Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުހީ

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލަ ވޯކިން ގްރޫޕަށް ހުށައަޅާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2017 | އާދީއްތަ 01:03
ފަލަ ސުރުހީ ޕްރޮގްރާމުގައި އާޒިމް ވާހަކަދައްކަވަނީ

ފަލަ ސުރުހީ ޕްރޮގްރާމުގައި އާޒިމް ވާހަކަދައްކަވަނީ

ސުޕްރީމް ކޯޓަކީ ރައްޔިތުންގެ ހައްގުތައް ނަގަހައްޓަންޖެހޭ ތަނަކަށް ވާއިއިރު، ބޭއިންސާފުން ދިވެހި ރައްޔިތަކަށް ބޮޑު އަނިޔާއެއް ދެމުންދާއިރު، ސުޕްރީމް ކޯޓު އޮތީ ބަހެއް ނުބުނެ މަޑުން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ކޮއްކޮ އާޒިމް ވިދާޅުވީ، މިއަދުގެ ދިވެހިރާއްޖޭގައި ފެނިގެންދަނީ އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް ނެތް މަންޒަރުކަމަށާއި ގައުމުގެ ހާލަތު މީގެ ކުރިން ދުވަހަކުވެސް ނުދާހާ މިންވަރަށް ގޯސްވެފައިވާ ކަމަށެވެ.

އދ ގެ ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަނުން ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ދޫކޮށްލުމަށް ގޮވާލި ގޮވާލުމަށް އަމަލުކުރަމަށް ކުރީގެ ދެ ރައީސުން ސަރުކާރަށް ގޮވާލެއްވުމުން ދޭ ހަވަނީ އެކަމަކީ ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އާޒިމު ވިދާޅުވި އެވެ. ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އަކީ މިފަދަ ކަންކަމުގައި ހަގު އަދި ތަޖުރިބާ މަދު ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާ އާޒިމް ވަނީ ނާޒިމް ދޫކޮށްލުމާ ގުޅޭ ގޮތުން ޝައިނީ ދައުލަތުގެ މީޑިޔާގައި ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

އެ މައްސަލަ އަކީ ކޯޓުތަކުން ހުރިހާ މަރުހަލާ އެއް ފުރިހަމަކޮށްފައިވާ މައްސަލައެއް ކަމަށާއި ސަރުކާރުން އެކަމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށް ވިދާޅުވާ އިރު ޕީޖީ އަށްވެސް މައްސަލަތަކުގައި ދެވަނަ ފަހަރަށް ތަހުގީގު ކުރުމަށް ފުލުހަށް ފޮނުވުމުގެ ބާރު ލިބިފައިވާކަން އާޒިމް ފާހަގަކުރެއްވި އެވެ.

"ސުޕްރީމް ކޯޓަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަމުންދާން ތިބޭ ބަޔަކަށްވާ އިރު މިއަދު އަޅުގަނޑުމެންނަށް ފެނިގެންދަނީ މިވަރުގެ ބޮޑު އަނިޔާއެއް ދެމުންދާ އިރު އެބޭފުޅުން މަޑުން ތިއްބެވި ތަން،" އާޒިމް ވިދާޅުވި އެވެ.

މިމޭރުން ވާހަކަފުޅުދައްކަވާ އާޒިމް ވަނީ ރާއްޖޭގެ ކޯޓުތަކުން އަމަލުކުރަމުންދާ އުސޫލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ރައްޔިތުންނަށް އިންސާފު ހޯދާދިނުމުގެ ބާރު ލިބިފައިވާކަން އާޒިމް ފާހަގަކުރެއްވި އެެވެ. ޑިފެންސް މިނިސްޓަރު ނާޒިމްގެ މައްސަލައާ ގުޅިގެން ސަރުކާރުން އެއްވެސް ގޮތަކަށް ނާޒިމްގެ އާއިލާއާއި ބައްދަލުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު ދައުލަތުގެ މީޑިޔާގައި ވާހަކަދައްކަވަމުން ޑރ ޝާއިނީ ވިދާޅުވީ އދ. ގެ ވޯކިން ގުރޫޕުގެ ނިންމުމަކީ ރިކޮމެންޑޭޝަނެއް ކަމަށާއި އެހެނެވެ އެއަށް އަމަލުކުރުން ދިވެހި ސަރުކާރަށް ލާޒިމް ނޫން ކަމަށެވެ.

އދ.ގެ ވޯކިން ގުރޫޕުން ނިންމި ނިންމުންތަކުގައި ސުވާލުއުފެދޭ ކަންތައްތަކެއް އެބަހުރިކަމަށް ވިދާޅުވެ ޝައިނީ ވަނީ ވޯކިން ގްރޫޕުން މައްސަލައިގައި ރާއްޖެ އާއި މެދު ގޮތެއް ނިންމުމަށް ފަހު ރާއްޖެ އައުމުގެ ބޭނުމާ މެދު ސުވާލުއުފައްދާފަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއާ ގުޅިގެން ނާޒިމްގެ އާއިލާއިން އެ މައްސަލަ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓޭންޝަނަށް ހުށައަޅާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ރާއްޖެއިން ބައިވެރިވެފައިވާ ދެ މުއާހަދާ ކަމަށްވާ، ބައިނަލްއަގްވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ އާއި ޔުނިވާސަލް ޑިކްލެރޭޝަން އޮފް ހިއުމަންރައިޓްސް އިން ކަށަވަރުކޮށްދޭ އެތައް ހައްގެއް ނިގުޅައިގަނެފައިވާ ކަމަށް ވޯކިން ގްރޫޕުން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ބުނެފަ އެވެ.

ފުލުހުން އަމަލުކުރަންޖެހޭ އުސޫލުތަކުގެ ބޭރުން ނާޒިމްގެ އެޕާޓްމެންޓަށް ހަތިޔާރު ވައްދައި، އަދި އެ ހަތިޔާރުން އެހެން މީހެއްގެ ޑީއެންއޭ ފެނުމުން ވެސް ނާޒިމް ބަންދުކޮށްފައި ހުރި ހުރުމުން ދޭހަކޮށްދެނީ މިއީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށްވެސް އދ. ގެ ވޯކިން ގްރޫޕުން ބުނެ އެވެ.

‎ނާޒިމްގެ މައްޗަށް ހިންގީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ވޯކިން ގްރޫޕުން ބުނެފައިވާ އިރު ނާޒިމްގެ ފަރާތުން އދ. އަށް ހުށަހެޅި މައްސަލައިގައި ހަގީގަތް އޮޅުވާލާފައިވާ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ތާއީދު ނުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނީ ކިހިނެތްތޯ ކުރާ ސުވާލަށް ސަރުކާރަށް ޖަވާބުދެވިފައިނުވާ ކަމަށް ވެސް ވޯކިން ގްރޫޕުން ނެރުނު ރިޕޯޓުގައި ބުނެފަވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު