Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިކަން

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ރާއްޖެޓީވީގެ ޓީމުން ކުރާ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަޤީންކަން ފިޔާޒް ދެއްވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2017 | އަންގާރަ 03:33
ރާއްޖެޓީވީގެ ފަލަސުުރހީ ޕްރޮގްރާމްގައި ހުސެއިން ފިޔާޒް މޫސާ

ރާއްޖެޓީވީގެ ފަލަސުުރހީ ޕްރޮގްރާމްގައި ހުސެއިން ފިޔާޒް މޫސާ

ދައުލަތުގެ އިސްވެރިން ޒިންމާދާރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ރާއްޖެޓީވީން ކުރާނެ ކަމަށާއި، ކޮންމެ ބިރެއްދެކިކަމުގައިވި ނަމަވެސް އެ މަސައްކަތް ސްޓޭޝަނުން ހުއްޓާނުލާނެ ކަމަށް ޗީފް އޮޕަރޭޓިން އޮފިސަރު ހުސެއިން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޔާޒު ވިދާޅުވީ، ޤާނޫނުތައް ހަދައި، ނޫސްވެރިކަން ހުއްޓުވަން ސަރުކާރުންނާއި، ދައުލަތުގެ ހުރިހާ އިދާރާތަކުން ކިތަންމެ މަސައްކަތެއްކުރި ނަމަވެސް ރާއްޖެޓީވީގެ މަސައްކަތަށް ހުއްޓުމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ސްޓޭޝަން ބަންދުކުރަންދެން ރާއްޖެޓީވީގެ ޓީމުން ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ދައުލަތުގެ ވެރިން ޒިންމާދާރުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ސްޓޭޝަނުން، ފަސްޖެހުމެއް، ބިރުގަތުމެއް ނެތި ކުރަމުންގެންދާނެ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އެއްގޮތަކަށްވެސް ހީނުކުރާތި، އަޅުގަނޑުމެންގެ ނޫސްވެރިންގެ ކަމަކީ، ސަރުކާރުން ބުނާހާ އެއްޗެއް ނުވަތަ ދައުލަތުގެ މުއައްސަސާތަކުން ކުރާހާ ކަމެއް، ސޮއިކޮށްލާތަނެއްގެ ފޮޓޯ ދެއްކުމާއި، ވީޑިއޯ ދެއްކުމާއި، އެ ވާހަކަ ލިޔުންކަމަށް. އަޅުގަނޑުމެންގެ ޒިންމާއެއް، އަޅުގަނޑުމެއްގެ ކޮނޑުގައި އެޅިފައި އޮތް ގާނޫނީ ވާޖިބެއް އެއީ ދައުލަތުގެ މުއައްސަސާތައް، ވެރިންކުރާ ކަންތައްތައް ބަލާ އެކަންކަން ރިޕޯޓްކުރުން. ރައްޔިތުންނާއި ހަމަޔަށް ގެނެސްދިނުން." ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ، މިއަދުގެ ހާލަތު ހުރިގޮތުގެ ސަބަބުން ބައެއް ކަންތައްތައް އާންމު ރައްޔިތުންނާއި، ހިސާބަށް ތިލަކޮށްނުދެވުނު ނަމަވެސް، އެކަންތައްތައް ރައްޔިތުންނަށް ތިލަކޮށްދޭނެ ކަމުގެ ޔަޤީންކަންދޭ ކަމަށެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ތިއްބެވި ބޭފުޅުން، ވެރިން ހިންގާ ނުރަނގަޅު ކަންތައްތަކުގެ މައުލޫމާތު ސްޓޭޝަނާއި ހިއްސާކޮށްދިނުމަށް ފިޔާޒް އެދިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވިގޮތުގައި މައުލޫމާތުތައް ލިބުމާއެކު، އެ މައުލޫމާތެއްދިން ފަރާތް ސިއްރުކޮށް ދައުލަތުގެ ވެރިން ޒިންމާދާރުކުރުމުގެ މަސައްކަތް ރާއްޖެޓީވީން ފަސްޖެހުމެއް ނެތި ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދިރިދުނިޔޭގައި އޮވެގެން އަޅުގަނޑުމެންނަށް އެ ރިޕޯޓްތައް ގެނެވެސް ދެވެން ވެސް އޮތީ. އަޅުގަނޑުމެން މިދަނީ އެ މައުލޫމާތު އެއްކުރަމުން. އެކަންކަން ހާމަކުރަމުން." ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކަކު މަސައްކަތްކުރައްވާފައިވާ ފިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ޖާގަ އޮތް މިންވަރާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ފިޔާޒް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތައް މިހާރު އޮތްގޮތަށް އޮވެގެން މިނިވަން ނޫސްވެރިކަމެއް ނުލިބޭނެ ކަމަށެވެ. ދައުލަތުގެ އިދާރާތަކުން ނޫސްވެރިކަމަށް ސިދާ ހުރަސްއަޅަމުންގެންދާކަމަށް ފިޔާޒް ވިދާޅުވި އެވެ. ފިޔާޒް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ވެރިން، އެ ބޭފުޅުންގެ ވަޒިފާއަށްޓަކައި މުޅި ރައްޔިތުންގެ ހައްޤަށް ހަރާންކޯރުވަމުން އަންނަ ކަމަށެވެ.

"ފާޑުކިޔުން ނެތި، ނޫސްވެރިކަމުގެ ދުޅަހެޔޮވެއްޓެއް ނެތިއްޔާ އެތަނެއްގައި ކޮރަޕްޝަނާއި ވައްކަމާއި، ފަސާދައާއި، ހުރިހާ ނުބައި ކަމަކަށް މަގުފަހިވެގެންދާނެ،" ފިޔާޒް ވިދާޅުވި އެވެ.

ދައުލަތުގެ މުއައްސަސަސާތައް "ކޮނޑާއި ކޮނޑު ޖައްސައިގެން، އަދާއަތް ގުޅުވާލައިގެން" އޮތީ ނޫސްވެރިކަން ނައްތާލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނޫން ނަމަ، ކުށުގެ ރިކޯޑެއް ނެތް ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރަށް ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަބު ދޭން ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލް ހުށަނާޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނުތަކާއި ގަވާއިދުތައް ހަދައި ނޫސްވެރިކަމުގެ މިނިވަންކަން ހަނި ނުކުރާނެ ކަމަށް ވެސް ފިޔާޒު ފާހަގަ ކުރެއްވެވި އެވެ. ރާއްޖެޓީވީގެ ނޫސްވެރިންނަށް ޝަރިއަތް ހިންގަމުން ދަނީ ހަމައެކަނި ރާއްޖެޓީވީ އަށް ބިރު ދެއްކުމަށް ނޫން ކަމަށާއި، އެކަމުގެ ބޭނުމަކީ އެހެން ނޫސްވެރިންނަށް ވެސް އަދި ރައްޔިތުންނަށް ވެސް ބިރު ދެއްކުން ކަމަށް ފިޔާޒު ވިދާޅުވި އެވެ.

ނޫސްވެރިކަމުގައި މިހާރަށް ވުރެ ބިރުވެ، ނޫސްވެރިކަމަށް ނުރައްކާތެރި ދުވަސްވަރެއް ފަހުގެ ތާރީހުގައި ދެކިފައި ނެތް ކަމަށް ވެސް ފިޔާޒު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު