Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ސީޓިންގ އެރޭންޖްމަންޓް

މަޖިލީހުގެ ތަޅުމުގައި ސިޔާސީ ޕާޓީތައް ވަކިވަކިން ތިބޭގޮތަށް ކޮމިޓީން ފާސްކޮށްފި

މިގޮތަށް ތަރުތީބު ބަދަލުކުރުމަށް ކޮމިޓީން ފާސްކޮށްފައިވަނީ 4 މެމްބަރުންގެ ވޯޓުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 އޮކްޓޯބަރު 2020 | ހޯމަ 13:06
ރައްޔިތުންގެ މަޖިލީހުގައި މިހާރު މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާ ގޮތް

ރައްޔިތުންގެ މަޖިލީހުގައި މިހާރު މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާ ގޮތް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާއިރު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތައް ވަކިވަކިން ތިބޭގޮތަށް ލަފާ ދިނުމަށް އެކަން ދިރާސާކުރި އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މެމްބަރުން ތިއްބަވާ ތަރުތީބާ ގުޅޭ މައްސަލަ ދިރާސާކޮށްފައިވަނީ އާންމު ކޮމިޓީންނެވެ. އެ ކޮމިޓީން މިކަމާމެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ކޮމިޓީ ބައްދަލުވުމާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު ވިދާޅުވީ މިގޮތަށް ތަރުތީބު ބަދަލުކުރުމަށް ކޮމިޓީން ފާސްކޮށްފައިވަނީ ހަތަރު މެމްބަރުންގެ ވޯޓުން ކަމަށެވެ. އެ ކޮމިޓީގައި ތިއްބަވަނީ 7 މެމްބަރުންނެވެ.

Advertisement - newsAdvertisement

ދެން މިކަމާމެދު ގޮތެއް ނިންމުމުގެ މައްސަލަ ދާނީ މަޖިލީހުގެ ތަޅުމަށެެވެ. އަދި މަޖިލީހުގައި މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާނެ ގޮތުގެ ތަރުތީބާމެދު މަޖިލީހުގެ ޖަލްސާއެއްގައި ނެގިގެންދާ ވޯޓުގައި ގޮތެއް ނިންމިގެންދާނެއެވެ. މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބަށް ބަދަލު ގެނައުމުގެ ކަންކަން ދިރާސާކޮށް ގޮތެއް ނިންމުމަށް އެދި އާންމު ކޮމިޓީއަށް ހުށައެޅީ މަޖިލީހުގެ އިދާރާއިންނެވެ.

މިކަމާއި ގުޅޭގޮތުން ކޮމިޓީން ގޮތެއް ނިންމުމާ ހަމަައަށް ދިޔުމުގެ ކުރިން ދުނިޔޭގައި ރިޔާސީ ނިޒާމު އޮންނަ ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގައި ސީޓިންގ އެރޭންޖްމަންޓް ހުންނަ ގޮތުގެ ދިރާސާއެއް މަޖިލީހުގެ އިދާރީ މުވައްޒަފުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެގޮތުން ރިޔާސީ ނިޒާމު އޮންނަ ގިނަ ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގައި މެމްބަރުން އިށީންދެ ވަޑައިގަންނަވާ ތަރުތީބު ހުރީ ޕާޓީތައް ވަކިވަކިން މަޖިލީހުގެ ސީޓިންގ އެރޭންޖްމަންޓް ހުންނަ ގޮތަށް ކަމަށް އެ ދިރާސާގެ އަލީގައި މަޖިލިހުން ބުނެފައި ވެއެވެ.

މި ދިރާސާއާ ގުޅޭގޮތުން މެމްބަރުން ބަހުސްކުރެއްވުމަށް އާދިއްތަ ދުވަހު ކުރިޔަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ދިރާސާ ކޮމިޓީއަށް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ ރިޔާސީ ނިޒާމު އޮންނަ 45 ގައުމެއްގެ ޤާނޫނު ހަދާ މަޖިލީހުގައި މެމްބަރުން ތިއްބަވާ ގޮތް ދިރާސާގައި ހިމެނޭ ކަމަށެވެ. މި ގައުމުތަކުގައި މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާ ތަރުތީބަށް ބަލާއިރު ގިނަ ގައުމުތަކުގެ ތަރުތީބު ހަމަޖެހިފައިވަނީ މެމްބަރުން އިންތިޚާބުވެފައިވާ ޕާޓީތައް ނިސްބަތްވާ ގޮތަށް އިށީންދެވަޑައިގެން ތިއްބަވާ ގޮތަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެގޮތުން މި ގައުމުތަކުގައި މަޖިލީހުގެ ރައީސްގެ ކަނާތްފަރާތުން ތިއްބަވަނީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ކަމަށާއި އަދި ވާތް ފަރާތުގައި ތިއްބަވަނީ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ކަމަށާއި އަދި އިދިކޮޅު މެމްބަރުންގެ ފަހަތުގައި އަމިއްލަ މެމްބަރުން ތިއްބަވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. މެމްބަރުން ނިސްބަތްވާ ދާއިރާތަކުގެ ތަރުތީބުން މަޖިލީހުގައި މެމްބަރުން އިށީންދެވަޑައިގަންނަވާ ގޮތަށް ރިޔާސީ ނިޒާމެއް އޮތް ގައުމެއްގެ ޤާނޫނު ހަދާ މަޖިލީހުގައި އޮތް ހަމައެކަނި ގައުމަކީ ފިލިޕީންސް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާފައިވަނީ އެންމެ ކުރިއްސުރެވެސް މެމްބަރުން އިށީންދެވަޑައިގެން ތިއްބަވާ ގޮތަށް ދާއިރާތަކުގެ ތަރުތީބުންނެވެ. މެމްބަރުން އިށީންދެވަޑައިގަންނަވާ ތަރުތީބަށް މިހާތަނަށް އައިއިރު ބަދަލު އައިސްފައިނުވަނީ އެކަމާއި މެދު ބަހުސްތަކެއް ނުކުރެވި އަދި ޤާނޫނަކުން ވެސް އެފަދަ ގޮތަކަށް ބަޔާންކޮށްފައި ނުވާތީ ކަމަށް ދިރާސާއިން ދައްކައެވެ.

އޭގެ އިތުރުން މާލޭގެ ދާއިރާތަކުގެ މެމްބަރުން ކުރީގައި ތިއްބެވުމަށްފަހު އުތުރުން ދެކުނުގެ އަތޮޅުތަކަށް ތަރުތީބުވާގޮތަށް މެމްބަރުން އިށީންދެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ ކޮންކަމެއްގެ މައްޗަށް ބިނާކޮށް ކަމެއް އެއްވެސް ލިޔުމަކުން ފެންނަން ނެތް ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު މެމްބަރުން މަސައްކަތް ކުރައްވަނީ އެ މެމްބަރަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ވިސްނުމާއި އެއްގޮތަށް ކަމަށްވާއިރު ޕާޓީތައް ވަކިވަކިން އިށީންދިގެން ތިބޭނަމަ އެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ދިރާސާގައި ބަޔާންކޮށްފައި ވެއެވެ. މި ތަރުތީބަށް ބަދަލު ގެނައުމަށް ޤާނޫނީ ގޮތުން ހުރަހެއް ނެތްކަމަށާއި އެއްވެސް ޤާނޫނަކަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. މިކަން ކުރުމަށް ގަވާއިދަށް ކުދިކުދި ބަދަލުތަކެއް ގެނެސްގެން މިކަން ހަމަޖެހިގެންދާނެ ކަމަށް ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ކޮމިޓީގައި މެމްބަރުން ވަނީ މައިގަނޑު ދެ ގޮތަކަށް ޚިޔާލު ފާޅުކުރައްވާފައެވެ. ފުރަތަމަ ގޮތަކީ ހ، ށ ތަރުތީބުން ގޮނޑިތައް ހުންނަ ގޮތަށް ތަރުތީބު ކުރުމެވެ. މިހެން ބަދަލު ގެންނަން ހުށައެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދެވެ.

ކޮމިޓީގެ ނައިބު މުގައްރިރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރ ހަސަން ޝިޔާން ވަނީ ޕާޓީތައް ވަކިވަކިން ތިބޭ ގޮތަށް ހުށަހަޅުއްވާފައެވެ. އެގޮތަށް މެމްބަރުން ތިއްބަވާއިރު ޕާޓީގެ ޕީޖީގެ ލީޑަރާއި ޑެޕިޔުޓީ ޕީޖީ ލީޑަރު ކުރީގައި ތިބޭ ގޮތަށް އެއަށްފަހު ފަހަތުން އަތޮޅުތައް ތަރުތީބުވާ ގޮތަށް އިށީންދެގެން ތިބޭ ގޮތަށް ހަމަޖެއްސުމަށް ހުށަހެޅުއްވިއެވެ. މިގޮތަށް ތިބޭ ތިބުން ނިންމާނީ އެ ޕާޓީއަކުން ކަމަށް ޝިޔާން ހުށަހެޅުއްވިއެވެ.

އެހެންނަމަވެސް ކޮމިޓީން ފާސްކޮށްފައިވަނީ ހަމައެކަނި މެމްބަރުން ތިއްބަވާނެ ތަރުތީބަކީ ސިޔާސީ ޕާޓީތައް ވަކިވަކިން ތިބުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެގޮތަށް މެމްބަރުން ތިއްބަވާއިރު ތިއްބަވާނެ ތަރުތީބުގެ ތަފްސީލެއް ކޮމިޓީ ރިޕޯޓެއްގައި ނުހިމަނުއްވާ ކަަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު