Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގާމުތަކަށް ބަދަލު

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

ނާފިޒް މަސައްކަތް ކުރައްވާނީ ލޭބާ އޮތޯރިޓީގެ ވެރިޔަކަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 1 ފެބުރުއަރީ 2017 | ބުދަ 13:42
ނާފިޒް (ކ) އާއި މަހުދީ

ނާފިޒް (ކ) އާއި މަހުދީ

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ކަމުގެ މަގާމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗެއާމަނަކަށް ހުންނެވި މަހުދީ އިމާދު އައްޔަންކޮށް، އެ މަގާމުގައި ކުރިން ހުންނެވި އަބްދުއް ރަޝީދު ނާފިޒް އިކޮނޮމިކް މިިނިސްޓްރީގެ ނައިބަކަށް ބަދަލުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓްރާންސްޕޯޓް އޮތޯރިޓީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ނާފިޒު ދެން މަސައްކަތް ކުރައްވާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ލޭބާ އޮތޯރިޓީގެ އިސްވެރިއެއްގެ ގޮތުގަ އެވެ.

Advertisement - newsAdvertisement

އެމްޕީއެލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މަހުދީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަކަނަށް ބަދަލުކުރެއްވި އިރު، އެމްޕީއެލްގެ ވަޒީފާ އަށް މަހުދީ ނުނިކުންނަވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

މީގެ އިތުރުން އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި މަހުދީ ހުންނެވި އިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ދައުވާ އޭނާގެ މައްޗަށް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިދިޔަ އަހަރުު ފޮނުވާފަ އެވެ.

އެމްޕީއެލްގެ ސީއީއޯގެ މަގާމުން މަހުދީ ވަކިކޮށް، ޑެޕިއުޓީ ސީއީއޯއަކަށް ހަމަޖައްސާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2024

އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް ކުރީގެ އެމްޑީ މިހާދު އައްޔަނުކޮށްފި

10 ޖެނުއަރީ 2024
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް ކުރީގެ އެމްޑީ މިހާދު އައްޔަނުކޮށްފި
05 މެއި 2023

ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޗެއާމަނަކަށް ޒަކަރިއްޔާ މަންސޫރު

05 މެއި 2023
ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޗެއާމަނަކަށް ޒަކަރިއްޔާ މަންސޫރު
15 ނޮވެމްބަރު 2021

ނަންބަރު ބޯޑު މައްސަލައިގައި ޓްރާންސްޕޯޓްގެ އިސްވެރިންނަށް ދައުވާ ނުކުރަން ނިންމައިފި

15 ނޮވެމްބަރު 2021
ނަންބަރު ބޯޑު މައްސަލައިގައި ޓްރާންސްޕޯޓްގެ އިސްވެރިންނަށް ދައުވާ ނުކުރަން ނިންމައިފި
04 އޮކްޓޯބަރު 2021

ނަންބަރު ބޯޑު މައްސަލައިގައި ޓްރާންސްޕޯޓްގެ އިސްވެރިންތަކަކަށް ދައުވާކުރަން ފޮނުވައިފި

04 އޮކްޓޯބަރު 2021
ނަންބަރު ބޯޑު މައްސަލައިގައި ޓްރާންސްޕޯޓްގެ އިސްވެރިންތަކަކަށް ދައުވާކުރަން ފޮނުވައިފި
04 އޮކްޓޯބަރު 2020

ޓްރާންސްޕޯޓްގެ ޕަރމަނަންޓް ސެކެރެޓަރީ ސަސްޕެންޑް ކުރުމުން މައްސަލަތަކުގެ ހެކި ނައްތާލަނީ!

04 އޮކްޓޯބަރު 2020
ޓްރާންސްޕޯޓްގެ ޕަރމަނަންޓް ސެކެރެޓަރީ ސަސްޕެންޑް ކުރުމުން މައްސަލަތަކުގެ ހެކި ނައްތާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު