Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިދޭސީ ކޭޝީއަރުންގެ މައްސަލަ

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

އަމީނީ މަގުގައި ގާކޮށި ފްލެޓް ކައިރީގައި ހަދާފައިވާ މާރުކޭޓުގައި މުޅިން ކަހަލަ ގޮތަކަށް ތިބެނީ ބިދޭސީން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 4 މާރިޗު 2017 | ހޮނިހިރު 13:11
ބިދޭސީ ކޭޝީއަރުން މަނާ ކުރުން

ބިދޭސީ ކޭޝީއަރުން މަނާ ކުރުން

އަދިވެސް ކޭޝިއަރުންގެ ގޮތުގައި ބިދޭސީ މީހުން ހަރަކާތްތެރިވަމުންދާ ކަމަށާއި މިކަން ހައްލު ކުރުމަށް ވިޔަފާރިވެރިންނާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގު ވިދާޅުވީ، ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، ކޭޝިއަރުންގެ ގޮތުގައި ބިދޭސީންނަށް ނުތިބެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމުގައި އެ މިނިސްޓްރީން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ވަރަށް ޒަމާންތަކެއް ވަންދެން ބިދޭސީން ކޭޝިއަރުންގެ ގޮތުގައި މަސައްކަތް ކުރި ނަމަވެސް، ގިނަ ވިޔަފާރިކުރާ ތަންތަނުގައި ތިބެނީ ދިވެހިން ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ހިނގާތޯ ބެލުމަށް އިކޮނޮމިކް މިނިސްޓްރީގެ ޓީމްތައް ހަރަކާތްތެރިވަމުންދާ ކަމަށާއި ގަވައިދާ ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު ވެސް އަޅަމުންގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުފީގު މިހެން ވިދާޅުވި ނަމަވެސް ގިނަ ފިހާރަތަކާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކާއި އަމީނީ މާރުކޭޓުގެ ހުރިހާ ގޮޅިއެއްގައި ކަހަލަ ގޮތަކަށް ސޭޓުންނަށް ތިބެނީ ބިދޭސީންނެވެ. އަދި މި ގޮތަށް ގޮޅިތަކުގައި އުޅޭ ގިނަ ބިދޭސީންނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންކަން ފާހަގަކުރެވެއެވެ. އެކަން އެނގެނީ މާރުކޭޓުގެ ގޮޅިތަކުގައި ވަޒީފާ އަދާކުރަން ކޯޓާ ދޫނުކާތީއެވެ.

ތައުފީގު ވިދާޅުވީ، އެފަރާތުން ބަލާ ފާސްކުރުމުގައި ލޯކަލް މާރުކޭޓްގައި އަދިވެސް ބިދޭސީން ތިބޭ މަންޒަރު ފެންނަ ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ފަށާއިފައިވާ ކަމަށެވެ.

"ވިޔަފާރިވެރިންނަށް ފުޅާދައިރާއެއްގައި އެ ވިޔަފާރިތައް ކުރެވޭނެ މަގު ތަނަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދަނީ. އެގޮތުން ލޯކަލް މާރުކޭޓްގައި ތަކެތި ވިއްކުމަށް ތިބޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އެތަނުގައި ވިޔަފާރިކުރާ ފަރާތްތަކާ، ވަކި ހާއްސަ ކޮމިޓީއެއް ހަދައިގެން އެ މަސައްކުރަމުންދަނީ،" ތައުފީގު ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް އަދަބެއް ދިނުމަށް ވުރެ ވިޔަފާރިތަކަށް ފަސޭހަ މާހައުލެއް ގާއިމް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބިދޭސީ ކޭޝީއަރުން ނުތިބެވޭ ގޮތަށް، ހަމައެކަނި ދިވެހިންނަށް އަދާ ކުރެވޭ ވަޒީފާއަކަށް ބަދަލު ކުރި ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ބިދޭސީ ކޭޝިއަރުންގެ ގޮތުގައި ތިބެ އެވެ. މިގޮތަށް އާއްމުކޮށް ބިދޭސީން ތިބޭތަން ފެންނަނީ، ކުދި ކަންމަތީ ފިހާރަތަކާއި ލޯކަލް މާރުކޭޓްގަ އެވެ. މިފަދަ ވިޔަފާރިތަކަކީ މާ ބޮޑު ވިޔަފާރީގެ ފައިދާއެއް ލިބޭ ތަންތަނަށް ނުވުމުގެ ސަބަބުން ދިވެއްސަކަށްވުރެ ބިދޭސީ މުވައްޒަފަކަށް ކުޑަ މުސާރަދީގެން ގެންގުޅެން ފަސޭހަ ކަމަށް މިފަދަ ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. އަދި އިއުލާނުކޮށްގެން ގެންނަ ދިވެހި ކުދިން ވަޒީފާގައި ހަރުނުވާ ވާހަކަ އަކީވެސް މަދުން ނަމަވެސް އަޑުއިވެމުންދާ ވާހަކައެކެވެ. އާއްމުގޮތެއްގައި ކޭޝިއަރުންގެ ގޮތުގައި ދިވެއްސެއް ނަމަ 4،000ރ. ދޭ އިރު ބިދޭސީއެއް ނަމަ މުސާރައިގެ ގޮތުގައި ދޭންޖޭހޭ މިންވަރު އެދަދު ޑަބަލް ކުޑަވެ އެވެ.

ސަރުކާރުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ކަމަށް ބުނެ ކޭޝިއަރުންގެ އިތުރުން ފްޓޯގްރަފަރުންނަކީ ވެސް ހަމައެކަނި ދިވެހިން އަދާކުރާ ވަޒީފާތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ އެއްހާސް ފޮޓޯގުރާފަރުންނާއި އެއްހާސް ކޭޝިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ވެސް މިކަމާ ގުޅުވައިގެން ފަށާފަ އެވެ. ނަމަވެސް ރިސޯޓު ފޮޓޯގްރަފީގައި އަދިވެސް ގިނައިން ހަރަކާތްތެރިވަމުން ގެންދަނީ ބިދޭސީންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު