Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިތްދަތި އާދޭސް

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

5 އެޕްރީލު 2017 | ބުދަ 21:56

މާލެ އައިސްފައި ވަނީ އުމުރުން 12 އަހަރުގެ ޔަސްރާ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 5 އެޕްރީލު 2017 | ބުދަ 21:56
އުމުރުން 12 އަހަރުގެ އާއިމިނަތު ޔަސްރާ، އެނާގެ ބައްޕަ ބަސީރާއި އެކު އެއާޕޯޓްގައި

އުމުރުން 12 އަހަރުގެ އާއިމިނަތު ޔަސްރާ، އެނާގެ ބައްޕަ ބަސީރާއި އެކު އެއާޕޯޓްގައި

އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި އެއް އަހަރު ދުވަހު ދިރިއުޅެން ޖެހުނު ދިވެހި ތިން ކުދިން ހަޔާތުގެ މައްޗަށް ރާއްޖެޓީވީން ތައްޔާރުކުރި ޑޮކިއުމެންޓަރީ ގެނެސް ދިނުމާއެކު އޭގެ ތެރެއިން އެއް ކުއްޖަކު "މިނިވަންވެ" ބުދަ ދުވަހުގެރޭ ރާއްޖެ އަތުވެއްޖެ އެވެ.

ޔާތީމްޚާނާގައި އަނިޔާ ލިބިފައިވަނީ އއ.އުކުޅަސް އަބްދުﷲ ބަޝީރާއި އިންޑިއާ ރައްޔިތެއް ކަމަށްވާ ސައީދަލީ ފާތިމާ ލަތީފް އަށް ލިބިފައިވާ ތިން ކުދިންނެވެ. މި ކުދިންގެ ތެރެއިން މާލެ އައިސްފައި ވަނީ އުމުރުން 12 އަހަރުގެ އާއިމިނަތު ޔަސްރާ އަބްދުﷲ އެވެ. ޔަސްރާއަށް މާލެ އާދެވެގޮތްވީ އެނާގެ މަންމަ ފާތިމާ ހުއްދަ ދިނުމުންނެވެ.

Advertisement - newsAdvertisement

ޔަސްރާއަށް މާލެ އާދެވެގޮތްވީ އެނާގެ މަންމަ ފާތިމާ ހުއްދަ ދިނުމުން -- ފޮޓޯ: ރާއްޖެ.އެމްވީ

ޔަސްރާ އާއެކު މާލެ އައީ އޭނާގެ ކާފަ، މުހައްމަދު ނައީމެވެ. ޔަސްރާ ރާއްޖެ ގެނައިއިރު، އޭނާގެ ދެ ކޮއްކޮ ކަމުގައިވާ އުމުރުން 10 އަހަރުގެ އާއިމިނަތު ނަސްރާ އަބްދުﷲ އަދި އުމުރުން 7 އަހަރުގެ މަރިޔަމް ނައުރާ އަބްދުﷲ ތިބީ އެ ކުދިންގެ މަންމަގެ ބެލުމުގެ ދަށުގައި އިންޑިއާގަ އެވެ. މި ތިން ކުދިން ވެސް ވެސް ރާއްޖެޓީވީއަށް ކިޔައިދިން ގޮތުގައި ބޭނުންވަނީ ރާއްޖެއައުމަށެވެ.

ދިވެހި ޕާސްޕޯޓް އޮންނަ މި ކުދިން ލިބެމުންދިޔަ އަނިޔާތައް އިންޑިއާ އާއި ދިވެހި ސަރުކާރުގެ ސަމާލުކަމަށް އައީ އެ ކުދިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ތައްޔާރުކުރި "ހިތްދަތި އާދޭސް" ޑޮކިއުމެންޓަރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ގެނެސްދިން ފަހުންނެވެ.

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް، އެކުދިންގެ ކާފަ ނައީމާއި އެކު އެއާޕޯޓްގައި -- ފޮޓޯ: ރާއްޖެ.އެމްވީ

އުކުޅަހުގައި ދިރިއުޅެމުން ދިޔުމަށް ފަހު މި ކުދިން ގޮވައިގެން ފާތުމަ އިންޑިއާ އަށް ދިޔައީ 2013 ވަނަ އަހަރު އެވެ. އެއަށް ފަހު، ފޯން ނަންބަރު ބަދަލުކޮށް، ކުދިންގެ ބައްޕަ، ބަޝީރާއި ބަޝީރުގެ އާއިލާއިން ވެސް އެ ކުދިންނަށް ފޯނުން ގުޅޭނެ ގޮތް ބަންދުކުރި އެވެ.

އެ ކުދިން ޔަތީމްހާނާއަށްލިކަން ބަޝީރަށް އެންގީ ފާތިމަގެ ތިމާގެ މީހެކެވެ. އެއާއެކު ބަޝީރު އާއި ބަޝީރުގެ ބައްޕަ އިންޑިއާއަށް ގޮސް، އަދި ދިވެހި ސަރުކާރުގެ ވެސް ސަމާލުކަމަށާއި ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ވެސް މައްސަލަ ހުށަހަޅައިގެން ވެސް އެ ކުދިން މިނިވަންކޮށްގެން ރާއްޖެ ގެނެވޭނެ ގޮތް އޮތީ ނުވެފަ އެވެ.

ޔަސްރާ މާލެ އައި ވަގުތު އެނާގެ ބައްޕަގެ މޫނު މަތިން ފެނުނީ އުފާވެރިކަން -- ފޮޓޯ: ރާއްޖެ.އެމްވީ

މި މައްސަލަ ބަޝީރު، އިންޑިއާގެ ޓްރިވެންޑްރަމުގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހަށް ހުށަހެޅުމުން، ނިންމީ އެކުދިންގެ މަންމަ ފާތިމާގެ ހުއްދައާ ނުލައި އެކުދިން ރާއްޖެ ގެންގޮސްގެން ނުވާނެ ކަމަށެވެ. ނަމަވެސް މި ކުދިންނާ ގުޅޭ ޑޮކިއުމެންޓަރީ ރާއްޖެޓީވީން ދެއްކުމާއެކު، މި މައްސަލައިގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް