Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޚުލޫފް

ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ

3 އެޕްރީލު 2017 | ހޯމަ 10:21

ކަނޑާލީ ފޯން ކޯލް ކުރުމާއި، އެކަހެރި ބައްދަލުވުންތަކާއި، އަދި އާއިލީ ބައްދަލުވުންތައް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 3 އެޕްރީލު 2017 | ހޯމަ 10:21
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް

މާފުށީ ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚުލޫފް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ، އިނާޔަތްތައް ކަނޑާލުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމި ނިންމުން އަނބުރާ ގެންދަން ޖެހިއްޖެއެވެ.

މަޚުލޫފްގެ އިނާޔަތްތައް ކަނޑާލުމަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަރެކްޝަނުން ނިންމީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތަކެއް ހިމެނޭ އޯޑިއޯއެއް އާންމުކުރެއްވި ކަމަށް ބުނެއެވެ. މާފުށީ ޖަލުގައި ހުންނަވައިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހު މަޚުލޫފް އާންމުކުރެއްވި އޯޑިއޯގައި ގޮވާލާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވުމަށެވެ.

އެ އޯޑިއޯއާ ގުޅިގެން ކަރެކްޝަނުން ވަނީ މަޚުލޫފަށް ލިބެމުންދިޔަ ފޯނު ކޯލް ކުރުމާއި، އެކަހެރި ބައްދަލުވުންތަކާއި، އަދި އާއިލީ ބައްދަލުވުމުގެ ފުރުސަތު އެއް މަސް ދުވަހަށް ކަނޑާލުމަށް ނިންމާފަ އެވެ.

ކަރެކްޝަނުގެ އެ ނިންމުން އެޕީލް ބޯޑަށް މަޚުލޫފް ހުށަހެޅުއްވުމުން، އެ ބޯޑުން ނިންމީ، އެފަދައިން އޯޑިއޯ އާންމުކުރުމަކީ މަނާކަމެއްކަން ކަރެކްޝަނުން މަޚުލޫފަށް ކިޔައިދީފައި ނުވާތީ އެކަމަކީ ކަރެކްޝަނުން ޒިންމާވާންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ކަނޑާލި ހުރިހާ އިނާޔަތްތަކެއް އަނބުރާ ދިނުމަށް އެ ބޯޑުން ވަނީ ކަރެކްޝަނަށް އަންގާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ "މިހާރު މަޚުލޫފަށް އިނާޔަތްތައް ލިބޭނެ" ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.

މަޚުލޫފަށް ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ނުދޭތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. މަޚުލޫފްގެ އާއިލާ އާއި ވަކީލު ގެންދަވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދެ ދައުވާއެއްގައި މަޚުލޫފްގެ މައްޗަށް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އޭގެ ތެރެއިން ހަ މަސް ދުވަހުގެ ޖަލު ހުކުމް ތަންފީޒްކޮށް ނިމިފައިވާއިރު، މިހާރު ތަންފީޒް ކުރައްވަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އެ ހުކުމް ތަންފީޒްކޮށް ނިންމައި، މަޚުލޫފް މިނިވަން ވާނީ ޖޫން މަހުގެ ތެރޭގަ އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް