Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާގެ މައްސަލަ

ސީރިޔާގެ އިދްލީބްގައި އެޕްރީލް ކުރީކޮޅު ދިން ހަމަލާގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވޭ: އދ

ކެމިކަލް ހަމަލާގައި 80 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދޭންޖެހުނު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 30 ޖޫން 2017 | ހުކުރު 05:33
އެޕްރީލްގައި ދިން ހަމަލާއާ ގުޅިގެން ކުއްޖަަކަށް ފަރުވާ ދެނީ

އެޕްރީލްގައި ދިން ހަމަލާއާ ގުޅިގެން ކުއްޖަަކަށް ފަރުވާ ދެނީ

އުތުރު ސީރިޔާގައި އެޕްރIލް މަހު ދިން ހަމަލާއެއްގައި ކެމިކަލް ހަތިޔާރެއް ކަމަށްވާ ސެރިން ބޭނުންކޮށްފައިވާ ކަމަށް އދ. ގެ ތަހުގީގަކުން ހާމަވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކެމިކަލް ހަތިޔާރާ ބެހޭ ކަންކަން މޮނިޓާ ކުރާ އދ. ގެ ޖަމިއްޔާ "އޮގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިއު) " އިން ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބުނީ، މަންޒަރު ދުށް މީހުންނާ ހަވާލާދީ އާއި އަދި ތަހުލީލު ކުރި ސާމްޕަލްތަކުން ހާމަވެފައި ވަނީ، އެޕްރިލް 4 ވަނަ ދުވަހު އުތުރު އިދްލީބް ގައި އޮންނަ ޚާން ޝެއިޚޫން ނަަމަކަށް ކިޔާ ޓައުން އަށް ދިން ހަމަލާގައި ވަރަށް ގިނަ މީހުންނަށް ސެރިންގެ އަސަރު ކޮށްފައިވާ ކަމަށެވެ. އަދި އަސަރުކޮށްގެން ބައެއް މީހުން މަރު ވެސް ވެފައިވާ ކަމަށެެވެ.

އޯޕީސީޑަބްލިއު އިން ނެރުނު ރިޕޯޓު އަދި އާންމެއް ނުކުރެއެވެ. އެހެންނަމަވެސް އޯޕީސީޑަބްލިއުގެ މެމްބަރު ގައުމުތަކަށް ރިޕޯޓު ލިބިފައި ވެއެވެ.

ސީރިޔާގެ އިދްލީބަށް އެޕްރީލް ކުރީކޮޅު ދިން ކެމިކަލް ހަމަލާއާ ގުޅިގެން މަދުވެގެން 80 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދޭންޖެހުނެވެ. މިހަމަލާއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުއިން އިނގިލި ދިއްކުރަނީ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. ނަމަވެސް އަސަދުގެ ސަރުކާރުން ބުނަމުން ދަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށެވެ.

އޭޕްރީލް މަހު ސީރިޔާ އަށް ދެވުނު ކެމިކަލް ހަމަލާ އާއި ގުޅިގެން ސީރިޔާ ސަރުކާރަށް އަޅާ އާންމުވެގެންވާ ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސީރިޔާ ސަރުކާރުގެ އެޖެންސީއެއްގެ 271 މުވައްޒަފަކަށް އެމެެރިކާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ. މީގެ އިތުރުން އެޕްރިލްގައި ދިން ކެމިކަލް ހަަމަލާއާ ގުޅިގެން އެމެރިކާ އިން ވަނީ ސީރިޔާގެ ވައިގެ ބޭސްއަކަށް ހަމަލާ ވެސް ދީފައެވެ

ދާދިފަހުން އެމެރިކާ އިން ބުނެފައި ވަނީ ސީރިޔާގައި އަނެއްކާ ވެސް ކެމިކަލް ހަމަލާއެއް ދޭން "ތައްޔާރުވަމުންދާ" ކަން އެނގިފައިވާ ކަމަށެވެ. އެމެރިކާ އިން އިތުރަށް ބުނެފައި ބަނީ އެޕްރިލްގައި ކެމިކަލް ހަަމަލާ ދިނުމުގެ ކުރިން ހިނގައި ދިޔަ ކަންކަން މިހާރު ހިނގަމުންދާ ކަމަށާއި، ކެމިކަލް ހަަމަލާއެއް ދީފި ނަމަ ސީރިޔާގެ ރައީސް ބާއްޝާރު އަލް އަސަދު "ދައްކަން ޖެހޭ އަގު" ވަރަށް ބޮޑުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު