Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމަޙްލޫފަށް ބައްސާމް ތާރީފުކުރެއްވުން

މަޙްލޫފަކީ ކުޅިވަރަށް ލޯބިކުރައްވާ، އެއްވަނައިގެ ވަޒީރެއް: ބައްސާމް

10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 20:17

ވަޒީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގެން އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މަޙްލޫފް ވަނީ ކުރިން ވާހަކަ ދައްކަވާފައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 20:17
ރައީސް ޞާލިޙާއި، ކުޅިވަރާ ބެހޭ ވަޒީރު އަދި އެފްއޭއެމްގެ ރައީސް: ރާއްޖެ އާއި ގުއާމް ބައްދަލުކުރި މެޗު ބައްލަވާލައްވަނީ

ރައީސް ޞާލިޙާއި، ކުޅިވަރާ ބެހޭ ވަޒީރު އަދި އެފްއޭއެމްގެ ރައީސް: ރާއްޖެ އާއި ގުއާމް ބައްދަލުކުރި މެޗު ބައްލަވާލައްވަނީ

މިހާރުގެ ކުޅިވަރާ ބެހޭ ވަޒީރަކީ ކުޅިވަރު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ، ކުޅިވަރު ދެކެ ލޯބިވާ ވަޒީރެއް ކަމަށް ވިދާޅުވެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފަށް ވަރަށް ބޮޑަށް ތާރީފު ކުރައްވާ ވާހަކަ ދައްކަވައިފިއެވެ.

ވަޒީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގެން އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މަޙްލޫފް ވަނީ ކުރިން ވާހަކަ ދައްކަވާފައެވެ. އެކަމަކު އޭގެ ފަހުން އެފްއޭއެމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައި، މަޙްލޫފް މަޖިލީހަށް ހާޒިރު ކުރެއްވުން ވަނީ އެފްއޭއެމްގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި މަޙްލޫފަށް ތާރީފު ކުރައްވާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ، ބައިނަލްއަގުވާމީ ފެންވަރުގައި ފުޓްބޯޅަ ހިނގާ ގޮތާއި، ފުޓްބޯޅައިގެ އިންތިޚާބުތައް ކުރިއަށްދާ ގޮތް އެންމެ ރަނގަޅަށް އެނގިލައްވާ ބޭފުޅުންގެ ތެރޭގައި ވަޒީރު ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުގައި ފެނިފައިވާ ކުޅިވަރާ ބެހޭ ވަޒީރުންނާ އަޅާ ކިޔާއިރު، މަޙްލޫފަކީ ހާސްބައި ތަފާތު ވަޒީރެއް ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ، މަޖިލީހުގެ ތެރެއިން މަޙްލޫފަށް ކުރިމަތި ކުރުވާ ޕްރެޝަރަކީ އެކަމުގައި އެއްވެސް އަސާސެއް އޮވެގެން ކުރިމަތި ކުރުވާ ޕްރެޝަރެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަޒީރު މަސައްކަތް ކުރައްވަނީ ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތުތަކެއް ދެއްވާ، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

މަޙްލޫފަކީ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ގަދައަޅާ މަސައްކަތް ކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވާ ބައްސާމް ވިދާޅުވީ، އަމިއްލަފުޅު އިސް ނެންގެވުމުގެ މަތިން އެފްއޭއެމްގެ ކަންތައްތަކާއި ކުލަބުތަކުގެ ކަންތައްތައް ވަރަށް ގާތުން މަޙްލޫފް ބައްލަވަމުންދާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އޭއެފްސީ ފަދަ ބޮޑު މުބާރާތްތަކަށް ކުލަބުތަކުން ވަމުންދާ ތައްޔާރީތަކާއި، ހުރި ދަތިތައް އޮޅުންފިލުވައި އެކަމުގައި އަމަލީ ގޮތުން އުޅުއްވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ ވަޒީރުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ދަނިކޮށް މަޖިލީހުން ވަޒީރަށް ޕްރެޝަރު ކުރުވަން ޖެހޭ ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަށެވެ. އަދި އުންމީދު ކުރަނީ މަޖިލީހުންވެސް ވަޒީރުގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވައި، ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2022

ރޮޖަރ ފެޑެރާ ކުޅުން ހުއްޓާލުމަކީ ކުޅިވަރަށް ލިބޭ ދެރައެއް- ނަދާލް

16 ސެޕްޓެމްބަރު 2022
ރޮޖަރ ފެޑެރާ ކުޅުން ހުއްޓާލުމަކީ ކުޅިވަރަށް ލިބޭ ދެރައެއް- ނަދާލް
15 މާރިޗު 2022

އެވޯޑުގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ކުރިއެރުން އަންނާނެ: ފަޑީގާ

15 މާރިޗު 2022
އެވޯޑުގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ކުރިއެރުން އަންނާނެ: ފަޑީގާ
15 މާރިޗު 2022

15 ޗެމްޕިއަނުން އަންނަނީ ހަމައެކަނި އެވޯޑް ހަފްލާގައި ބައިވެރިވެލާކަށް ނޫން، ކުޅިވަރަށް ފައިދާކުރާނެ – މިނިސްޓަރު މަހުލޫފް

15 މާރިޗު 2022
15 ޗެމްޕިއަނުން އަންނަނީ ހަމައެކަނި އެވޯޑް ހަފްލާގައި ބައިވެރިވެލާކަށް ނޫން، ކުޅިވަރަށް ފައިދާކުރާނެ – މިނިސްޓަރު މަހުލޫފް
13 މާރިޗު 2022

މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގެ ފައިދާ ދެގޮތަކުން ރާއްޖޭގެ ކުޅިވަރަށް ކުރާނެ - ޝިއުރީ

13 މާރިޗު 2022
މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގެ ފައިދާ ދެގޮތަކުން ރާއްޖޭގެ ކުޅިވަރަށް ކުރާނެ - ޝިއުރީ
11 ނޮވެމްބަރު 2021

ލަންކާއާއެކު ސޮއިކުރާ އެމްއޯޔޫއިން ދިވެހި ކުޅިވަރަށް ގިނަ ފުރުސަތުތަކެއް

11 ނޮވެމްބަރު 2021
ލަންކާއާއެކު ސޮއިކުރާ އެމްއޯޔޫއިން ދިވެހި ކުޅިވަރަށް ގިނަ ފުރުސަތުތަކެއް
04 ފެބުރުއަރީ 2021

މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމޭއިރު ތާރީޚުގައިވެސް ނުދެކޭ ތަރައްޤީ ކުޅިވަރަށް އަންނާނެ: ރައީސް

04 ފެބުރުއަރީ 2021
މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމޭއިރު ތާރީޚުގައިވެސް ނުދެކޭ ތަރައްޤީ ކުޅިވަރަށް އަންނާނެ: ރައީސް
30 ޑިސެމްބަރު 2020

އަމިއްލަ ފަރާތަކުން ކުޅިވަރަށް 50 މިލިޔަން ރުފިޔާގެ ބޮޑު އިންވެސްޓްމެންޓެއް

30 ޑިސެމްބަރު 2020
އަމިއްލަ ފަރާތަކުން ކުޅިވަރަށް 50 މިލިޔަން ރުފިޔާގެ ބޮޑު އިންވެސްޓްމެންޓެއް
07 ސެޕްޓެމްބަރު 2020

ކޯޓުން ނިންމި ނިންމުމަކީ ޓީޓީ އާއިލާއަށާއި ކުޅިވަރަށް ލިބުނު ކާމިޔާބީއެއް: ޖައުޝަން

07 ސެޕްޓެމްބަރު 2020
ކޯޓުން ނިންމި ނިންމުމަކީ ޓީޓީ އާއިލާއަށާއި ކުޅިވަރަށް ލިބުނު ކާމިޔާބީއެއް: ޖައުޝަން
04 ޖޫން 2020

ގޭގައި ތިބެގެން ކުރެވޭ މަސައްކަތަކީ ކުޅިވަރަށް އަގު ބޮޑު މަސައްކަތަކަށް ފަހުން ވެގެންދާނެ: މޫސަ

04 ޖޫން 2020
ގޭގައި ތިބެގެން ކުރެވޭ މަސައްކަތަކީ ކުޅިވަރަށް އަގު ބޮޑު މަސައްކަތަކަށް ފަހުން ވެގެންދާނެ: މޫސަ
25 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ސެމީއަށް ދަތުރުކޮށްފި

25 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ސެމީއަށް ދަތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް