Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާނޫނު އަސާސީ ބަދަލުކުރުން

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

އެކުއިޒިޝަން ފީގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ އެނގެންޖެހޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 18 މާރިޗު 2017 | ހޮނިހިރު 21:43
މައުމޫން އަބްދުލް ގައްޔޫމް:ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލަށް އޭރުވެސް ރައީސް މައުމޫނު ދެކޮޅު ހައްދަވަމުން ގެންދެވި

މައުމޫން އަބްދުލް ގައްޔޫމް:ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލަށް އޭރުވެސް ރައީސް މައުމޫނު ދެކޮޅު ހައްދަވަމުން ގެންދެވި

ބޭރުގެ ވަކިފަރާތަަކަށްޓަކައި ގާނޫނު އަސާސީ ބަދަލު ކުރުމަކީ ގައުމަށް ވެވޭނެ އެންމެ ބޮޑު ޚިޔާނާތްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ އޮފީހުން ބުރާސްފަތި ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ދިވެހިރާއްޖެގެ ބިން މިލްކު ކުރުމުގެ ހައްގު ބޭރުގެ ފަރާތް ތަކަށް ދޫކުރުމަކީ ދިވެހިރާއްޖެ އަށާއި، ދިވެހި ރައްޔިތުންނަށް ދެރަގޮތްތަކެއް ކުރިމަތިވެދާނެކަމެއް ކަމަށާއި، މި މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯއްދެވުމުގެ އާންމު ވޯޓެއް ނެންގެވުމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ސިޓީފުޅަކުން ދަންނެވުންވެސް ގާނޫނު އަސާސީގެ ރޫހާ ހިލާފަށް، އަދި އެ ޕާޓީގެ 2013 ގެ ގައުމީ ޖަލްސާއިން ފާސްކުރައްވާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް، ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ގެނެވުނު އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ގިނަ މެންބަރުންގެ ވޯޓާއިއެކު ފާސްކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ އަށް ބޮޑެތި އެތައް ބަދަލުތަކެއް ގެނެސް ފާސްކުރިއިރު ޕީޕީއެމްގެ ކައުންސިލާއި މަޝްވަރާއެއް ނުކުރަށްވާކަމަށާ، އަދި ޕީޕީއެމް ޕީޖީ ގްރޫޕުންވެސް ޕާޓީގެ ރައީސް ގެ އެއްވެސް ހުށަހެޅުމެއް ބަލައެއް ނުގަނެ ޕާޓީގެ ރައީސްގެ އެއްވެސް ސިޓީ ފުޅަކަށް ޖަވާބެއްވެސް ނުދެއްވާކަމަށެވެ. ކަން މިހެން ހުރި ނަމަވެސް ޕީޕީއެމްގެ މުސްތަޝާރު, ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ގާނޫނު އަސާސީއަށް ގެނެވުނު ބޮޑެތި ހުރިހާ ބަދަލުތަކެއް ތަސްދީގު ކުރައްވާފައިކަމަށް މައުމޫންގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މައުމޫން ވިދާޅުވީ ދިވެހިރާއްޖޭގެ އަތޮޅެއް ކަމަށްވާ "ފ" އަތޮޅު އެއްކޮށް ރާއްޖެއިން ބޭރުގެ ފަރާތަކަށް ވިއްކާލުމަށް ނިންމާފައިވާ ކަމުގެ ހަބަރުތައް މީޑިއާގައި ފެތުރިފައި ވަނިކޮށް، ޕީޕީއެމް ޕީޖީ ލީޑަރު ދައްކަވާފައިވާ ވާހަކަފުޅުތަކެއް ކަމަށް ބުނާ އޯޑިއޯ އިން ދޭހަވާ ގޮތުގައި ފ. އަތޮޅުގެ ވާހަކަތައް ރަހުމަތްތެރި ބޭރު ގައުމެއްގެ ބަޔަކާއި ދެކެވިފައިވަނީ ވަރަށް ސިއްރިއްޔާތުގައި އަދި އެފަރާތުން މިކަމުގައި ޝާމިލުވާކަން އެނގެން ބޭނުން ނުވާ ގޮތެއްގައިކަން ހާމަވެފައިވާކަމަށެވެ.

މީގެ އިތުރުން ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ސީދާ ބޭރުގެ ވަކިފަރާތްތަކަކަށް ފ.އަތޮޅުގެ ބައެއް މިލްކުކޮށްދީ، އެފަރާތުގެ ވާރުތަ މުދަލެއް ކަމުގައި ހެދުމަށް ފާސްކުރި އިސްލާހެއް ކަމަށް އެ އޯޑިއޯގައި ބުނެފައިވާކަމަށާ އަދި ގާނޫނު އަސާސީ ބަދަލުކޮށް ކުރި ކަންތައް ރައްޔިތުންނަށް ނޭނގޭނެ ކަމަށާއި ރައްޔިތުންނަށް މިވީގޮތް އެނގޭނީ އެފަރާތުން މިލްކު ކުރަނީ ފ. އަތޮޅުކަން އެނގޭ ދުވަހަކުން ކަމަށްވެސް އެ އޯޑިއޯގައި ބުނެފައިވާކަން މައުމޫން ވަނީ ފާހަަގަކުރައްވާފައެވެ.

އޭގެ އިތުރުން ގާނޫނު އަސާސީ އިސްލާހުކުރިއިރު ގާނޫނު އަސާސީގައި ޖަހަން ބެނުންވީ ފ.އަތޮޅު މިލްކު ކުރާފަރާތުގެ ނަންކަމަށާއި އަދި ބިން މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށް އެއޯޑިއޯގައި ބޭފުޅަކު ވިދާޅުވެފަވާކަމަށާ މިގޮތަށް ބޭރުގެ ވަކިފަރާތަކުން އެދިގެން، އެދުނުގޮތަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބަދަލު ކުރުމަކީ ގައުމަށް ވެވޭ އެންމެ މަތީ ހިޔާނާތްވުން ކަމުގައި ޕީޕީއެމްގެ މެންބަރުން ދެކޭ ވާހަކަކަމަށް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން އެކުއިޒިޝަން ފީ އެއްގެ ގޮތުގައި ގިނަ އަދަދެއްގެ ބޭރު ފައިސާތަކެއް ލިބިފައިވާ ކަމަށާއި އެއީ ކިހާ ފައިސާއެއްކަމެއް އަދި އެފައިސާ ޖަމާކޮށްފައިވަނީ ސަރުކާރުގެ ކޮން އެކައުންޓަކަށް ކަމެއް ނޭނގޭކަމަށާ މިކަން ހިނގާ ދިޔައިރު މީގެ ހަގީގަތް މަޖިލިސް މެންބަރުންނަށްވެސް ވަނީ ސިއްރުކޮށްފައިކަމަށް ގަބޫލުކުރެވޭކަމަށް މައުމޫން ވިދާޅުވިއެވެ. ދިވެހި ރާއްޖޭގެ ގާނޫނުތައް ހެދިފައި ވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖޭގެ މިލްކިއްޔާތު ރައްކާތެރިކޮށް ކަށަވަރުކުރުމުގެ ބޭނުމުގައިކަމަށާ ނަމަވެސް މިހާރުގެ ސަރުކާރުންނާއި، ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ ބަދަލުކުރަމުން ގެންދަނީ ވަކި ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނެގޭ ގޮތަށް، ދިވެހި ރައްޔިތުންނަށާއި އަންނަން އޮތް ޖީލުތަކަށް ނުހަނު ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ކުރުވާނޭ ގޮތަކަށް މި ބަޔާނުގައިވެއެވެ. އަދި އޭގެ ސަބަބުން ދިވެހިރާއްޖޭގެ މުސްތަގުބަލު ބަނަވެ އަންނަން އޮތްޖީލުތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެކޭކަމަށްވެސް ބުނެފައިވެއެވެ.

އޭސީސީ އާއި ރައްޔިތުންގެ މަޖިލީހުންނާއި، ކަމާބެހޭ އެހެނިހެން އިދާރާތަކުން، ލީކްވެފައިވާ މިއޯޑިޔޯގައި ހުރި ސީރިޔަސް މައްސަލަތައް ބައްލަވައިދެއްވުމަށް ޕީޕީއެމްގެ ރައީސްގެ އޮފީހުން ވަނީ މުއައްސަސާތަކަށް ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު