Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގައި ކޮވިޑް ވެކްސިން ތައްޔާރުކުރުން

އަންނަ އަހަރުގެ ކުރީކޮޅު އިންޑިއާއިން ކޮވިޑް ވެކްސިން ލިބޭނެ

18 ސެޕްޓެމްބަރު 2020 | ހުކުރު 06:59

ވެކްސިން ލިބެންދެން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކުރެއްވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 18 ސެޕްޓެމްބަރު 2020 | ހުކުރު 06:59
ކޮވިޑް ވެކްސިން ތައްޔާރުކުރަނީ

ކޮވިޑް ވެކްސިން ތައްޔާރުކުރަނީ

އަންނަ އަހަރުގެ ކުރީކޮޅު އިންޑިއާއިން ކޮވިޑް-19 ވެކްސިން ލިބޭނެ ކަމަށް އެ ގައުމުގެ ހެލްތް އެންޑް ފެމިލީ ވެލްފެއަރ މިނިސްޓަރ ޑރ. ހަރްޝް ވަރުދަން ވިދާޅުވެއްޖެ އެވެ.

ޑރ. ވަރުދަން ވިދާޅުވީ ކްލިނިކަލް ޓްރެއަލްގެ އެކެއް، ދޭއް އަދި ތިންވަނަ މަރުހަލާއާ ހަމައަށް ވާސިލްވެފައިވާ ކަމަށެވެ. އަދި ވެކްސިން ތައްޔާރު ކުރުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

އަދި ވެކްސިން ލިބެންދެން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އިންޑިއާ ސަރުކާރުން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ ކޮވިޑް-19ން އެގައުމު ރައްކައުތެރި ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާފައިވަނީ ކަމާގުޅުން ހުރި މާހިރުންގެ އިރުޝާދުގެ ދަށުން ކަމަށާއި އެކަމުގެ ސަބަބުން ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

އެގޮތުން އެގައުމުގައި ކޮވިޑް ޓެސްޓް ކުރެވޭ ލެބޯޓްރީތައް އިތުރުވެފައިވާކަމަށާއި، ދުވާލެއްގެ މައްޗަށް 11 ލައްކައަށްވުރެ ގިނަ މީހުންގެ ސާމްޕަލް ކޮވިޑް -19 ޓެސްޓް ކުރެވެމުންދާ ކަމަށެވެ. އެންމެ ގިނަ މީހުން އެއްދުވަހާ ޓެސްޓް ކުރެވޭ ގައުމަކަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާ ވެގެންދާނެ ކަމަށް ޑރ. ވަރުދަން ވިދާޅުވިއެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެގައުމުގައި ބޭނުންކުރާނެ ޕީޕީއީ ކިޓްސް އާއި އެން-95 މާސްކް އަމިއްލައަށް އުފެއްދި ގައުމަކަށް އިންޑިއާ ވެފައިވާކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
30 ޖޫން 2017

ސީރިޔާގެ އިދްލީބްގައި އެޕްރީލް ކުރީކޮޅު ދިން ހަމަލާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވޭ: އދ

30 ޖޫން 2017
ސީރިޔާގެ އިދްލީބްގައި އެޕްރީލް ކުރީކޮޅު ދިން ހަމަލާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވޭ: އދ
03 ޖޫން 2017

އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު

03 ޖޫން 2017
އިސްލާމީ ދުނިޔޭގެ މިއަހަރުގެ ޝަޚުސިއްޔަތު – ސަލްމާން ރަސްގެފާނު
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
20 މެއި 2017

އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި

20 މެއި 2017
އިންޑިއާއިން ހޯދަމުންދާ ޑރ. ޒާކިރު ނައިކްއަށް ސައުދީ ސިޓިޒެންޝިޕް ދީފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް