Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާޒިމް ޖަލަށް ގެންދިއުން

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017 | ބުދަ 17:06

ޖަލަށް ގެންދިޔައީ ކުރިން އެންގުމަކާ ނުލައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 29 މާރިޗު 2017 | ބުދަ 17:06
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް

ރައީސް ޔާމީނާއި އިދިކޮޅު ހުރިހާ ޕާޓީތަކާއި ސިޔާސީ ވެރިން އެއް ގަލަކަށް އަރައި، އިސްލާހީ ހަރަކާތްތައް ފެށުމާއެކު، ކުއްލި ގޮތަކަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރުކޮށް ގެންގުޅުނު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދާ ނާޒިމް، ގޭ ބަނދުގައި ބަހައްޓާފައި ހުންނަތާ ގާތްގަނޑަކަށް އެއް އަހަރު ފަހުން، އަލުން އަނބުރާ ޖަލަށް ގެންދިޔައީ ބުދަ ދުވަހު މެންދުރުއެވެ. ނާޒިމް ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ހިންމަފުށީ ޖަލު މަރާމާތު ކުރާ ކަމަށް ބުނެ، އޭޕްރީލް 4، 2016 ގަ އެވެ.

Advertisement - newsAdvertisement

‎ނާޒިމް ދިރިއުޅުއްވަމުން ގެންދެވި މ. ސީނުކަރަންކާގެއަށް ނާޒިމް ބަލައި، ކަރެކްޝަނުން ދިޔައިރު، އެސްއޯ ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ.

ނާޒިމް އާއިލާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި، ނާޒިމް ޖަލަށް ގެންދާ ކަމެއް ކުރިން އަންގާފައެއް ނެތެވެ.

"އަޅުގަނޑުމެންނަށް ވެސް އެނގުނީ ކުއްލިއަކަށް ކަރެކްޝަނުން އައިސް ޖަލަށް ގެންދަން ބޭނުންވާ ކަމަށް ބުނުމުން،" އޭނާ ވިދާޅުވި އެވެ.

ނާޒިމުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއިދުކޮށްފައިވާއިރު، އެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލީ ހައިކޯޓްގެ ހުކުމަށް ތާއިދުކޮށްފަ އެވެ.

‎ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމުން ހުކުމް އިސްތިއުނާފުކޮށް ސަލާމަތްވާން ހުރި ހުރިހާ ދޮރުތަކެއް ނާޒިމް އަށް ބަންދުވި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއާ ގުޅިގެން ނާޒިމްގެ އާއިލާއިން ވަނީ އެ މައްސަލަ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުށަހަޅާފަ އެވެ. އދ. އިން ނިންމާފައިވަނީ ނާޒިމް މިނިވަންކުރަން ގޮވާލާފަ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް