Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕްރީމްކޯޓުގެ މަސައްކަތްތައް

ސުޕްރީމް ކޯޓުގެ މަސައްކަތްތަކަށް ސެލިއުޓް ކުރާވަރުވޭ: މޫސާ ސިރާޖު

އެންމެ ބޮޑަށް ފާހަކަކުރެވޭ އެއް ކަމަކީ އާދަޔާ ޚިލާފަށް ރަނގަޅަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުންދިޔުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 އޮކްޓޯބަރު 2020 | ބުރާސްފަތި 18:48
ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ސުޕްރީމްކޯޓުން މިހާރު ސެލިއުޓް ކުރާވަރަށް މަސައްކަތްތައް ކުރަމުންގެންދާ ކަމަށް ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ސުޕްރީމް ކޯޓުގެ މިހާރުގެ ބެންޗަކީ އިންސާފަށް މަސައްކަތް ކުރަން ކެރޭ ގާބިލް ބެންޗެއްތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސިރާޖު ވިދާޅުވީ މިހާރުގެ ސުޕްރީމްކޯޓުން އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއް ކަމަކީ އާދަޔާ ޚިލާފަށް ރަނގަޅަށް ސުޕްރީމް ކޯޓުން މަސައްކަތް ކުރަމުން ދިޔުން ކަމަށެވެ. މިހާރުގެ ސުޕްރީމް ކޯޓުގެ ބެންޗަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އަލުން އެކުލަވާލާފައިވާ ބެންޗެކެވެ.

Advertisement - newsAdvertisement

ސިރާޖު ވިދާޅުވީ މީގެކުރިން އަބަދުވެސް ފެންނަނީ ޝަރީޢަތްތަކަކީ ވަރަށް ބޮޑަށް ސިއްރުން މީހަކަށް އަޑުނީވޭ ގޮތަށް ބަންދުކުރެވިގެން ވަރަށް ބޮޑަށް ވަގަށް ކުރެވިގެންދިޔަ ކަމެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ސުޕްރީމް ކޯޓުން ޝަރީޢަތްތައް ކުރިޔަށް ގެންދަނީ އާންމުންނަށް ވެސް އެނގޭ ގޮތަށް ހުޅުވާލެވިގެން ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ސުޕްރީމް ކޯޓުގެ މަސައްކަތްތައް މިހާރު އެދާ ރޭޓަށް ބަލާއިރު އަންދާޒާ ކުރެވޭ ގޮތުގައި މިއަންނަ އަހަރު މެދާ ހަމައަށް ދާއިރު އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ސްޕްރީމް ކޯޓުގައި ހުންނާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

ބުރާސްފަތި ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށާއި، ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށް ނެރުނު އަމުރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސިރާޖު ވިދާޅުވީ މިހާރު ފެނިގެންދަނީ ކޯޓުތަކާމެދު ރައްޔިތުންގެ އިތުބާރު ބިނާކުރެވިގެން ދާތަން ކަމަށެވެ.

ރައީސް ޔާމީން ކަމުގައިވީނަމަވެސް އަދި އެހެން މީހެއް ކަމުގައިވީނަމަވެސް ސާފުކޮށް ޔަގީންވާ ކަމަކީ އެ އޮންނަ އިޖުރާޢަތެއްގެ ބޭރުން، ޤާނޫނުން ބޭރުން ކަމެއްކޮށްފިނަމަ ޝަރުޢީ ނިޒާމުގައި އިންސާފު ލިބިގެންދާނެކަން ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ރައީސް ޔާމީން ކުރެއްވި ކަމެއް އިޖުރާއީ މައްސަލައަކާއި ގުޅިގެން ދައުލަތަށް އޭގެ އަސަރުކުރާތީ ނޫނީ ރައްޔިތުންނަށް އެކަމުގެ ކަންބޮޑުވުން އުފުދޭތީ އެކަމާއި ހިތާމަ ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެއާއެކުގައި ހިތްހަމަޖެހުން ލިބެނީ ޝަރުޢީ ދާއިރާގައި ބޭނުންވާ ކޯޓުތައް އުފެދިގެންދާ މަންޒަރު ފެނުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު