Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ ހިޔާ އިން ޕޮޒިޓިވް ކޭސްތައް ފެނުން

ކުޑަކުދިންގެ ހިޔާ އިން ދެ ކުއްޖަކު ޕޮޒިޓިވްވެ، 89 ކޮންޓެކްޓުން ދެނެގަނެވިފައިވޭ: އެޗްއީއޯސީ

10 އޮކްޓޯބަރު 2020 | ހޮނިހިރު 17:57

އިތުރު 4 މީހުންގެ ސާމްޕަލް ނެގިއިރު ނަތީޖާ ނެގެޓިވް ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 އޮކްޓޯބަރު 2020 | ހޮނިހިރު 17:57
ވިލިމާލެ ކުޑަކުދިންގެ ހިޔާ

ވިލިމާލެ ކުޑަކުދިންގެ ހިޔާ

ކުޑަކުދިންގެ ހިޔާ އިން ދެ ކުއްޖަކު ޕޮޒިޓިވެ، 89 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ދެ ކުއްޖަކު ބަލީގެ އަލާމަތްތައް ފެނިގެން ޓެސްޓު ކުރިއިރު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އެކަމާއި ގުޅިގެން 89 ކޮންޓެކްޓުން ދެނެގަނެ، އިތުރު 4 މީހުންގެ ސާމްޕަލް ނެގިއިރު ނަތީޖާ ނެގެޓިވްވެފައިވާ ކަަމަށެވެ. އަދި މިހާރު ކުޑަކުދިންގެ ހިޔާއިން ޖުމްލަ 86 ސާމްޕަލް ނެގިފައިވާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ހުޅުމާލެ ފިޔަވަތީގެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަތިން ޖުމްލަ 23 މީހަކު މިހާރު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 11 ކުދިންނާއި 11 ކުދިން ބަލާ މީހުންނާއި އެއް ސީނިއަރ މުވައްޒަފަކު ވެސް ހިމެނޭ ކަމަށެވެ. އަދި ހޮނިހިރު ދުވަހު އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ފިޔަވަތިން ކުދިން ޕޮޒިޓިވްވެފައިވަނީ ސެޕްޓެމްބަރ 30 ގައި ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒަފެއް، ރޯގާގެ އަލާމާތްތައް ހުރުމާއި ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓް ކުރުމުން ކޮވިޑް-19 އަށް ފޮޒިޓިވް ވުމުންނެވެ. އެފަރާތަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމުން އެ ފަންގިފިލާގެ ކުދިން ވަނީ ކަރަންޓީން ކޮށްފައެވެ. އަދި އެ ކުދިން ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގެ އިރުޝާދުގެ ދަށުން ފެސިލިޓީއަކަށް ބަދަލު ކޮށްފައެވެ.

ފިޔަވަތި އަކީ ގިނަ ކުދިން އެތަނެއްގައި ތިބޭ ޖާގައިގެ ދަތިކަން ހުރިތަނެއް ކަމުގައިވުމުން، އެޗްޕީއޭ އަދި އެޗްއީއޯސީއިން ވަނީ ކުދިންގެ ސިއްޚީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ސަރވިސްއަށް އިރުޝާދު ދީފައި ކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ. އަދި މި އިރުޝާދުގެ ދަށުން އެ ސަރވިސްއިން ވަނީ ކަމާއި ގުޅުން ހުރި އިދާރާތަކާއި މޮނިޓަރ ކުރުމުގެ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންގުމަށްފަހު، ކަރަންޓީން ކުރެވުނު ފަންގިފިލާގައި ހިމެނޭ 26 ކުދިން ކެއަރވޯކަރުންނާއި އެކު އިތުރު ތަނަކަށް ބަދަލު ކުރުމަށް ނިންމާފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެތަނަކީ 3 ފަންގިފިލާއަށް ހުރި 12 ކޮޓަރި ހިމެނޭ ތަނަކަށް ވެފައި، ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަން ޔަޤީންކޮށްދޭ ކަމަށާއި އަދި ކުދިންގެ ތަޢުލީމީ ކަންކަންވެސް އެތަނުގައި ކަށަވަރުކުރެވޭނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. އަދި ފިޔަވަތީގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެ ކުދިންގެ މަޢުލޫމާތު ދެމުން ގެންދާނެ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

08 އެޕްރީލު 2017
ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
16 ފެބުރުއަރީ 2017

ލޯޑަރެއް ދަށުވެ ކުއްޖަކު މަރުވި މައްސަލައިގައި ޑްރައިވަރަށް ދައުވާ ކޮށްފި

16 ފެބުރުއަރީ 2017
ލޯޑަރެއް ދަށުވެ ކުއްޖަކު މަރުވި މައްސަލައިގައި ޑްރައިވަރަށް ދައުވާ ކޮށްފި
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް