Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ޕޯސްޓް ދުވަސް

ރާއްޖޭގައި ޕޯސްޓްގެ ޚިދުމަތް ފެށުނުތާ 115 އަހަރު، މި ޚިދުމަތް އިތުރަށް ކުރިއަރުވާ ތަރައްޤީ ކުރަންޖެހޭ: މަލީހް

9 އޮކްޓޯބަރު 2020 | ހުކުރު 16:10

ދުނިޔޭގެ ޕޯސްޓް ދުވަހުގެ ގޮތުގަައި ފާހަގަކުރަނީ 9 އޮކްޓޫބަރ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 އޮކްޓޯބަރު 2020 | ހުކުރު 16:10
ދުނިޔޭގެ ޕޯސްޓު ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށުނީ މީގެ 51 އަހަރު ކުރިން

ދުނިޔޭގެ ޕޯސްޓު ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށުނީ މީގެ 51 އަހަރު ކުރިން

ކޮވިޑް-19ގެ ނުރައްކާތެރި ރޯގާ ބަލިމަޑުކަމާއެކު، ޕޯސްޓުގެ ޚިދުމަތް ބޭނުން ކުރުން މިވަނީ ކުރިޔަށްވުރެ ގިނަވެފައި ކަމަށާއި މިއިން ދޭހަވަނީ ޕޯސްޓުގެ ޚިދުމަތުގެ ކުރިމަގު އުޖާލާ ކަމާއި، ޕޯސްޓުގެ ޚިދުމަތް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޕޯސްޓް ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ މަލީޙް ދެއްވި މެސެޖްގައި ވިދާޅުވީ ޒަމާނީ އިޤްތިޞާދުގެ ބިންގަލަކީ، ޕޯސްޓުގެ ޚިދުމަތްކަން ދުނިޔެއިން ދަނީ ދަލީލު ކޮށްދެމުން ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ޒަމާނީ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމަށްޓަކައި، ޕޯސްޓުގެ ޚިދުމަތަށް އަންނަން ޖެހޭ ޒަމާނީ ބަދަލުތައް އަވަސްކަމާއި ހަލުވިކަމާއެކު ގެނައުމުގެ މުހިންމުކަން އިންތިހާއަށް މިއަދު ބޭނުންވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ މި ޓެކްނޮލޮޖީގެ ދުނިޔޭގައި ވެސް އެހެނިހެން ޒަމާނީ މުވާޞަލާތުތަކުގެ ކުރިއެރުމާއި އެކުގައި ޕޯސްޓުގެ ޚިދުމަތުގެ މުހިންމުކަމާއި މަޤުބޫލުކަން ކުޑަ ނޫންކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަކީ މުޅި ދައުލަތުގެ އެންމެ ޒަމާންވީ ޚިދުމަތް ކަމަށެވެ.

ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށުނުތާ މި އަހަރަކީ 115 ވަނަ އަހަރު ފުރުނު އަހަރެވެ. ރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށުނީ 9 ސެޕްޓެމްބަރ 1906 ގައެވެ. ރާއްޖޭގެ ޕޯސްޓުގެ ތާރީޚަކީ ކުރިއެރުމާއި ތަރައްޤީގެ މަރުހަލާތަކެއް ކަނޑަތު ކޮށްފައިވާ ފަޚުރުވެރި ތާރީޚެއް ކަމަށާއި މިގޮތުން ބަލާއިރު ރާއްޖޭގެ ސްޓޭމްޕްތަކަކީ ދުނިޔޭގައި މަގުބޫލް ސްޓޭމްޕްތަކެއްކަން ފާހަގަ ކޮށްލަންޖެހޭ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ.

ދުނިޔޭގެ ޕޯސްޓް ދުވަހުގެ ގޮތުގަައި 9 އޮކްޓޫބަރ ފާހަގަ ކުރަނީ ޕޯސްޓުގެ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫ.ޕީީ.ޔޫ) އުފެދުނީ 9 އޮކްޓޫބަރ 1874ގަައި ކަމަށްވާތީއެވެ. މިދުވަސް ވޯލްޑް ޕޯސްޓް ޑޭ ނުވަތަ ދުނިޔޭގެ ޕޯސްޓު ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށުނީ މީގެ 51 އަހަރު ކުރިން 1969 ގައެވެ.

ޕޯސްޓުގެ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޔޫ.ޕީ.ޔޫ.އަކީ ދުނިޔޭގެ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ތެރެއިން އެންމެ ޒަމާންވީ އެއް ޖަމްޢިއްޔާއެވެ. އަދި ޕޯސްޓުގެ ޚިދުމަތަކީ، ދުނިޔޭގައި އެންމެ ޒަމާންވީ މުވާޞަލާތުގެ ޚިދުމަތެވެ. ޔޫ.ޕީ.ޔޫ.ގެ މެންބަރު ޤައުމަކަށް ރާއްޖެވީ 15 އޮގަސްޓް 1967 ގައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް