Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާއިން އަމަލުކުރަނީ ޤާނޫނާއި ހިލާފަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 24 ޖެނުއަރީ 2017 | އަންގާރަ 03:54
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. ޑީޑީ ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. ޑީޑީ ވާހަކަ ދައްކަވަނީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައިކަމަށާއި، އެ މުއައްސަސާއިން ނިންމާ ގިނަ ނިންމުންތަކަކީ ޤާނޫނާއި ހިލާފު ނިންމުތަކަކަށްވެގެންދާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ނުފޫޒުން ފުލުހުންގެ މުއައްސަސާ ކަސްތޮޅު އެޅުވިފައިވާ ކަމަށެވެ. އަދި ފުލުހުންގެ މުޅި މުއައްސަސާވެސް އޮތީ ސިޔާސީ ނުފޫޒާއި ބާރުވެރިކަމުގެ ތެރޭގައި ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ވާގޮތަށް އަމުރުތައް ނެރޭ ތަނެއް ކަމަށެވެ. އަދި އެ މުއައްސަސާއިން އިތުރުކަމެއް ކުރާ މަންޒަރު ނުފެންނަ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ރައީސް އަބްދުﷲ ޔާމީންގެ އަމަލުފުޅުތައް ހުރިގޮތުން މުޅި ފުލުހުންގެ މުއައްސަސާގެ އަގު މިވަނީ ވެއްޓިފަ." އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ޕީޕީއެމްގެ މެމްބަރުންނާއި ބައްދަލުކުރުމަށް ފުލުހުންގެ މުއައްސަސާއިން ހުރަސްއެޅި އެޅުން ފާހަގަކޮށް ޑރ. ޑީޑީވިދާޅުވީ އެއީ ފުލުހުން ޤާނޫނު އަސާސީއާއި ހިޔާފަށް ހިންގި ޒަރީމާއެއް ކަމަށެވެ. އޭނާ ވިދާޅުވީ ފުލުުހުންގެ މުއައްސަސާއިން ނިންމާ ކޮންމެ ނިންމުމެއް ވާންޖެހޭނީ ޤާނޫނީ އިމުގެ ތެރެއިން ނިންމާ ނިންމުމަކަށް ކަމަށާއި، އަދި އެކަން ފުލުހުންނަށް މާ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ރައްޔިތުންގެ ތެރޭގައި މިހާރު ފުލުހުންގެ މުއައްސަސާއަކަށް އިތުބާރެއް ނެތް. ފުލުހުންގެ މުއައްސަސާ މިއަދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ތެރޭގައި ހިސޯރުވެފަ" ޑ.ރ. ޑީޑީ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު