Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންނަށް ބޯހިޔާވަހިކަން ދި

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

ފުލުހުންގެ ޚިދުމަތުގައި 7 އަހަރު ވޭތުކޮށްފައިވާ ކޮންމެ މީހަކަށް ކުރިމަތިލެވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 14 ފެބުރުއަރީ 2017 | އަންގާރަ 23:32
ފުލުހުން: ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ އުސޫލު ވަނީ ޢާއްމުކޮށްފައި

ފުލުހުން: ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ އުސޫލު ވަނީ ޢާއްމުކޮށްފައި

މާލެ އާއި ވިލިމާލޭ ފަދަ ތަންތަނުން ފުލުހުންނަށް ވަގުތީ ގޮތުން ބޯހިޔާވަހިކަންދޭ ޝަރުތުތައް ގެޒެޓްގައި އާއްމުކޮށް އިއުލާން ކޮށްފިއެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސް މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގަވައިދަށް މިހާރު ގެނެސްފައިވާ އިސްލާހު ގެޒެޓް ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

Advertisement - newsAdvertisement

ގެޒެޓުގައި މިހާރު އާއްމުކޮށްފައިވާ ޝަރުތުތަކަށް ބަލާއިރު، ފުލުހުންގެ ހިދުމަތުގައި ހަތް އަހަރު އުޅެފައިވާ ކޮންމެ ފުލުހަކަށް ވެސް ވަގުތީ ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ އެވެ.

އެޤަވާއިދުގައި ބުނެފައިވާ ގޮތުގައި ތަންތަން ލިބޭނެ މީހުން ކަނޑައަޅާނީ ޕޮއިންޓް އުސޫލުން އެންމެ މަތިން މާކްސް ލިބޭ މީހުންނަށް ބަލައިގެންނެވެ. އަދި މުވައްޒަފަކު އަދާ ކުރާ މަސްއޫލިއްޔަތަށް ބަލައި، 45 އާ ހަމައަށް ޕޮއިންޓް ދެވޭއިރު، ދިރިއުޅޭ ތަނަށް ކުރިމަތިލުމަށް ހުޅުވާލާ ތާރީހުގައި އެ މުވައްޒަފު ހުރި މަގާމަށް ބަލައި ޕޮއިންޓް ދޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ހިދުމަތް ކުރި މުއްދަތަށާއި ދަރިން ނުވަތަ އާއިލީ ގޮތުން ބަލަހައްޓަން ޖެހޭ މީހުން ތިބި އަދަދަށް ބަލައި ޕޮއިންޓް ދޭނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

ވަގުތީ ގޮތުން ދިރިއުޅޭ ތަންތަނަށް ކުރިމަތިލާއިރު ލިބިފައިވާ ޕޮއިންޓް އުނި ކުރެވޭ ކަންތައްތަކުގެ ތެރޭގައި ދިގު މުއްދަތަކުން ފައިސާ ދައްކާ ގޮތަށް މުވައްޒަފަކަށް ގެއެއް ނުވަތަ ފްލެޓެއް ލިބިފައި ވުމާއި އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މައިންބަފައިންގެ އެ ފަދަ ތަނެއް ހުރުން ހިމެނެ އެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު