Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވުން

ޓްރަމްޕް ޕޮޒިޓިވްވުމާއިއެކު، ވައިޓް ހައުސްގެ މެޑިކަލް ޓީމަށް ފާޑުކިޔުން

ޓްރަމްޕުގެ ފަރާތްޕުޅުން ފެންނަނީ އާދައިގެ އަލާމާތްތަކެއް، ހާލުކޮޅު ސީރިއަސްއެއް ނޫން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2020 | ހޮނިހިރު 12:59
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއިއެކު، ގިނަ ބަޔެއްގެ ފާޑުކިޔުން ވައިޓް ހައުސްގެ މެޑިކަލް ޓީމަށް އަމާޒުވެއްޖެއެވެ.

އެމެރިކާގައި އެންމެ ރައްކާތެރިކަން ދީފައިވާ މީހާ ޕޮޒިޓިވްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އިދިކޮޅު ޑިމޮކްރެޓުންނާއި އެހެނިހެން ބައެއް ފަރާތްތަކުން ވަނީ ޓްރަމްޕް އާއި، އެ މަނިކުފާނު އަރިހުގައި ވައިޓް ހައުސްގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ފާޑުކިޔާފައެވެ. އަދި ޓްރަމްޕަށް ކޮވިޑް ޖެހުނީ އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގެންގުޅުއްވި ދޯދިޔާ ސިޔާސަތުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ބޭރުގެ މީޑިއާއަކަށް މައުލޫމާތު ދެމުން ވައިޓް ހައުސްގައި މަސައްކަތްކުރާ އޮފިޝަލަކު ވިދާޅުވީ ޓްރަމްޕްގެ ފުށުން ކޮވިޑްގެ އަލާމާތްތައް ފެންނަމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އަދި އޭނާ ވަނީ އެ މަނިކުފާނުގެ ހާލު ދެރަވާން ދިމާވީ ވައިޓް ހައުސްގައި މަސައްކަތްކުރާ މެޑިކަލް ޓީމުގެ ދޯދިޔާ ކަމުން ކަމަށް ތުހުމަތުކޮށްފައެވެ.

ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވީ ކިހިނެއް ކަމެއް މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، ޓްރަމްޕް ޓެސްޓުކުރީ ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ހެޑް ހޯޕް ހިކްސް ޕޮޒިޓިވްވުމުންނެވެ. ހިކްސް ވަނީ ދާދި ފަހުން އެމެރިކާގެ ރިޔާސީ އިންތިހާބުގެ ބަހުސް ބޭއްވި އޮހަޔޯއަށް ޓްރަމްޕާ އެކު އެއާފޯސް ވަންގައި ދަތުރުކުރައްވާފައެވެ.

ވައިޓް ހައުސްއިން ބުނެފައިވަނީ ޓްރަމްޕުގެ ކިބައިން އަދި ފެންނަނީ ބަލީގެ އާދައިގެ އަލާމަތްތައް ކަމަށާއި ރައީސް ހުންނެވީ ވަރުގަދަ އަޒުމެއްގައި ކަމަށާއި ވަރަށް އަވަހަށް ބަލިން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު