Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައްސަލަ މަޖިލީހަށް

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

އިހުމާލް ވެފައިވާ މީހުންނަށް ފިޔަވަޅު އަޅާފައެއް ނުވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 މާރިޗު 2017 | ބުދަ 00:53
ޢަބްދުﷲ ރިޔާޒް:ހެލްތާ ގުޅޭ މައްސަލައެއް ވަނީ ހުށަހަޅާފައި

ޢަބްދުﷲ ރިޔާޒް:ހެލްތާ ގުޅޭ މައްސަލައެއް ވަނީ ހުށަހަޅާފައި

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން 2014 ވަނަ އަހަރު 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާތީ އެކަން ހިނގާ ދިޔަ ގޮތް ބަލައިދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ހުށަހަޅުއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ ގޮތުގައި ހުންނެވި ޢަބްދުﷲ ރިޔާޒް ، މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އޮޑިޓާ ޖެނެރަލް އާންމުކޮށްފައިވާ 2014 ވަނަ އަހަރުގެ ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓަށް ބަލާއިރު އެ މިނިސްޓްރީން ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ގިނަ ހަރަދުތަކެއް ކޮށްފައިކަން ހާމަވާ ކަމަށެވެ.އަދި ބޮޑެތި އިހުމާލްތަކެއް ވެފައިވާ ކަމަށެވެ.

ރިޔާޒްގެ ސިޓީގައި ވިދާޅުވެފައިވަނީ ފެންބިލް، ކަރަންޓްބިލް، އަދި ވޯކް ވިސާ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 2014 ވަނަ އަހަރު 8,594,503 (އަށްމިލިއަން ފަސްސަތޭކަ ނުވަދިހަ ހަތަރުހާސް ފަސްސަތޭކަ ތިން ރުފިޔާ) ރުފިޔާ ދެއްކުމަށްފަހު އިހުމާލްވީ ކޮން ފަރާތްތަކަކުންކަން ބަލައި އެފަރާތްތަކުގެ އަތުން އެފައިސާ އަތުލާފައި ނުވާ ކަމަށެވެ. އަދި އެސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ބުނެފައިވަނީ ނެޝަނަލް ޑުރަގް އެޖެންސީން 2014 ވަނަ އަހަރު ބަންދު ކުރާ މީހުންނަށް ކާން ދިނުމަށް 6,252,044 (ހަމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ސާޅީސް ހަތަރު ރުފިޔާ) ރުފިޔާއަށް ބަޔަކާ ހަވާލު ކުރީ ޓެންޑާ ބޯޑަށް ހުށަނާޅައި ކަމަށެވެ.

މީގެ އިތުރުން އައިޖީއެމްއެޗަށް އެކި ފަރާތްތަކުން، ޚާއްޞަކޮށް އާސަންދަ ކުންފުނިން ލިބެން ޖެހޭ ފައިސާގެ ޢަދަދު 360،924،215 (ތިންސަތޭކަ ފަސްދޮޅަސް މިލިއަން ނުވަސަތޭކަ ސައުވީސްހާސް ދުއިސައްތަ ފަނަރަ) އަށް އަރާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ .

ރިޔާޒް ވިދާޅުވީ ސިވިލް ސާވިސް ގަވައިދާ ހިލާފަށް އިތުރު ފައިސާގެ ގޮތުގައި ނޮޅިވަރަމް ސިއްހީ މަރުކަޒުން 55،2627 ރުފިޔާ ހަރަދުކޮށްފައިވާއިރު، އިތުރުގަޑީގެ ގޮތުގައި އައިޖީއެމްއެޗް މުވައްޒަފުންނަށް 198،345 ރުފިޔާ ހަރަދުކޮށްފައިވާއިރު އެ ފައިސާ ދީފައި ވަނީ އިތުރު ގަޑީގެ ގޮތުގައި ނުހިމެނޭ ގަޑިތައް ހިމަނާފައިގެން ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ އައިޖީއެމްއެޗް މުވައްޒަފުންނަށް އިތުރު ގަޑީގެ ގޮތުގައި 2014 ވަނަ އަހަރު 3.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިތުރު ގަޑީގެ ފައިސާ ދީފައި ވަނީ ސައްހަ ލިޔުމަށް ބަލައިގެން ނޫން ކަމަށެވެ.

ރިޔާޒް ވިދާޅުވީ ސިވިލް ސަރވިސްގެ ޤަވާއިދާ ޚިލާފަށް އިތުރު ގަޑީގެ ފައިސާ ނެގުމާއި އެގްރީމެންޓް ނުކޮށް މަސައްކަތް ޙަވާލު ކުރުމާއި ބަޖެޓުން ބާކިވާ ފައިސާގެ ތަފްސީލް ފިނޭންސް މިނިސްޓްރީއަށް އެންގުމަކާ ޚަރަދުކޮށް ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން އެނގެން އެބައޮތް ކަމަށެވެ.

ވީމާ ހެލްތު މިނިސްޓްރީން ދައުލަތުގެ މުދަލަށާއި ފައިސާއަށް އިހުމާލް ވެފައިވާކަމަށް އޮޑިޓް ރިޕޯޓުން ފާހަގަ ކުރައްވާފައިވާތީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އެމައްސަލަ ބައްލަވައިދެއްވުމަށް އެދޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު