Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިންގ ޕޫލް ކޮމްޕްލެކްސްގެ މަސައްކަތް

އަމިއްލަ ފަރާތަކުން ކުޅިވަރަށް 50 މިލިޔަން ރުފިޔާގެ ބޮޑު އިންވެސްޓްމެންޓެއް

30 ޑިސެމްބަރު 2020 | ބުދަ 07:28

މި މަޝްރޫއު ނިމޭއިރު މުޅި އިމާރާތް ހުންނާނީ އެންމެ ޒަމާނީ ވަސީލަތުން ފުރިހަމަވެފައި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 30 ޑިސެމްބަރު 2020 | ބުދަ 07:28
އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވާ ބިން

އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވާ ބިން

ކުޅިވަރަށް އަމިއްލަ ފަރާތަކުން ކުރާ އެއްމެ ބޮޑު އިންވެސްޓްމެންޓަކަށް ވެގެންދާނީ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސްއަށް ކުރެވިގެންދާ އިންވެސްޓްމެންޓް ކަމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާޢީލް އަލީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނުނު ކުޅިވަރުގެ ވައުދުތަކުގެ ތެރެއިން ނުނިމި އޮތް ވައުދުތަކުގެ ތެރޭގައި ހިމެނޭ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާ ސަރަހައްދަކީ ދުވާ ޓްރެކް ސަރަހައްދު ކައިރީގައި ކުރިންހުރި ކުނިގޮނޑު އޮތް ބިމެވެ. އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލް ކޮމްޕްލެކްސް އަޅާނެ ބިން ލިބި، އެ ބިން ސާފުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެ ބިމުގެ އަމަލީ މަސައްކަތް ފެށިއިރު، ފުރަތަމަ މަރުހަލާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އިސްމާޢީލް ވިދާޅުވީ ސްވިމިންގ ޕޫލަކީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ހެދިގެންދާނެ ތަނެއް ކަމަށާއި، ކުޅިވަރުގެ އެންމެ ޒަމާނީ ވަސީލަތާއެކު ހެދިގެންދާ މި އަގުބޮޑު ސްވިމިންގ ޕޫލުގެ އިންވެސްޓްމެންޓަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީއެއް ކަމަށެވެ.

ގާތްގަނޑަކަށް 50 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ މި މަޝްރޫއު ނިމޭއިރު މުޅި އިމާރާތް ހުންނާނީ އެންމެ ޒަމާނީ ވަސީލަތުން ފުރިހަމަވެ، އެންމެ ބޮޑެތި މުބާރާތްތައް ބޭއްވޭނެ ފެންވަރަށް ކަމަށް އިސްމާޢީލް އަލީ ވިދާޅުވިއެވެ.

ސްވިމިންގ އެސޯސިއޭޝަން އުފެދުނުތާ 46 އަހަރު ވެފައިވާއިރު، އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލެއް އެޅިގެންދިޔުމަކީ ފެތުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އިސްމާޢީލް އަލީ ވިދާޅުވީ ދެ ފަންގިފިލާއަކަށް ހެދުމަށް ނިންމާފައިވާ މި އިމާރާތުގެ ދެވަނަ ފަންގިފިލާގައި ހުންނާނީ މުބާރާތް ބާއްވާ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލް ކަމަށާއި، އެއީ 12،000 މީހުންގެ ތަނަވަސް ޖާގަ އާއެކު ހެދިގެންދާނެ ޕޫލަކަށްވާއިރު، އެންމެ ތިރީގައި އޮންނާނީ ވާމް-އަޕް އަދި ވާމް-ޑައުން ކުރާނެ އިތުރު 50 މީޓަރުގެ ޕޫލެއްގެ އިތުރުން ޖިމްގެ ވަސީލަތާއި ވެހިކަލް ޕާކިންނެއް ކަމަށެވެ.

އަދި ޕޫލް ހެދުމަށް ނިންމާފައި ވަނީ އެކަމަށް ގާބިލު ކުންފުނިތަކަށް "އިންވިޓޭޝަނަލް ބިޑިންގ" އަކުން ހުޅުވާލައިގެން ކަމަށާއި، ޕޫލުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލަކީ ހުޅުމާލޭގައި މިހާރު ފެތުންތެރިން ބޭނުންކުރަމުންދާ ޕޫލުގެ ހަތަރު ގުނަ ކަމަށާއި، މަސައްކަތް ހަވާލުކުރާ ކުންފުންޏަކުން އެ މަސައްކަތް ނިންމައި، ދޮޅު އަހަރު ދުވަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަށްވެސް އިސްމާޢީލް އަލީ ވިދާޅުވިއެވެ.

މާލޭގައި އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލެއް އެޅުމުގެ މަސައްކަތް ކުރިޔަށްދާއިރު، ފެތުމުގެ ހަރަކާތްތައް މިހާރު ކުރިއަށްގެންދާ ސްވިމިންގ ޓްރެކް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މި މަހުގެ ނިޔަލަށް ނިންމައި، އަންނަ ޖެނުއަރީ މަހު އާންމުންނަށް ބޭނުން ކުރެވޭވަރު ވެގެންދާނެ ކަމަށްވެސް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2017

ފީފާގެ ކޮރަޕްޝަންގައި ތުހުމަތު ކުރެވުނު އޮފިޝަލަކު އަމިއްލައަށް މަރުވެއްޖެ

15 ނޮވެމްބަރު 2017
ފީފާގެ ކޮރަޕްޝަންގައި ތުހުމަތު ކުރެވުނު އޮފިޝަލަކު އަމިއްލައަށް މަރުވެއްޖެ
11 އޮކްޓޯބަރު 2017

އޭޝިއަން ކަޕް ކޮލިފައިން: އޮމާން އަތުން ބަލިވެ، ރާއްޖެއަށް އަމިއްލަ ބާރު ކެނޑިއްޖެ

11 އޮކްޓޯބަރު 2017
އޭޝިއަން ކަޕް ކޮލިފައިން: އޮމާން އަތުން ބަލިވެ، ރާއްޖެއަށް އަމިއްލަ ބާރު ކެނޑިއްޖެ
02 އޮކްޓޯބަރު 2017

އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ރެއާލް މޮޅުވެއްޖެ

02 އޮކްޓޯބަރު 2017
އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ރެއާލް މޮޅުވެއްޖެ
26 ސެޕްޓެމްބަރު 2017

ޔުނައިޓެޑުން އަނެއްކާ ވެސް 100 މިލިޔަން ޕައުންޑުގެ ބިޑަކަށް ތައްޔާރު ވަނީ!

26 ސެޕްޓެމްބަރު 2017
ޔުނައިޓެޑުން އަނެއްކާ ވެސް 100 މިލިޔަން ޕައުންޑުގެ ބިޑަކަށް ތައްޔާރު ވަނީ!
04 ސެޕްޓެމްބަރު 2017

ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ

04 ސެޕްޓެމްބަރު 2017
ޕީއެސްޖީއަށް ބަދަލުވީ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދާން: އެމްބާޕޭ
19 ޖުލައި 2017

މިއީ އަމިއްލައިން ބުއި ބޮނޑިއެއް، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ހައްގު: ސާންތި

19 ޖުލައި 2017
މިއީ އަމިއްލައިން ބުއި ބޮނޑިއެއް، ޓީސީއަށް ގަދަ ހަތަރެއްގެ ޖާގަ ހައްގު: ސާންތި
09 ޖޫން 2017

ރޮނާލްޑޯއަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫން: ބެންޒެމާ

09 ޖޫން 2017
ރޮނާލްޑޯއަކީ އަމިއްލަ އެދުން ބޮޑު މީހެއް ނޫން: ބެންޒެމާ
17 މެއި 2017

ވޮލީ ރެފްރީސް ރެފްރެޝާ ކޯސް 21 ފަރާތަކުން ފުރިހަމަކޮށްފި

17 މެއި 2017
ވޮލީ ރެފްރީސް ރެފްރެޝާ ކޯސް 21 ފަރާތަކުން ފުރިހަމަކޮށްފި
13 މެއި 2017

ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި

13 މެއި 2017
ޖުމްލަ 19 ފަރާތަކުން އޭއެފްސީ "ސީ" ލައިސަންސް ކޯސް ފުރިހަމަކޮށްފި
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް