Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ދުނިޔޭގެ ހާލަތު

އެއް ދުވަހުގެ ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ރެކޯޑް އަނެއްކާވެސް މުގުރާލައިފި

އެންމެ ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓްކޮށްފައިވަނީ އިންޑިޔާ، އެމެރިކާ އަދި ބްރެޒިލްއިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ސެޕްޓެމްބަރު 2020 | އަންގާރަ 02:19
މުމްބާއީގެ ބަސް ސްޓޭޝަނެއްގައި މީހުން ކިޔު ހަދައިގެން. މިހާރު ދުވާލެއްގެ މައްޗަށް އެންމެ ގިނަ ކޭސް ރިޕޯޓްކުރަނީ އިންޑިއާއިން

މުމްބާއީގެ ބަސް ސްޓޭޝަނެއްގައި މީހުން ކިޔު ހަދައިގެން. މިހާރު ދުވާލެއްގެ މައްޗަށް އެންމެ ގިނަ ކޭސް ރިޕޯޓްކުރަނީ އިންޑިއާއިން

އާދިއްތަ ދުވަހު 307،930 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

މިއީ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރި ދުވަހެވެ. ޑަބްލިޔުއެޗްއޯގެ ވެބްސައިޓުން ދައްކާގޮތުގައި އެންމެ ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓްކޮށްފައިވަނީ އިންޑިޔާ، އެމެރިކާ އަދި ބްރެޒިލް އިންނެވެ. އާދިއްތަ ދުވަހު މި ބަލި ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދަކީ 5537 އެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހު އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިޔާއިން އެދުވަހު 94،372 މީހުންނަށް ވައިރަސް ޖެހުނުކަމަށް ރިޕޯޓްކޮށްފައިވާއިރު، އެމެރިކާއިން 45،523 މީހުންނަށް އަދި ބްރެޒިލް އިން 43،718 މީހުންނަށް ވަނީ ވައިރަސް ޖެހިފައެވެ.

މީގެ ކުރިން އެއް ދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެ ދުވަހު 306،857 މީހުންނަށް މި ބަލި ޖެހިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުން މިބަލީގައި މަރުވެގެން ރިޕޯޓްކޮށްފައިވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ 12،430 މީހުންނެވެ.

އިންޑިޔާއަކީ މިވަގުތު ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގޮތުން އެގައުމުގައި މިދިޔަ ހަފްތާގައި ވަނީ އެއްދުވަހާ 97،570 މީހުންނަށް ވައިރަސް ޖެހިގެން ދުނިޔޭގައި އެންމެ ގިނަ މީހުންނަށް އެއް ދުވަހާ އެއް ގައުމަކުން ވައިރަސް ޖެހިގެން ރިކޯޑް ހަދާފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 މާރިޗު 2017

ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ

11 މާރިޗު 2017
ނަމްގެ ގަބުރާ ދޭތެރޭގައި ކަންކުރާނެ ގޮތެއް އަދި ނުނިންމާ:މެލޭޝިއާ
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު