Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުވައްމުލައް

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފައިސާ ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2017 | އާދީއްތަ 13:33
ފުވައްމުލަކު ފަރަށް އެރި ބޯޓް

ފުވައްމުލަކު ފަރަށް އެރި ބޯޓް

މިދިއަ އޯގަސްޓް މަހު ފުވައްމުލަކުގެ ފަރަށް އެރި ކާގޯ ބޯޓު، "އެންޖީއޯ ސަން" އިން ދައްކަން ޖެހޭ ޖޫރިމަނާ ކުޑަކުރަން އެދިފައިވީ ނަަމަވެސް އެކަމާމެދު އަދި ވެސް ވަކިގޮތެއް ނިންމާފައި ނުވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާރމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ އެ ބޯޓުގެ ޖޫރިމަނާ އަށް ވަކި އަދަދެއް ކަނޑައަޅާފައި ނުވާނެ ކަމަށާއި ކަނޑައަޅާފައިވާ އަދަދަކީ ގެއްލުމާއި ބަދަލުގެ ގޮތުގައި އަންދާޒާކުރެވޭ އަދަދެއް ކަމަށެވެ. އެއީ 633.7 މިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް ބޯޓުގެ ވެރިފަރާތުން އެވަރުގެ އަދަދެއް ދެއްކެން ނެތް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ބޯޓުގެ ވެރިފަރާތުން ޖޫރިމަނާއާ މެދު މަޝްވަރާކުރުމަށް އެދިފައިވާތީ އެފަރާތާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް ނާފިޒް ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ ބޯޓް ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ސީދާ އަދަދު އަދި ވެސް ނޭނގޭ ކަމަށެވެ. ސަބަބަކީ ފަރަށް ލިބުނު ގެއްލުމުގެ މައްޗަށް ބިނާކޮށް އީޕީއޭ އިން ތައްޔާރުކޮށް ފޮނުވަން ޖެހޭ ފައިނަލް ރިޕޯޓް ފޮނުވާފައިނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާފިޒް ވިދާޅުވީ މިހާރު ކަންތައްތައްދާ ގޮތުން ފުވައްމުލަކު ފަރަށް އެރި ބޯޓުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބިދާނެ ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށެވެ. ސަބަބަކީ ބޯޓުން ގެއްލުމުގެ ބަދަލު ނުދީފަނަަމަ ވެސް ބަދަލު ހޯދުމަށް ކޯޓަށް ދިއުމަށް ބޭނުންވާ ފައިނަލް ޑޮކިޔުމެންޓް ނެތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ބޯޓް ފަރަށް އެރުމުގެ ސަބަަބުން ލިބިފައިވާ ގެއްލުމުގެ ފައިނަލް ރިޕޯޓެއް ތައްޔާރު ކުރުމަށްޓަކައި އެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު އީޕީއޭ އަށް ލިބެން ޖެހޭ ކަމަށެވެ. އެގޮތުން އެމްއެންޑީއެފް އިން ކުރި މަސައްކަތުގެ ތަފްސީލް ވެސް ލިބެން ޖެހޭ ކަމަށް ނައީމް ވިދާޅުވިއެވެ.

އެ ބޯޓު ހުސްކުރަން ފުވައްމުލަކު ފަރަށް 5،700 ޓަނުގެ ހިލަ އާއި 5،000 ޓަނުގެ ހިލަވެލި ފަރުމައްޗަށް އުކާލާފައި ވެއެވެ. މި ބޯޓު ފަރަށް އަރާފައި ވަނީ އިންޑިއާގެ ޓުޓިކޮރިން އިން މުދާ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކޮށް މާލެ ބަނދަރަށް ވަދެ ކްލިއަރެންސް ހޯދުމަށްފަހު ފުވައްމުލަކަށް ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރަނިކޮށެވެ. މި ހިލަ ވެއްޔަކީ ފުވައްމުލަކުގެ ރަށުގެ ނަރުދަމާގެ މަޝްރޫއަށް ގެންދިޔަ ހިލަ ވެލިތަކެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު