Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލ. ގަމު ރީޖަނަލް ހޮސްޕިޓަލް

ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން މެޝިން އިންސްޓޯލްކޮށް ނިންމާ ޓެސްޓްކޮށްފި

މިއީ ހައްދުންމަތީގައި ބަހައްޓާ ފުރަތަމަ ސީޓީ ސްކޭން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2020 | އަންގާރަ 15:58
ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން މެޝިނެއް ބަހައްޓާ ޓެސްޓްކުރަނީ

ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން މެޝިނެއް ބަހައްޓާ ޓެސްޓްކުރަނީ

މާލެއަށް ބަރޯސާވުން ކުޑަކޮށް، އަތޮޅުތެރޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީ.ޓީ ސްކޭންގެ ޙިދުމަތް ފެށުމަށް ބޭނުންވާ މަސައްކަތްނިމި، މެޝިން އިންސްޓޯލްކޮށް ނިންމާ ޓެސްޓްކޮށްފިއެވެ.

އައު ސަރުކާރުގެ އަމާޒަކީ، އަތޮޅުތެރޭގެ ރައްޔިތުންނަށް، އެ ސަރަހައްދަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތެއް ލިބޭނެގޮތް މަގުފަހިކޮށްދިނުމެވެ. އެ އަމާޒު ހާސިލްކުރުމަށް ސަރުކާރުން ސިއްހީ ދާއިރާއަށް ގިނަ ހަރަދުތަކެއް ކުރަމުންގެންދާއިރު، ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ހޮސްޕިޓަލް އޭސީކޮށް ނިންމާ، ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލް އިންޖީނުގެ އިމާރާތްކޮށް 400 ކިލޯ ވޯޓްގެ 2 އިންޖީން ވަނީ ގެންގޮސްފައެވެ.

ލާމަރުކަޒީ ފަލްސަފާގެ ދަށުން ގަމު ރީޖަނަލް ހޮސްޕިޓަލު ތަރައްގީ ކުރާ ވާހަކަ ދެއްކުމުން އެކަން ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނި ކަމަށާއި ނަމަވެސް ހުވަފެންތަކުގައި ކުލަ ޖެހިގެން ދާ މަންޒަރު މިއަދު ރައްޔިތުންނަށް ފެންނަމުންދާކަމަށްވެސް ވިސާމް ވިދާޅުވިއެވެ.

ވިސާމް އިތުރަށް ވިދާޅުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޓާރޝިއަރީ ހޮސްޕިޓަލްގެ އައު އިމާރާތް އަޅާނެ ކުންފުންޏެއް ހޯދަން އިއުލާނުކުރާނެ ކަމަށެވެ. އަދި އެ އިމާރާތާއެކު އެމްއާރްއައި ޚިދުމަތްވެސް ލިބިގެންދާނެ ކަމަށެވެ. އަދި އއ. އަތޮޅުންވެސް ލ. ގަމު ރީޖަނަލް ހޮސްޕިޓަލްއަށް ޑޮކްޓަރަށް ދެއްކުމަށް މީހުން އަންނަކަން ފާހަގަކުރަމުން ވިސާމް ވިދާޅުވީ ޑޮކްޓަރުންގެ ދަތިކަން އެބަހުރި ކަމަށެވެ.

އެހެންނަމަވެސް މިހާރު ހޮސްޕިޓަލްގައި އަލަށް އިމާރާތް ކުރާ 6 ރޫމް އަދި އޯޕީޑީ އޭރިއާގެ 90 އިންސައްތަ މަސައްކަތް ނިމި އެތަން ބޭނުން ކުރަން ފެށުމާއި އެކު ބަލިތަކަށް ޚާއްސަ ފަރުވާދޭ ޑޮކްޓަރުންގެ ދިމާވެފައިވާ ދަތިކަން ހައްލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިސާމް ވިދާޅުވިއެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލް ސަރުކާރުން ތަރައްޤީކުރަނީ މ. ފ. ދ. ތ. އަދި ލ. ގެ ރައްޔިތުންނަށް ފަސޭހައިން ސިއްހީ ފަރުވާ ލިބޭނެ ގޮތަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި އަތޮޅުތަށް ރަނގަޅު ފެރީ ނިޒާމަކުން ގުޅާލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމު ގަރާޖެއްގައި ރޯވެ ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ލ. ގަމު ގަރާޖެއްގައި ރޯވެ ތިން ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

14 މެއި 2017
ފެނަކައަށް ކަރަންޓްގެ ޙިދުމަތް ނުދެވޭނަމަ، ކައުންސިލާއި އިންޖީނުގެތަށް ހަވާލުކުރޭ: ގަމު ކައުންސިލް

ފެނަކައަށް ކަރަންޓްގެ ޙިދުމަތް ނުދެވޭނަމަ، ކައުންސިލާއި އިންޖީނުގެތަށް ހަވާލުކުރޭ: ގަމު ކައުންސިލް

13 މެއި 2017
ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ

ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ

16 މާރިޗު 2017
ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް

ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް

08 މާރިޗު 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު