Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްޓެލްކޯ

ކުށުގެ ވެށިން ސަލާމަތްވެ، އަނބުރާ މުޖުތަމައުއަށް ނިކުންނަ ޒުވާނުންނަށް ސްޓެލްކޯއިން ފަހި ފުރުސަތެއް

8 އޮކްޓޯބަރު 2020 | ބުރާސްފަތި 16:41

ޕެރޯލްގެ ފުރުސަތު ލިބޭ ބައެއް ފަރާތްތަކަށް ސްޓެލްކޯއިން ވަޒީފާ ދިނުމަށް ވަނީ ނިންމާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 އޮކްޓޯބަރު 2020 | ބުރާސްފަތި 16:41
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކުށުގެ މާހައުލުގައި އުޅެވިފައި ތިބި ޒުވާނުންގެ ތެރެއިން ގަދަރުވެރި ރަނގަޅު ދިރިއުޅުމަކާއެކު، އެނބުރި މުޖުތަމައުގެ ތެރެއަށް ދާން ބޭނުންވާ ޒުވާނުންނަށް ސްޓެލްކޯއިން "ފަހި ފުރުސަތެއް" ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިޖުތިމާއީ ދުޅަހެޔޮކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަށް ފުރިހަމަ އެއްބާރުން ދިނުމުގެ މަގުސަދުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީގެ އިސް ނެންގެވުމުގެ މަތިން ވަނީ ޕެރޯލްގެ ފުރުސަތު ލިބޭ ބައެއް ފަރާތްތަކަށް ސްޓެލްކޯއިން ވަޒީފާ ހަމަޖެހިގެންދާނެ ފަދަ އެއްބަސްވުމެއްގައި ހޯމް މިނިސްޓްރީއާއި ކަރެކްޝަނަލް ސާވިސަސްއާއެކު ސޮއިކޮށްފައެވެ.

Advertisement - newsAdvertisement

އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ސޮއި ކުރައްވާފައިވާއިރު، ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އަދި ކަރެކްޝަނަލް ސާވިސާސްގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯ އަކީ މަސައްކަތްތެރި ޒުވާނުންތަކެއްގެ ހިދުމަތް ގައުމަށް ފޯރުކޮށްދީ ގައުމުގެ މުހިންމު ޒިންމާއެއް އަދާ ކުރާ ކުންފުންޏެއް ކަމަށެވެ. އަދި ސްޓެލްކޯގެ ހިދުމަތުގެ އެންމެ މުހިންމު އެއްވެލިއު އަކީ، ނުވަތަ މަސައްކަތުގެ އަސާސަކީ މަސައްކަތުގެ އަހުލާގު ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވީ، ސްޓެލްކޯއާއެކު މިއަދު މިފަށައިގަނެވޭ މަސައްކަތުގެ ދަށުން ގައިދީންގެ ގޮތުގައި ތިބޭ ފަރާތްތައް ސްޓެލްކޯއާއެކު ނިކުމެ މަސައްކަތްކޮށް، އެއްކޮށް މިނިވަންވެގެންދާއިރުގަ ބައެއް މަސައްކަތްތައް ދަސްކުރެވި، އަދި ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ މުއްދަތުގައިވެސް އޭނާއަށް ލިބިގެންދާ އާމްދަނީ ފަހަށް ރައްކާކުރެވި އޭނާއާއި އޭނާގެ އާއިލާގެ ދުޅަހެޔޮކަމަށް ހެޔޮ އަސަރު ކުރާނެ ކަމަށެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ކަރެކްޝަންސްއިން އަބަދުވެސް މަސައްކަތް ކުރަނީ ގައިދީން މިނިވަންވެ ނިކުންނައިރު އެއީ މުޖްތަމައު ބަލައިގަންނަ ބަޔަކަށް ހެދުން ކަމަށާއި، ހާއްސަކޮށް އެ މީހުންނަކީ އަލުން އަނބުރާ ކުށުގެ ވެއްޓަށް ނުވަންނަ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ.

ސޮއި ކުރެވުނު އެއްބަސްވުމަކީ އެއް އަހަރުގެ މުއްދަތައް ސޮއި ކުރެވުނު އެއްބަސްވުމެކެވެ. އެހެން ނަމަވެސް، ކުރިޔަށް އޮތް ތަނުގައި މި ޕްރޮގްރާމްގެ ނަތީއްޖާއަށް ބަލައި، އެ އެއްބަސްވުން އިތުރު އަހަރުތަކަކަށް ދެމިގެންދާނެ ފަދަ ގޮތަކަށް ކަންކަން ކުރެވިގެންދާނެ އެވެ. އަދި ޕެރޯލްގެ ފުރުސަތު ލިބި ސްޓެލްކޯއިން ވަޒީފާ ހަމަޖެހޭ ފަރާތްތަކަށް އެ އޮންނަ އުސޫލުގެ ދަށުން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ސްޓެލްކޯއިން ހިދުމަތްދޭ 35 ރަށުގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ

03 އެޕްރީލު 2017
ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ
29 މާރިޗު 2017

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި
29 މާރިޗު 2017

ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި
26 މާރިޗު 2017

ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ

26 މާރިޗު 2017
ޕާސްޕޯޓް ހިފަހައްޓާފައިވާތާ ދެ މަސް، އެކަމަކު ކުށުގެ ރިކޯޑެއް ނެތް:ޝިދާތާ
28 ފެބުރުއަރީ 2017

ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

28 ފެބުރުއަރީ 2017
ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް