Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރެފިއުޖީން

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

ޕެޓްރާގެ މި އަމަލާ ގުޅިގެން އޭނާ ވަޒީފާ އިން ވެސް ވަކިކުރި

އަލީ ޔޫސުފް
އަލީ ޔޫސުފް | 13 ޖެނުއަރީ 2017 | ހުކުރު 17:22
ހަންގޭރީ އަށް އެތެރެވާން އުޅުނު މީހަކަށް ޕެޓްރާ ހަމަލާދެނީ

ހަންގޭރީ އަށް އެތެރެވާން އުޅުނު މީހަކަށް ޕެޓްރާ ހަމަލާދެނީ

ހަންގޭރީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް އެ ގައުމަށް އެތެރެވި ރެފިއުޖީންތަކަކަށް ހަމަލާދިން އަންހެން ވީޑިއޯ ޖާނަލިސްޓް ކަމަށްވާ ޕެޓްރާ ލާސްލޯ އަށް ތިން އަހަރުގެ ޕްރޮބޭޝަން ހުކުމެއް ކޮށްފިއެވެ.

ޕެޓްރާގެ މައްސަލަ ފެންމަތިވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާންމުވި ވީޑިއާއަކުންނެވެ. އެ ވީޑިއޯ އިން ފެންނަނީ ހަންގޭރީ އަށް އެތެރެވާން މަސައްކަތްކުރި ރެފިއުޖީންތަކެއްގެ ފައިގައި ޕެޓްރާ ޖަހާތަނެވެ. އެ ގޮތުން ކުޑަކުއްޖަކު އުރާލައިގެން ދުވެފައި ދާ ފިރިހެނެއްގެ ފައިގައި ޕެޓްރާ ދަތިއެޅުވުމުން ކުޑަކުއްޖާއާ އެކު އެ މީހާ ވެއްޓެއެވެ.

ކޯޓުގައި ޕެޓްރާގެ ފަރާތުން ބުނެފައި ވަނީ އޭނާގެ އެ ހަރަކާތަކީ އެ ތަނުގެ ހާލަތު އޮތް ގޮތުން ހާސްވެގެން މެދުވެރިވި ގޮތެއް ކަމަށެވެ. އަދި އެއީ އަމިއްލަ ދިފާއުގައި އެޅި ފިޔަވަޅެއް ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް ވީޑިއޯ އިން ފެންނަ ގޮތުން ޕެޓްރާ ވަނީ އެ އަމަލު ތަކުރާރުކޮށްފައެވެ.

ކޯޓުން ބުނީ އެއީ އަމިއްލަ ދިފާއުގައި ހިންގި އަމަލެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. ކޯޓުން ވަނީ ކޮންމެ ވީޑިއޯގެ ފްރޭމެއް ދިރާސާކޮށްފައެވެ. ވީޑިއޯ އާއި ހެއްކަށް ބެލުމަށް ފަހު ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ ތިން އަހަރު ދުވަސް ވަންދެން ޕެޓްރާގެ އަމަލުތައް ބެލުމަށެވެ. އަދި ޕްރޮބޭޝަންގައި ކުރަންޖެހޭ ކަންކަން ކުރުމަށް އޭނާގެ މައްޗަށް ހުކުމްކޮށްފައި ވެއެވެ. މި މުއްދަތުގައި އެ އުސޫލުތަކާ ހިލާފުވެއްޖެ ނަމަ އޭނާ ޖަލަށް ލާނެއެވެ.

އެ ހާދިސާ އަށް ފަހު ޕެޓްރާ ވަނީ ވަޒީފާ އިން ވެސް ވަކިކޮށްފައެވެ.

އިތުރަށް ކިޔާލަން

18 މެއި 2017

މެކޮންގެ ކެބިނެޓުގެ ދެބައިކުޅަ އެއްބައިގައި ހިމެނެނީ އަންހެން ވަޒީރުން!

18 މެއި 2017
މެކޮންގެ ކެބިނެޓުގެ ދެބައިކުޅަ އެއްބައިގައި ހިމެނެނީ އަންހެން ވަޒީރުން!
01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
18 އެޕްރީލު 2017

އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ

18 އެޕްރީލު 2017
އޮސްޓްރޭލިއާގައި މިޔަރު ހަމަލާއެއްގައި އަންހެންކުއްޖަކު މަރުވެއްޖެ
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
14 އެޕްރީލު 2017

އެމެރިކާ އިން ވައްޓާލި ބޮމުން 36 މީހުން މަރުވެއްޖެ

14 އެޕްރީލު 2017
 އެމެރިކާ އިން ވައްޓާލި ބޮމުން 36 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު