Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޔާމީން ބަންދުކުރި މައްސަލަ

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

ޓެރަރިޒަގެ ކުށުގެ އެއްވެސް ޢަމަލެއް ރައީސް މުޙައްމަދު ނަޝީދު ހިންގާފައިނުވާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2017 | އަންގާރަ 21:05
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައި

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރުމަށް އެދި ފޮނުވާފައިވާ މައްސަލައަކީ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ދައުލަތުން ކުރައްވާ ކަމެއް ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ދިފާޢީ ބާރުގެ ބެއްލެވުމުގެ ދަށުން މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން، އާރަށުގައި ބެހެއްޓިކަމަށް ބުނާ މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް އެދި ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައަކީ ސިޔާސީ މަޤްޞަދެއް ހާސިލްކުރަން ދައުލަތުން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ. ޕްރޮސެކިއުޓަރ ޖެނެރެލްގެ ޤާނޫނީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރައްވައި އެ މައްސަލަ އަނބުރާ ފޮނުވާލުމަށް ގޮވާލާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޓެރަރިޒަމްގެ ކުށުގެ އެއްވެސް ޢަމަލެއް ރައީސް މުޙައްމަދު ނަޝީދު ހިންގާފައިނުވާ ކަމަށާއި، ޓެރަރިޒަމްގެ ކުށުގެ ދަޢުވާއެއް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި ކުރިން ޢަމަލުކުރަމުން ގެންދިޔަ ޓެރަރިޒަމް ގާނޫނު މިހާރު އުވާލެވިފައި ވާއިރު، ބާތިލްކޮށްފައިވާ ގާނޫނެއްގެ ދަށުން ދައުވާއެއް ކުރަން އުޅުމަކީ ގާނޫނީ އުސޫލުތައް ނިޔާކުރާ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ޔާމީން އިންތިޚާބުވެވަޑައިގަތުމަށްފަހު ސިޔާސީ ދައުވާތައް އިންތިހާއަށް އިތުރުވެ، ޤާނޫނު އަސާސީގައި ބަޔާންކުރާ ތިން ބާރު ވަކިވެފައިވާ ނިޒާމު ގަޑުބަޑުކޮށްފައިވާކަމަށާއި ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނާއި، ސިޔާސީ ލީޑަރުންނާއި، ސިޔާސީ ޕާޓީތަކުގެ ހިންގުން ހުއްޓުވައި ޑިމޮކްރަޓިކް ނިޒާމް ނެތިކޮށްލާފައިވާކަމަށް ބަޔާނުގައި ބުނެ އެވެ. އެއީ ދިވެހިންނަށް ލިބޭ ނިކަމެތިކަމެއް ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެެވެ.

އެހެންކަމުން ކަންކަމުގެ މެދުވެރިންނަށް ދައުލަތުގެ މުވައްސަސާތައް ވުން ދުރުވެ ގާނޫނުގެ ވެރިކަން ހިންގެވުމަށް ބާރު އެޅުއްވުމަށް ރައީސް ނަޝީދުގެ އޮފީހުން ވަނީ ގޮވާލާފަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުލަކު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ޔާމީން ހުންނެވިއިރު، އޭނާ ބަންދުކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާކުރުމަށް ފޮނުވާފައިވަނީ ދެ ބޭފުޅެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ދައުވާ ކުރުމަށް ފޮނުވީ ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ޑިފެންސް މިިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.

އޮފިޝަލް ވިދާޅުވީ އަމީން ފައިސަލްގެ މައްޗަށް ދައުވާކޮށްފައި ވާއިރު، ރައީސް ނަޝީދުގެ މައްޗަށް ދައުވާ ނުކުރެވި ވަނީ، އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރެވިފައިވާތީ ކަމަށެވެ. އަދި މިހާރު އެ ކަންތައްތައް ފުރިހަމަ ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު