Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާ

ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރު ވެރިޔާގެ ގިނަ މައްސަަލަތަކެއް އޭސީސީއަށް ހުށަހަޅައިފި

12 އޮކްޓޯބަރު 2020 | ހޯމަ 17:53

ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާ އަލީ ޒުބައިރު ހުސައިންގެ މައްޗަށް ކޮރަޕްޝަނުގެ ގިނަ ތުހުމަތުތަކެއް ކުރެވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 އޮކްޓޯބަރު 2020 | ހޯމަ 17:53
ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރު ވެރިޔާ އަލީ ޒުބައިރު ހުސައިން: ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވި، އެމައްސަލަތައް ވަނީ އޭސީސީއަށް ހުށަހެޅިފައި

ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރު ވެރިޔާ އަލީ ޒުބައިރު ހުސައިން: ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއްގެ ތުހުމަތު ކުރެވި، އެމައްސަލަތައް ވަނީ އޭސީސީއަށް ހުށަހެޅިފައި

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާ އަލީ ޒުބައިރު ހުސައިން މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާ ޒުބައިރުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް އޭސީސީއަށް ހުށަހެޅިފައިވާކަން އެ ކޮމިޝަނުން ވެސް ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

އޭސީސީގެ އޮފިޝަލަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާގެ ކޮރަޕްޝަނުގެ މައްސަލަތަކެއް އޭސީސީއަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަަލަ ހުށަހަޅާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.

"ރާއްޖެއެމްވީ"އަށް ވެސް މި މައްސަލަތަކުގެ ބައެއް ލިޔެކިޔުންތައް ލިބިފައިވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމާ ޒުބައިރު ހަވާލުވި ފަހުން، ދަޢުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރައްވާފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީންނާއި ޓްރާންސްޕޯޓް އޮތޯރިޓީން މީގެކުރިން ކުރިން ދުވަހަކުވެސް ވިޔަފާރީގެ މުއާމަލާތެއް ކޮށްފައިނުވާ، އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދައެއްގެ ދަށުން ވިޔާފަރި ކުރުމުގެ ނަމުގައި ހުއްދަ ދީފައިވާ "ކްއިކް ޝުއަރ" އަށް މާލީ މަންފާތަކެއް ހޯދާދެމުންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

މިގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީ އަދި ރީޖަނަލް އެއަރޕޯޓްސް އޮފީސް، މިހާރު ހިނގަމުންދާ އައު އިމާރާތް ކަމަށްވާ މ. ޗަނބޭލީވިލާގެ ފުރަތަމަ 4 ފަންގިފިލާ އެމިނިސްޓްރީގެ ބޭނުންތަކަށް ކުއްޔަށް ނަގާފައިވާއިރު، ފުރަތަަމަ ފަންގިފިލާގެ ނެޓްވޯކް ޖެކް ގުޅާލުުގެ މަސައްކަތަށް އެކަނިވެސް 34،980ރ ޚަރަދުކޮށްފައި ވެއެވެ. މިކަން ކޮށްފައިވަނީ، ތަކެތި ގަތުމުގައި ދައުލަތުގެ މަލިއްޔަތުގައި ގަވާއިދުގެ ބިޑްނުކޮށް ކޯޓޭޝަން ހޯދައިގެން ތަކެތިގަނެވޭ އެންމެ މަތީ އަގުކަމުގައިވާ 35,000ރ އަށްވުރެ ދައްކުރުމަށްޓަކައި 34,980ރ އަށް ކޯޓޭޝަން ހޯދުމަށްފަހުގައިކަން ލިބިފައިވާ ލިޔެކިޔުންތަކުން ހާމަވެއެވެ. ހަމަ މިގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން މ. ޗަނބޭލީވިލާގެ ބިލްޑިންގއިން ކުށްޔަށް ހިފާފައިވާ 2، 3 އަދި 4 ވަނަ ފަނގިފިލާގެ ނެޓްވޯކް ޖެކް ގުޅާލުމުގެ މަސައްކަތް ވަކިވަކިން އެއްވެސް ބިޑު ކުރުމެއްނެތި، 35،000ރ އަށް ވުރެދަށުން ކޯޓޭޝަން ހޯދުމަށްފަހު، އެމައްސަަތްކަތްވެސް ހަވާލު ކޮށްފައިވަނީ ވަކި ބަޔަކަށް މާލީ މަންފާއެއް ހޯދާ ދިނުމުގެ ބޭނުމުގައި ކަމަށް މައްސަލަ އޭސީސީއަށް ހުށަހެޅި ފަރާތުން ތުހުމަތުކޮށްފައި ވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ގަނެފައިވާ ސެކިއުރިޓީ ގޭޓްވޭ ގަތުމާއި ސެކިއުރިޓީ ކެމެރާ ގަތުންފަދަ ބައެއް ހިދްމަތްތައް ކްއިކް ޝުއަރ މެދުވެރިކޮށް ހޯދާފައިވާ ކަމަށްވެސް އޭސީސީއަށް މިމައްސަލަތައް ހުށަހަޅި ފަރާތުން ހުށަހެޅި ލިޔުންތަކުން ހާމަވެއެވެ. އެގޮތުން ސެކިއުރިޓީ ގޭޓްވޭ ގަތުމަށްވެސް ތިން ތަނަކުން ކޯޓޭޝަން ހޯދުމަށްފަހު، 34،476.50ރ އަށް، އަދި ސެކިއުރިޓީ 06 ކެމެރާ ގަތުމަށް ވެސް، ތިން ތަނުން ކޯޓޭޝަން ހޯދުމަށްފަހު، 34،980ރ އަށް ގަނެފައިވަނީ ވެސް ކްއިކް ޝުއަރ އިން ނެވެ.

މީގެއިތުރުން، ޓްރާސްޕޯޓް މިނިސްޓްރީ ދާދިފަހުން ބަދަލު ކުރި، މ.ޗަނބޭލީވިލާ އަށް ބަދަލުވުމުގެ މަރުހަލާގައި އެއްލައްކަ ރުފިޔާ އަށްވުރެ ބޮޑުނުކުރުމަށްޓަކައި ތަފާތު އެކި ކުންފުނިތަކަށް ބަހާލުމަށްފަހު އެއް މަސައްކަތެއް ބައިބައިކޮށް ބިޑްނުކޮށް އެ މަސައްކަތް ވަނީ ވަކި ބަޔަކަށް މަންފާއެއް ހޯދައި ދިނުމަށް ސީދާ މިނިސްޓްރީގެ ޒިންމާދާރުވެރިޔާ ޢަލީ ޒުބައިރުގެ އިރުޝާދާއި ބެލުމުގެ ދަށުން ކަމަށް އޭސީސީއަށް މި މައްސަލަތައް ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން ހާމަވެއެވެ.

އެގޮތުން، ޓްރާންސްޕޯޓް އޮތޯރިޓީގެ 10 ކައުންޓަރަށް ބޭނުންވާ ސްކޭނަރ ގަތުމަށް ރީޖަނަލް އެއަރޕޯޓްގެ ޕްރޮކިއުމަންޓް ޔުނިޓް މެދުވެރިކޮށް ކޯޓޭޝަންތައް ދެބަޔަކަށް ބަހާލައިގެން ހޯދައި، އަގު، 35،000ރ އަށްވުރެ ކުޑަކުރުމުގ ބޭނުމުގައި 6 ސްކޭނަރު ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޖެޓުން އަނެއް 4 ސްކޭނަރު މިނިސްޓްރީގެ ބަޖެޓުން ހޯދާފައިވާ ކަމަށް އޭސީސީއަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވެއެވެ. އަދި ބައެއް ތަކެތި ހޯދުމުގައި އަަމަލުކޮށްފައިވާ ގޮތަށްބާލައިރު، ތަކެތި ހޯދައި އިންސްޓޯލް ކުރުމަށްފަހު ޕާޗޭސް އޯޑަރު ހަދާފައިވާ ކަމަށް ވެސް އޭސީސީއަށް މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުގައި ހާމަކޮށްފައި ވެއެވެ.

މީގެއިތުރުން، ދާދިފަހުން ހދ. ކުޅުދުފުއްޓާއި ހދ. ހަނިމާދޫ އެއަރޕޯޓުގައި ބޭނުންކުރުމަަށްޓަކައި އައު ބަސްތަކެއް ކަމަށް ބުނެ، ބޭނުންކޮށް ގިނަ ދުވަސްވެފައިވާ 2 ބަސް ބޭނުންނުކުރާ 2 ބަހުގެ ގޮތުގައި ގަނެފައިވާކަން ވެސް ފާހަގަކުރެވިފައި ވެއެވެ.

އެރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، އިންސްޕެކްޝަން ޓީމުގެ ބައިވެރިގެ ގޮތުގައި ހިމެނެނީ ކުޅުދުފުއްޓާއި ހަނިމާދޫ އެއަރޕޯޓްގެ ޓެކްނިކަލް ބޭފުޅުންނާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ބޭފުޅުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ، ޒަމާނުންސުރެން ކޮރަޕްޝަން ހިންގަމުންދާ ކަމުގެ ތުހުމަތު ކުރެވޭ، މިނިސްޓްރީއަކަށްވާއިރު، ދާދިފަހުން ވަނީ މިފަދަ ކޮރަޕްޝަނުގެ އަމަލުތަކެއް ތުހުމަތު ކުރެވޭ މުވައްޒަފުންތަކެއް ވަކިކޮށްފަ އެވެ.

މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވެސް މީގެކުރިން 'ރާއްޖޭ ޓީވީ'ގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓްރީން ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެފައިވާ ކަންކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން ކުރާ ބައެއް މަސައްކަތްތަކުގައި ކޮރަޕްޝަނާއި ނާޖާއިޒް ފާއިދާ ނަގަމުންދާކަމަށް ދެކެމުންދާ ވާހަކަތަކާއި ގުޅިގެން މިނިސްޓަރު ނަހުލާ ވިދާޅުވެފައިވަނީ އެ މިނިސްޓްރީ އަކީ ފެށުނީއްސުރެ މީހުން އިނގިލި ދިގުކުރަމުން އަދި ތުހުމަތުކުރަމުން އަންނަތަނެއް ކަމަށެވެ. އަދި ތުހުމަތުގެ އިނގިލި ދިގުކުރަނީ އެތަނުގައި ދެރަ ކަންތައްތަކެއް (ކޮރަޕްޝަނާއި ނާޖާއިޒް ފާއިދާ ނެގުމުގެ ކަންކަން) ހިނގާފައިވާތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކަންކަން ހައްލުކުރެވޭނެ ގޮތަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. އެގޮތުން ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަމުން އަންނަކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ. އަދި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާއިރު ގޮންޖެހުންތަކާ ދިމާވަމުންދާ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވެފައި ވެއެވެ.

ސަރުކާރުގެ އިދާރާތަކުން ކޮރަޕްޝަން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ދަނީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އަދި ސަރުކާރުގެ އިދާރާތުގައި ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށްޓަކައި އެފަދަ އަމަލުތައް ރިޕޯޓް ކުރުމަށް ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ހާއްސަ ޕޯޓަލެއްވެސް ވަނީ ގާއިމު ކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް