Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއަންއެންވަން

ތިނަދޫ ހޮސްޕިޓަލްގައި އޮތް މާބަންޑު މީހަކު ސްވައިން ފްލޫއަށް ޖެހިފައިވާ ކަމަށް ބެލެވޭތީ މާލެ ގެންނަނީ

އެމީހާ ފުރަތަމަ މާލެ ގެންނަން އުޅުނީ ބުދަދުވަހު ހެލިކޮޕްޓަރުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 މާރިޗު 2017 | ބުރާސްފަތި 03:13
 ތާޖުއްދީން ސްކޫލްގައި ހަދާފައިވާ ފްލޫ ކްލިނިކްގައި ޑޮކްޓަރުން ބައްލަވަނީ: ހުމާއި އަރިދަފުސް ރޯގާ ހަލުވިކަމާއެކު ދަނީ ފެތުރެމުން

ތާޖުއްދީން ސްކޫލްގައި ހަދާފައިވާ ފްލޫ ކްލިނިކްގައި ޑޮކްޓަރުން ބައްލަވަނީ: ހުމާއި އަރިދަފުސް ރޯގާ ހަލުވިކަމާއެކު ދަނީ ފެތުރެމުން

ގދ. ތިނަދޫގައި ހުންނަ ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ މާބަނޑު އަންހެނަކު ސުވައިން ފުލޫ ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން، މާލެ ގެންނަން ނިންމައިފި އެވެ.

ތިނަދޫ ހޮސްޕިޓަލްގެ އެސިސްޓެންޓް ޑިރެކްޓަރު އައިނަތު އަބްދުލް ހަކީމް ވިދާޅުވެފައިވާ ގޮތުގައި ސުވައިން ފުލޫއަށް ޝައްކު ކުރެވޭ އެ އަންހެން މީހާ ބުދަދުވަހުގެ ރޭ ފަތިހު މާލެ ގެންނާނެއެވެ.

Advertisement - newsAdvertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ގދ. ފިޔޯރީ ސިއްހީ މަރުކަޒުން އެ ހޮސްޕިޓަލަށް ގެންދިޔަ ބަލި މީހެކެވެ. އަދި އެމީހާ ފުރަތަމަ މާލެ ގެންނަން އުޅުނީ ބުދަދުވަހު ހެލިކޮޕްޓަރުގައި ކަމަށާއި ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ގެނެވިފައި ނުވަނީ ކަމަށެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބައްޔަށް ޝައްކުކުރެވޭ 279 މީހަކު ވަނީ އެޗްވަންއެންވަން އަށް ޓެސްޓުކޮށްފައެވެ. މީގެ ތެރެއިން 82 މީހަކު އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާކަމަށް އެ އެތޯރިޓީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ހުން އަދި އަރިދަފުސްރޯގާ އާއި އެޗްވަންއެންވަން އަށް ފަރުވާ ހޯދުމަށް ހާއްސަ ފްލޫ ކްލިނިކްތަކެއް ގާއިމްކޮށްފައިވާއިރު، މި ރޯގާ ހަލުއިކަމާއިއެކު، މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ދަނީ ފެންނަމުންނެވެ.

ރޯގާ އާއި ގުޅިގެން އެކުލަވާލާފައިވާ ޓާސްކު ފޯހުން ބުދަދުވަހު ބުނެފައިވަނީ، އެޗްވަންއެންވަން އަށް ޕޮޒިޓިވް ވާ ބަލިމީހުންގެ އަދަދު އަދިވެސް އިތުރުވާނެކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު