Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓާޓާ ފްލެޓް

ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި

ފަހުން ދިން ނޯޓިސްގެ މުއްދަތު ހަމަވި އިރު ވެސް މަސައްކަތް ފަށާފައި ނުވާތީ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 14:37
ޓާޓާ އިން ފެލްޓް އެޅުމުގެ މަސައްކަތް ކުރާ ސަރަހައްދެއް

ޓާޓާ އިން ފެލްޓް އެޅުމުގެ މަސައްކަތް ކުރާ ސަރަހައްދެއް

ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ހައިސިންއާ ހަވާލުކުރި އެއްބަސްވުން ސަރުކާރުން ބާތިލް ކޮށްފި އެވެ.

އެ އެއްބަސްވުން ބާތިލްކުރީ ފްލެޓް އަޅަން ދިން މުއްދަތު ފާއިތުވުމާއި ގުޅިގެން، އޭގެ ފަހުން ދިން ނޯޓިސްގެ މުއްދަތު ހަމަވި އިރު ވެސް މަސައްކަތް ފަށާފައި ނުވާ ކަމަށް ބުނެ އެވެ. އެއްބަސްވުން ބާތިލްކުރިކަން ހާމަކުރެއްވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

Advertisement - newsAdvertisement

މުއިއްޒު ވިދާޅުވީ ސަރުކާރުން ޓާޓާއަށް ގިނަ ލުއިތަކެއް ދިން ކަމަށާއި، ނަމަވެސް ލުއިތަކާއެކު ވެސް ޓާޓާއިން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރަށާއި ޓާޓާއަށް ވެސް ގެއްލުމެއް ލިބުމުގެ ފުރުސަތު ދޭން ބޭނުންނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެއްބަސްވުން ބާތިލްކޮށް، މިހާރު އެކަން ޓާޓާއަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް ފެލްޓް އެޅުމުގެ ފުރުސަތު ދެން ނުލިބޭނެ ކަމަށާއި ކުރަންޖެހޭ މަޝްވަރާތައް ކޮށް، ސެޓްލްމެންޓް އެގްރީމެންޓެއް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަސައްކަތް ފަށާފައިނުވާ ކަމަށް ބުނެ އެއްބަސްވުން ބާތިލްކުރި އިރު، ފެބްރުއަރީ 28 ވަނަ ދުވަހު ޓާޓާ ކުންފުނިން ވަނީ ނާދީ ބިމާއި އޯޑިއޯން ބިމުގައި އަޅާ އިމާރާތްތަކުގެ ބިންގާ އަޅާފަ އެވެ. ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި، ބިންގާ އަޅުއްވައި ދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ޝްރީ އަކިލޭޝް މިޝްރާ އެވެ.

ޓާޓާއަށް ސަރުކާރުން ފަހުގެ ނޯޓިސް ދީފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގަ އެވެ. ޑިސެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ ފްލެޓްތަކުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނުފަށައިފި ނަމަ އެއްބަސްވުން ބާތިލްކުރާނެ ކަމުގެ ނޯޓިސް ފޮނުވާފައިވާ ކަމަށެވެ.

ޓާޓާގެ އެއްބަސްވުން އުވާލަން ނިންމި އިރު އޯޑިއޯންގައި އަޅާ "ލަގްސާ ވަން" ފްލެޓުތައް ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބާއްވަން އޮތީ ހަމަޖެހިފައެވެ. ނަމަވެސް މީޑިއާތައް ވެސް ދިޔަ ފަހުން އެ އިވެންޓް ވަނީ ކެންސަލްކޮށްފައެވެ.

އެއްބަސްވުން ބާތިލްކުރަން ނިންމިކަން ސަރުކާރުން އިއުލާންކުރުމާ ގުޅިގެން ޓާޓާ އިން ބުނީ އެ ގޮތަށް ނިންމި އިރު ސަރުކާރުން ކަނޑައެޅި ކަންކަން އެ ކުންފުނިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ޓާޓާ ކުންފުންޏާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ ޖުމްލަ 280 ފްލެޓުގެ އިތުރުން އޯޑިއޯން އާއި ނާދީ ބިމުގައި ލަގްޒަރީ ފްލެޓް އަޅަން ޖެހެ އެވެ. އެގޮތުން ނާދީ ބިމުގައި 75 އެޕާޓްމެންޓް އަދި އޯޑިއޯން ބިމުގައި 45 އެޕާޓްމެންޓް އަޅަން ޖެެހެ އެވެ.

އަރަބިއްޔާ އާއި ގާކޮށި ފްލެޓްތައް ވެސް ޓާޓާ އިން ނިންމީ، އެއްބަސްވެފައިވާ މުއްދަތު ފަހަނަޅައިދިޔަ ފަހުން ސަރުކާރުން އެތައް ޕްރެޝަރެއް ކޮށްގެންނެވެ. އެ ފްލެޓްތައް ނިންމައި ހަވާލުކުރިއިރު، ފެންވަރުގެ ދަށްވުމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ފްލެޓް ލިބުނު މީހުން ބުނާ ގޮތުގައި، ފްލެޓްތަކަށް ކަނޑައަޅާފައިވާ އަގާ އެތަނުގެ ފެންވަރު އެކަށީގެން ނުވެ އެވެ.

ނާދީ ހުރި ބިމުގައި ފްލެޓު އެޅުމަށް ރައީސް ނަޝީދުގެ ސަރުކާރުން ޓާޓާ ކުންފުންޏާ ހަވާލު ކުރި ނަމަވެސް އެތަނުގައި އެޅުމަށް ހަމަޖެއްސި ފްލެޓުތައް ހުޅުމާލޭގައި އަޅަން ހަމަޖައްސައި، އެ ބިމުގައި ސުޕްރީމް ކޯޓު އިމާރާތް ކުރުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ނިންމި އެވެ.

ނަމަވެސް އެކަމާ މެދު ހިތްހަމަނުޖެހިގެން ޓާޓާ ކުންފުނިން ޝަކުވާ ކުރުމުން މި ސަރުކާރުން ވަނީ ސުޕްރީމް ކޯޓު އިމާރާތް ކުރުމަށް އެހެން ބިމެއް ހަމަޖައްސައި، ނާދީ އިމާރާތް ހުރި ބިމުގައި ކުރިން އެއްބަސްވެފައިވާ ގޮތަށް ފްލެޓު އިމާރާތް ކުރަން 2014 ވަނަ އަހަރުގެ ތެރޭގައި ޓާޓާއާ ހަވާލުކޮށްފަ އެވެ.

ފްލެޓް އެޅުމުގެ މަސައްކަތް ކުރާ އެޕެކްސް ރިއަލްޓީ ކުންފުންޏަކީ، ޓާޓާ ހައުސިންގ ޑިވެލޮޕްމެންޓް ކޮމްޕެނީގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެކުންފުނި ރާއްޖޭގައި މަސައްކަތް ކުރަނީ، އެ ކުންފުނީގެ ޕާޓްނަރު، ރާއްޖޭގެ ހޮޓެލްސް އެންޑް ރިސޯޓްސް ކޮމްޕެނީ (އެޗްއާރުސީ)އާ ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު