Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްއޯއީ ކޮމިޓީ

އެމްއައިޓީޑީސީ ކޮރަޕްޝަން: ސިޔާސީ ބޭފުޅުން ރުއްސަން ސީއެސްއާރުން ޕީޕީއެމްއަށް 200،000 ޑޮލަރު، ހައި ކޯޓުގެ ބޭފުޅުން ރުއްސުމަށް ޖިމެއް!

14 އޮކްޓޯބަރު 2020 | ބުދަ 16:40

ޕީޕީއެމް އޮފީހަށް ދެ ލައްކަ ޑޮލަރު ހަރަދުކުރި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 14 އޮކްޓޯބަރު 2020 | ބުދަ 16:40
އެމްއައިޓީޑީސީގެ ކުރީގެ މެމްބަރުން އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރުން

އެމްއައިޓީޑީސީގެ ކުރީގެ މެމްބަރުން އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރުން

ރައީސް ޔާމީންގެ ދައުރުގައި ކުރީގެ އެމްޓީޑީސީގެ ބޯޑުން ސިޔާސީ ބޭފުޅުންނާއި ހައި ކޯޓުގެ ބޭފުޅުން ރުއްސުމަށް އެމްއައިޓީޑީސީ ސީއެސްއާރު މެދުވެރިކޮށް ފައިސާ ދައުރު ކުރީ ވުޒާރާތަކުގެ އިސްވެރިން އެކަން ކުރުމަށް އެންގުމުން ކަމަށް އެ ކުންފުނީގެ ކުރީގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް ޑިވިލޮޕްމަންޓްގެ ޕްރޮޖެކްޓަށް ޖުމަލް 40 ފަރާތަކުން 3.5 މިލިއަން ޑޮލަރު ނަގާފައިވާއިރު އެ ފައިސާ ކުންފުނީގެ އެހެނިހެން ބޭނުންތަކަށް ހަރަދު ކުރި މައްސަލައާއި ގުޅިގެންނެވެ. މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ކުންފުނީގެ ކުރީގެ ބޯޑު މެމްބަރުންނާއި ވަނީ ސުވާލު ކޮށްފައެވެ.

Advertisement - newsAdvertisement

ކޮމިޓީގެ ބައްދަލުވުމުގައި ސީއެސްއާރް ފައިސާގެ ގޮތުގައި ސިޔާސީ ޕާޓީ ޕީޕީއެމްއަށް 200،000 ޑޮލަރު ހަރަދު ކުރީ ކޮން އުސޫލަކުންތޯ އަދި ހައި ކޯޓުގައި ޖިމެއް ގާއިމް ކުރަން އެމްއައިޓީޑީސީގެ ސީއެސްއާރުން ހަރަދު ކުރީ ކޮން އުސޫލަކުންތޯ ކުރި ސުވާލުތަކަށް ކުރީގެ ބޯޑް މެމްބަރުންނަށް ޖަވާބުދާރީއެއް ނުވެވުނެވެ. ބޯޑް މެމްބަރު ޝަކީބާ ހުސައިން ވަނީ ހައި ކޯޓުގައި ޖިމް ސެޓަށް ފައިސާ ދެއްކިންތޯ ކުރި ސުވާލަށް، އެއީ ޓުއަރިޒަމް މިނިސްޓްރީގެ އެންގުމަށް އެމްއައިޓީޑީސީން ސީއެސްއާރު ފަންޑުން ކުރި ކަމެއް ކަމެއްގައި ވިދާޅުވެފައެވެ.

އުސޫލުތަކާއި ގަވާއިދުތަކާއި ހިލާފަށް، ކުންފުންޏަކީ ވަކި ޝަހްސިއްޔަތެއް ކަމަށް ކޮމިޓީގެ މުގައްރިރު މެމްބަރު އިލްޔާސް ލަބީބް ވިދާޅުވުމުން ވެސް ކުރީގެ ބޯޑް މެމްބަރުންނަށް ޖަވާބެއް ނުދެވުނެވެ. ތަކުރާރުކޮށް، ވިދާޅުވަމުން ދިޔައީ އެއިރު މަސައްކަތް ކުރެއްވީ ވަރަށް ޗެލެންޖިންގް މާހައުލެއްގައި ކަމަށާއި، ސީއެސްއާރުން އެގޮތަށް ފައިސާ ހަރަދުކުރެއްވީ، ޓުއަރިޒަމް މިނިސްޓްރީގެ އެންގުމަކަށް ކަމަށެވެ. އަދި، އަމަލު ކޮށްފައިވަނީ، ފިނޭންސް މިނިސްޓްރީއާއި އެޓާރނީ ޖެނެރަލްގެ އޮފީހާއިި ރައީސް އޮފީހުން އަންގާ ގޮތަށް ކަމަށް ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދު ވިދާޅުވިއެވެ. ގިނަ ސުވާލުތައް ކުރިމަތިވެ ޖަވާބުގައި ހަނދުމަފުޅުނެތް ކަމަށް ވިދާޅުވުމާއި ގުޅިގެން ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އަދި، ކުރީގެ ބޯޑް މެމްބަރުން ދެއްކެވި ވާހަކައާއި ގުޅިގެން މެމްބަރުން ވަނީ އެމްއައިޓީޑީސީއަކީ ކޮރަޕްޝަންގެ ފައިސާ ދައުރުކުރުމަށް އުފެއްދި ހަބެއްގެ ގޮތުގައި ވިދާޅުވެ، ކުންފުނީގެ މެންޑޭޓެއް އޮވެ އެއަށް އަމަލު ނުކޮށް ވަކި މުއައްސަސާއަކުން އަންގާ ގޮތަށް ގޮތް ނިންމުމަކީ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވެފައެވެ. މިކަމާއި ބޯޑް މެމްބަރުން އެއްބަސްވިކަމުގައިވިނަމަވެސް، ޕީޕީއެމް އަށް ހަަރަދު ކުރީ ކޮން ބޭފުޅަކު އަންގަވައިގެން ކަމެއް އެއްވެސް ބޯޑް މެމްބަރަކު ހަނދުމަފުޅަކު ނެތެވެ.

ނަަމަވެސް ޕީޕީއެމް އޮފީހަށް ހަރަދުކުރަން ބޯޑް ރިސޮލިއުޝަނެއް ފާސްކޮށްފައިވާއިރު، މިއީ އެންމެ ރަނގަޅުގޮތްތޯ ސުވާލުކުރުމުން ބޯޑު މެމްބަރުން ވަނީ އެކަމަށް ލިޔުމުން ޖަވާބު ދެއްވާނެ ކަމަށެވެ. ކޮމިޓީ ބައްދަލުވުމުގައިި ބައިވެރިވެވަޑައިގެންނެވީ، ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝާހިދު، ކުރީގެ ބޯޑުގެ ޗެއަރޕާސަން ފާތިމަތު ރިޝްފާ، ބޯޑް މެމްބަރު ފާތިމަތު ސޮބާހާ އަދި ބޯޑް މެމްބަރު ޝަކީބާ ހުސައިންއެވެ.

2016 ވަނަ އަހަރު އުފެދުނު އެމްއައިޓީޑީސީ އިން މިހާތަނަށް ފަށާފައި ވަނީ އެންމެ ދެ ޕްރޮޖެކްޓެވެ. އެއީ ބަރެސްދޫ ޕްރޮޖެކްޓާއި ކާށިދޫ ޓޫރިސްޓް ވިލެޖް މަޝްރޫއެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެކުންފުނި 25 މިލިއަން ރުފިޔާއަށް ދަރާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރާއިދު ވިދާޅުވިއެވެ. އަދި ކުރިން ފައިސާ ދެއްކި ފަރާތްތަކުން އެ ޕްރޮޖެކްޓާއެކު ކުރިއަށް ދާން ބޭނުންނަމަ އެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް