Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

މާޒިޔާ އަދި އީގަލްސް ބައްދަލުކުރާ މެޗު އޮންނާނީ ހުކުރު ދުވަހު

ލީވާން އަލީ
ލީވާން އަލީ | 23 ފެބުރުއަރީ 2017 | ބުރާސްފަތި 23:43
އީގަލްސްގެ ކޯޗު ސާންތި

އީގަލްސްގެ ކޯޗު ސާންތި

މާލޭ ލީގުގައި ކުޅޭ ފުރަތަމަ މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނެފި އެވެ.

މެޗުގެ ކުރިން އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސާންތި ބުނީ މިދިޔަ މަހުގެ 14 އިން ފެށިގެން ކޮންމެ ދުވަހަކު ދެއިރު ކަހަލަގޮތަކަށް ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ސާންތި ބުނީމެޗަށް ނިކުންނައިރު، އޭނާ އަށް ދިމާވި އެންމެ ބޮޑު ދައްޗަކީ ބިދޭސީ ކުޅުންތެރިން ޓީމާ ގުޅުން ލަސްވުން ކަމަށެވެ.

ސާންތި ބުނީ ޓީމު އެކުލަވާލަން ވަގުތު ބޭނުންވާ ކަމަށާއި، އެގޮތުން އަލަށް ގެނައި ބައެއް ކުޅުންތެރިން މެޗުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ މާޒިޔާއާ ދެކޮލަށް މާލޭ ލީގުގެ ފުރަތަމަ މެޗުގައި ނިކުންނައިރު، އެޓީމަކީ މިހާރު އެ ލީގުގައި އޮތް އެންމެ އޯގަނައިޒް އެއް ޓީމު ކަމަށާއި، މިވަގުތު އެޓީމާއެކު ކުޅެން ޖެހުމަކީވެސް އުނދަގުލެއް ކަމަށެވެ.

ފުޓުބޯޅަ އަކީ ނަން މަޝްހޫރު މޮޅެތި ކުޅުންތެރިން ތިބެގެން ކުޅޭ އެއްޗެއް ނޫންކަން މިއަހަރުވެސް އީގަލްސް އިން ސާބިތުކޮށްދޭނެކަން ފާހަގަކުރަމުން ސާންތި ބުނީ ދަރަޖައިގެ ގޮތުން އީގަލްސް މަތިނުކުރުމަކީ އޭނާވެސް އަދި އެދޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން ކާމިޔާބީއަކީ ވަކި ކުޅުންތެރިންތަކެއް ތިބެގެން ލިބޭ އެއްޗެއް ނޫންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސާންތި ބުނީ މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ފުރަތަމަ ޑިވިޝަނުން މުޅިން އަލަށް ކުޅޭ ކުޅުންތެރިންވެސް ފެނިގެންދާނެ ކަމަށާއި، އޭގެ ތެރޭގައި އޭނާއާއެކު އުމުރުން ނުވަ އަހަރުއްސުރެ މަސައްކަތްކުރަމުން އަންނަ ކުޅުންތެރިޔަކާ އަދި އުމުރުން 10 އަހަރުއްސުރެ ދަންނަ ކުޅުންތެރިޔަކު ހިމެނޭ ކަމަށެވެ.

މާޒިޔާ އަދި އީގަލްސް ބައްދަލުކުރާ މެޗު އޮންނާނީ ހުކުރު ދުވަހު ހަވީރު 16:00 ޖަހާއިރެވެ. މިއީ މާލޭ ލީގުގައި ކުޅެވޭ ފުރަތަމަ މެޗެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު