Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ދުނިޔޭގެ ޙާލަތުގެ

ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 30 މިލިއަނަށްވުރެ މައްޗަށް!

17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 08:42

އެމެރިކާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 7 މިލިއަނާއި ކައިރިކުރަނީ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 08:42
ކޮވިޑް-19އިން ރައްކާތެރިވުމަށް މާސްކް އަޅައިގެން މަގުތަކުގައި ހަރަކާތްތެރިވުން

ކޮވިޑް-19އިން ރައްކާތެރިވުމަށް މާސްކް އަޅައިގެން މަގުތަކުގައި ހަރަކާތްތެރިވުން

މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 30 މިލިއަނަށްވުރެ އިތުރުވެ، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިލިއަނަކާ ގާތްކޮށްފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް މުޅި ދުނިޔެއިން 30،042،299 މީހުން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް 945،164 މީހުން ވައިރަސް ޖެހިގެން މަރުވެފައި ވެއެވެ.

މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައި ވަނީ ވެސް އަދި މަރުވެފައި ވަނީ ވެސް އެމެރިކާއިންނެވެ. އެގޮތުން އެމެރިކާއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 6 މިލިއަނަށް ވުރެން މައްޗަށް އަރާފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 201،348ށް އަރާފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައި ވަނީ އިންޑިއާއިންނެވެ. އެގޮތުން އިންޑިއާއިން މިހާތަނަށް 5 މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އެ ގައުމުގައި ދަނީ ބަލި ހަލުވިކަމާއެކު ފެތުރެމުންނެވެ. އިންޑިޔާއަކީ މިވަގުތު ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގޮތުން އެގައުމުގައި މިދިޔަ ހަފްތާގައި ވަނީ އެއްދުވަހާ 97،859 މީހުންނަށް ވައިރަސް ޖެހިގެން ދުނިޔޭގައި އެންމެ ގިނަ މީހުންނަށް އެއް ދުވަހާ އެއް ގައުމަކުން ވައިރަސް ޖެހިގެން ރިކޯޑް ހަދާފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސް ރިޕޯޓް ކުރެވުނު ޤައުމުތަކުގެ ތެރޭގައި އިންޑިއާ، އެމެރިކާ، ބްރެޒިލް ފަދަ ޤައުމުތައް ހިމެނެއެވެ.

އޭގެ އިތުރުން، މުޅި ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 21،808،409 ބަލިން ފަސޭހަވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ، އެއް ދުވަހުގެ ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ރެކޯޑް މިދިޔަ އާދިއްތަ ދުވަހު އަނެއްކާވެސް އާވިކަމަށް ބުނެފައެވެ. މިއީ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރި ދުވަހެވެ.

ޑަބްލިޔުއެޗްއޯގެ ވެބްސައިޓުން ދައްކާގޮތުގައި އެންމެ ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓްކޮށްފައިވަނީ އިންޑިޔާ، އެމެރިކާ އަދި ބްރެޒިލް އިންނެވެ. އެގޮތުން، އިންޑިޔާއިން އެދުވަހު 94،372 މީހުންނަށް ވައިރަސް ޖެހުނުކަމަށް ރިޕޯޓްކޮށްފައިވާއިރު، އެމެރިކާއިން 45،523 މީހުންނަށް އަދި ބްރެޒިލް އިން 43،718 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް