަތަމަ ޓީމަކަށް ލީޑްސް

24 އޮކްޓޯބަރު 2020 | ހޮނިހިރު 07:20

ލީގުގައި ވިލާއިން ހުރިހާ މެޗަކުން މޮޅުވެ ދަމަހައްޓަމުން އައި ރިކޯޑަށް ވަނީ ނިމުން އައިސްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 އޮކްޓޯބަރު 2020 | ހޮނިހިރު 07:20
ވިލާ އާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލީޑްސް މޮޅުވީ 3-0 ން

ވިލާ އާއި ލީޑްސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލީޑްސް މޮޅުވީ 3-0 ން

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ ބަލިކުރި ފުރަތަމަ ޓީމަކަށް ލީޑްސް ޔުނައިޓެޑް ވެއްޖެއެވެ.

މި ސީޒަނުގެ ލީގުގައި ވިލާއިން ހުރިހާ މެޗަކުން މޮޅުވެ ދަމަހައްޓަމުން އައި ރިކޯޑަށް ނިމުން އައީ ހުކުރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ލީޑްސް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗުގައި ލީޑްސްއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެގޮތުން މެޗުގައި މޮޅު ކުޅުމެއް ދެއްކި ލީޑްސްގެ ފޯވާޑް ޕެޓްރިކް ބަމްފޯޑާއި ރޮޑްރީގޯ މޮރޭނޯއަށް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ހާފުގައި ލަނޑެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ ވިލާގެ ކެޕްޓަން ޖެކް ގްރީލިޝްއެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ލީޑްސްގެ ލޫކް އޭލިން ވަނީ ގޯލުގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

މި މެޗުގައި ލީޑްސްއިން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަމްފޯޑެވެ. އަދި މެޗުގެ 67 ވަނަ މިނެޓުގައި ބަމްފޯޑް ލީޑްސްއަށް ލީޑު ފުޅާކޮށްދިންއިރު، އޭނާ ވަނީ މެޗުގެ 74 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ މެޗުގައި ހެޓްރިކް ހަދާފައެވެ.

މި މޮޅާއެކު 16 އަހަރަށްފަހު ޕްރިމިއާ ލީގަށް އަލުން ޕްރޮމޯޓުވި ލީޑްސް އޮތީ ތާވަލުގެ ތިންވަނައިގައި ހަ މެޗުން 10 ޕޮއިންޓާއެކުއެވެ. އަދި މެޗުން ބަލިވި ވިލާ އޮތީ ތާވަލުގެ ދެވަނައިގައި ފަސް މެޗުން 12 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެން އޮތީ އެވަޓަނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް