Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންގެ މައްސަލަ

ގަވާއިދާ ހިލާފުވާ ބިދޭސީ މީހާއާ އެއް ހަމައަކުން ދިވެހި މީހާ ވެސް ޖޫރިމަނާ ކުރެވޭނެ: ފައްޔާޒް

11 އޮކްޓޯބަރު 2020 | އާދީއްތަ 07:30

ބިދޭސީންގެ މައްސަލައަކީ މިސަރުކާރު އައި ފަހުން މިހާތަނަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 11 އޮކްޓޯބަރު 2020 | އާދީއްތަ 07:30
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީ މީހާއަށް މަސައްކަތް ހަވާލުކުރާ ދިވެހި މީހާއަށް ވެސް އަލަށް އެކުލަވާލި ގަވައިދުގައިވާ ގޮތަށް ޖޫރިމަނާ ކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ރައީސް އިބްރާޙީމް މުހައްމަދު ޞާލިހުގެ ސަރުކާރު އައި ފަހުން މިހާތަނަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައެވެ. އެއާއެކު ސަރުކާރުން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ އެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 8700 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލައިފައެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި އެކަމަށް އަވަސް ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ އެންމެ ފުރިހަމަ ރިސޯސް ސަރުކާރުގައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ވިޔަފާރިކުރާ ތަންތަނާއި މަސް ދޯނި ފަހަރުގައި ގިނަ އަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެ ފަރާތްތައް މޮނިޓަރ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ފައްޔާޒު ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ ދައުލަތުގައި ހުރި ދަތިތަކުގެ ތެރެއިންވެސް އިންސްޕެކްޓަރުން އިތުރުކޮށް ގަވައިދާ ހިލާފަށް އުޅޭ ފަރާތްތައް ދެނެގަތުމަށް ކަމަށެވެ. އެގޮތުން ސިވިލް ސާވިސް އާއި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުމާއެކު އިތުރު ފަސް އިންސްޕެކްޓަރުން ވަޒީފާއަށް ނެގި އެފަރާތްތަކުގެ މަސައްކަތާއެކު މިކަމަށް ހައްލު ގެނައުމަށް މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމްޑީޕީން ސަރުކާރާ ހަވާލުވިއިރު ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ވަރަށް ބޮޑަށް ބޮއްސުންލާފައި އޮތް ކަމެއް ކަމަށާއި އެކަމަކީ އެއް ދުވަހަކުން އެއްފަހަރަކާ ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އިގްތިސާދު ކުރިއަށް ގެންދިއުމަށް ވިޔަފާރިތަކަށް ބޭނުންވާ މަސައްކަތު މީހުން ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ތަފާތު އެކި މަސައްކަތް ކުރުމަށް ބޭރު މީހުން ގެނައުމަށް މީގެ ކުރިން ހަދާފައި ހުރި އުސޫލުތަކާއި ގަވައިދުތައް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ މަސައްކަތް ފައްޓަވައިގެން ކުރިއަށްދާ އިރު، ވަކި ގޮތަކަށް ކޮންޓްރޯލްވެފައިވާ ނިޒާމެއްގެ ތެރެއަށް އެކަންކަން ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގަވައިދާ ހިލާފުވާ ފަރާތްތައް ހޯދުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަކި އުސޫލެއްގެ ތެރެއިން އިންސްޕެކްޓް ކުރެވި އަދި ގަވައިދާ ހިލާފަށް އުޅޭ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

އިތުރަށް ކިޔާލަން

30 މާރިޗު 2017

ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

30 މާރިޗު 2017
ލ. ފޮނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
18 މާރިޗު 2017

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

18 މާރިޗު 2017
ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް