Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓަށް ފައިސާދެއްކުމުގެ މައް

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

ވީހާވެސް އަވަހަކަށް ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓަށް ވެދެވޭނެ ގޮތް ހަދައި ދޭން ޖެހޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 5 ފެބުރުއަރީ 2017 | އާދީއްތަ 15:36
އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ފްލެޓް

އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ ފްލެޓް

"ވެށި ފަހި މާލެ" ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ގޮތުގެ ހަރުދަނާ ނިޒާމެއް އެކުލަވާލައި، އެ ނިޒާމުގެ ތެރެއިން ލުއިފަސޭހަ ގޮތަކަށް ރައްޔިތުންނަށް ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް ރައީސް މައުމޫން ފެކްޝަނުން ގޮވާލައިފިއެވެ.

ރައީސް މައުމޫން ފެކްޝަންގެ ނައިބް ރައީސް އާމިނަތު ނާދިރާ ސޮއި ކުރއްވާ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ވެށިފަހި މާލެ ޕްރޮގްރާމް ގެ ދަށުން މާލެއިން ފްލެޓް ލިބޭ ފަރާތްތަކަށް، ފްލެޓް ލިބިފައިވާކަމުގެ ލިޔުން ދީފައިވާ ފަރާތްތަކަކީ މި ޕްރޮގްރާމްގެ ދަށުން އެކަމަށް ޝަރުތު ހަމަވާ ފަރާތްތައް ކަމަށް ދެކޭ ކަމަށެވެ.

ސިޓީގައި ބުނެފައި ވަނީ މި ޕްރޮގްރާމަށް ޝަރުތު ހަމަވެފައިވަނީ އެ ފަރާތަތަކުގެ މާލީ ހާލަތާއި އަދި ދިރިއުޅުމުގެ ހާލަތު ދެނެގަތުމައް ފަހު ހޮވާފައިވާ ފަރާތްތައް ކަމަށާއި ނަމަވެސް ހުރިހާ މަރުޙަލާތަކެއް ނިމި، ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކަށް ފްލެޓް ހަވާލު ކުރެވޭނީ ދެ މިލިޔަން ރުފިޔާ ދެއްކޭނެ ފަރާތްތަކަށް ކަން މިނިސްޓްރީން އަންގާފައިވާ ކަަމަށެވެ.

ރައީސް މައުމޫން ފެކްޝަނުން މިނިސްޓަރު މުއިއްޒު އަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި ފްލެޓަށް އެދި ފޯމު ހުށަހަޅާ އަދި ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބުނުއިރު މިކަހަލަ މާލީ ބޮޑެތި އަދަދުތަކެއް އެއްފަހަރާ ދައްކަން ޖެހޭނެ ކަމަށް އެނގިފައި ނުވާއިރު، މި ފަދަ ބޮޑު އަދަދެއް ދެއްކުމަށް ލޯނެއް ނެގުމަކަށް މިފަރާތްތަކުގެ މާލީ ތަނަވަސްކަން ނެތްކަން ފާހަގަވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

ބުނެފައިވެއެވެ. މީހާ ކުއްލި ގޮތަކަށް މިހާ ބޮޑު އަދަދެއްގެ ފައިސާ ދެއްކުމަށް އެންގުމަކީ ބޮޑު މާޔޫސް ކަމެއް ގެނުވައި އިތުރު ތަކުލީފުތަކަކާއި ކުރިމަތި ލާން ޖެހުނު ކަމެެއް ކަަމަށް މައުމޫން ފެކްޝަނުން ހައުސިން މިނިސްޓަރު މުއިއްޒު އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ،

މީގެއިތުރުން ސިޓީގައި ބުނެފައި ވަނީ ޕީ.ޕީ.އެމް ގެ ސަރުކާރު އައީ ރައްޔިތުންނަށް ގެދޮރު ނެތުމުގެ ދަތިކަން ފިލުވައިދީ، ގެދޮރުގެ ތަނަވަސްކަން އިތުރު ކުރުމަށް މަސައްކަތް ކޮށްދޭނެކަމުގެ ވަޢުދުތަކަކާއި އެކުގައި ކަމަށެވެ.

އެ ގޮތުން، ގެދޮރު ނެތުމުގެ ނިކަމެތިކަން އެންމެ ބޮޑަށް ތަޖުރިބާ ކުރާ ޢާއިލާތަކަށް ގެދޮރު ހޯދައިދިނުމާއި، ދައުލަތުގެ ބަޖެޓުން ފައިސާ ޖަމާކޮށްދޭ ހައުސިންގް ފައިނެންސް ފަންޑެއް ޤާއިމުކޮށް، އެ ވަސީލަތް ދަމަހައްޓައި، 2007 ވަނަ އަހަރު ތަޢާރަފް ކުރެވުނު ލުއިލޯނު ދޫކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދަށް އިންޓަރެސްޓް ރޭޓެއްގައި ހައުސިންގް ލޯނު ލިބޭނެ ގޮތް ހަދައި، އެ ލޯނު ލިބޭނެ ގޮތް ފުޅާކޮށް ، ހައުސިންގް ސަބްސިޑީސް ނިޒާމެއް ޤާއިމުކޮށް، ހޯމް ސްޓްރަކްޗަރ ލޯން ސްކީމެއް ތަޢާރަފް ކުރުން ފަދަ އެތައް ކަމެއް ޕީ.ޕީ.އެމް ރިޔާސީ އިންތިޚާބުގެ ވަޢުދުތަކުގައި ހިމެނޭ ކަަމށް އެ ސިޓީގައި ބުނެފައިވެއެވެ.

އެހެން ކަމުން ފައިސާ ދެއްކޭނެ ގޮތުގެ ހަރުދަނާ ނިޒާމެއް އެކުލަވާލައި، އެ ނިޒާމުގެ ތެރެއިން ލުއިފަސޭހަ ގޮތަކަށް ރައްޔިތުންނަށް ފައިސާ ދެއްކޭނެ ގޮތެއް ވިހާވެސް އަވަހަކަށް އެކުލަވާލައްވައި ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެ ފްލެޓްތަކުގައި ވީ އެންމެ އަވަހަކަށް ދިރިއުޅެން ފެށޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގަންވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު