Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިން މިނިސްޓަރު މުއިއްޒު

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ރައްޔިތުންނާއި ކައުންސިލާމެދު އޮންނަ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ހައުސިންގ މިނިސްޓްރީން އަމަލު ނުކުރުމަށް އެދިފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2017 | ބުދަ 15:45
ތިނަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް

ތިނަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް

ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ގދ. ތިނަދޫ ކައުންސިލުން މުއިއްޒުއަށް ސިޓީއަކުން އެދެފި އެވެ.

ތިނަދޫ ކައުންސިލުން މުއިއްޒުއަށް މި ސިޓީ ފޮނުވާފައިވަނީ ތިނަދޫގައި އިމާރާތްކޮށްފައިވާ ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން "އޭ" ކެޓަގަރީއަށް ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓް ޗެކްކޮށްދިނުމަށް ތިނަދޫ ކައުންސިލްގައި އެދިފައިވީ ނަމަވެސް އެކަން އެކައުންސިލް ކޮށްދީފައި ނުވާތީ ކަމަށް ބުނެ ހައުސިންގ މިނިސްޓްރީ އެ ލިސްޓް ބާތިލް ކޮށްފައިވާތީ އެވެ.

Advertisement - newsAdvertisement

ތިނަދޫ ކައުންސިލުން ފޮނުވި ސިޓީގައި ވަނީ ފްލެޓް ލިބުނު ފަރާތްތަކުގެ މައުމޫމާތު ސާފު ކުރުމަށް ހައުސިންގ މިނިސްޓްރީން އެދިފައިވާތީ އެ މައުލޫމާތު ސާފުކުރެވެން އޮތީ ގދ. އަތޮޅު ކައުންސިލް މެދުކޮށްކަމަށްވާތީ، ގދ. އަތޮޅު ކައުންސިލަށް އެމައުލޫމާތު ހޯދުމަށް ފޮނުވި ކަމަށެވެ. ނަމަވެސް މައުލޫމާތު ސާފުކުރުމުގައި ދަތިތަކެއް ހުރުމުން އަތޮޅު ކައުންސިލުން ޖަވާބެއް ލިބިފައިނުވާތީ ހައުސިން މިނިސްޓްރީން އެދުނު މައުލޫމާތު ފޮނުވުމުގައި ދަތިތަކެއް ދިމާވެފައިވާ ތިނަދޫ ކައުންސިލުން ބުނެ އެވެ. އަދި އެކަން އެ މިނިސްޓްރީއަށް ވެސް އެނގޭނެ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

އެހެންކަމުން ފްލެޓް ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް ބާޠިލްކުރީ ތިނަދޫ ކައުންސިލުން މައުލޫމާތު ސާފުކޮށްދީފައި ނުވާތީކަމަށް ހައުސިންގ މިނިސްޓްރީން ބުނުމަކީ ހަގީގަތާ ހިލާފު އަދި ދޮގު ވާހަކަތަކެއް ކަމަށް ތިނަދޫ ކައުންސިލްގެ ސިޓީގައި ބުނެފައި ވެއެވެ.

މީގެއިތުރުން، އެސީޓީގައި ވަނީ ހައުސިންގ މިނިސްޓްރީން އެފަދަ ގޮތަކަށް މައުލޫމާތު އާއްމުކުރުމުން ރައްޔިތުންގެ މެދުގައި ތިނަދޫ ކައުންސިލާމެދު އޮންނަ އިތުބާރު ގެއްލި ގިނަ މައްސަލަތަކެއް އެ ކައުންސިލަށް ކުރިމަތި ވެފައިވާ ކަމަށެވެ.

އެހެންކަމުން ރަށުގެ މަސްލަހަތު ގެއްލޭގޮތަށް އަދި ރައްޔިތުންނާއި ކައުންސިލާމެދު އޮންނަ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ހައުސިންގ މިނިސްޓްރީން އަމަލު ނުކުރުމަށާއި އެއައްވުރެ ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ތިނަދޫ ކައުންސިލުން ވަނީ ހައުސިންގ މިނިސްޓަރ މުއިއްޒުގެ ކިބައިން އެދިފަ އެވެ.

ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ތިނަދޫގައި އަޅާފައިވާ ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން "އޭ" ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތައް ޗެކުކުރިއިރު ފާހަގަކުރެވުނު ގިނަ ކަންކަމަކީ، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތު ޗެކްކޮށްދިނުމަށް ތިނަދޫ ކައުންސިލުގެ އިދާރާއަށް ހުށަހެޅުމުން، އެކަން އެ ކައުންސިލުން ކޮށްދެއްވާފައި ނުވާތީ ދިމާވެފައިވާ ގިނަ މައްސަލަތަކެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު