Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެ އާއި ލަންކާ ގުޅުން ބަދަހިކުރުން

ލަންކާއާއެކު ސޮއިކުރާ އެމްއޯޔޫއިން ދިވެހި ކުޅިވަރަށް ގިނަ ފުރުސަތުތަކެއް

ލަންކާގައި ދެ ގައުމުގެ ސާފަރުން ހިމެނޭ ފެސްޓިވަލެއް ބާއްވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2021 | ބުރާސްފަތި 14:05
ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ނަމަލް އާއެކު ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މަޚްލޫފް

ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ނަމަލް އާއެކު ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މަޚްލޫފް

ކުޅިވަރުގެ ދާއިރާއިން ރާއްޖެ އާއި ސްރީ ލަންކާ ގުޅިގެން މަސައްކަތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް އެއްބަސްވެއްޖެއެވެ.

މި ކަމަށް އެއްބަސްވެފައިވަނީ ބުރާސްފަތި ދުވަހު ލަންކާގައި އެ ގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ނަމަލް ރާޖަޕަކްސަ އާއި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބޭއްވި ބައްދަލުވުމުގައެވެ. މަޚްލޫފާއި ނަމަލް އަކީ ގާތް ދެ އެކުވެރިން ކަމަށްވާއިރު، މިއީ ރަސްމީ ހައިސިއްޔަތުން މި ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، މިހާރު ދެ ގައުމުގެ މެދުގައި ސޮއިކުރެވިފައިވާ ޔޫތު އެމްއޯޔޫގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން މިހާރުން މިހާރަށްވެސް ބައެއް ކަންކަންކުރަން ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން އަންނަ ޑިސެމްބަރު މަހު ލަންކާގެ ގައުމީ ވޮލީބޯޅަ ޓީމު ރާއްޖެއަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ދަތުރުކުރުމާއި، ރާއްޖޭގެ ސާފަރުންނާއި ލަންކާގެ ސާފަރުންނާއެކު ލަންކާގައި ފެސްޓިވަލެއް ބޭއްވުން ހިމެނެއެވެ. އަދި ދެ ގައުމުގެ ޖުނިއާ ޓޭބަލް ޓެނިސް (ޓީޓީ) މުބާރާތެއް އަންނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުމާއި، ލަންކާ ބީޗް ވޮލީބޯޅަ ޓީމު ރާއްޖެއަށް ދަތުރުކުރުމުގެ އިތުރުން ލަންކާގެ އެހީގައި ކެންޔާއަށް ލޯންގް ޑިސްޓެންސްގެ ދެ އެތުލީޓުން ފޮނުވައިދިނުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ޔޫތު އެކްސްޗޭންޖް ޕްރޮގްރާމެއްގައި ދިވެހި ޒުވާނުން ލަންކާއަށް ދަތުރެއްކުރުމަށްވެސް ވަނީ ނިންމާފައެވެ،

ލަންކާއާއެކު ސޮއިކުރާ އެމްއޯޔޫގެ ދަށުން ދިވެހި ކުޅިވަރަށް ގިނަ ފުރުސަތުތަކެއް ތަނަވަސްވެގެންދާއިރު، ދާދި ފަހުން މަޚްލޫފް ވަނީ ބަހްރޭނަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމާއެކުވެސް އެއްބަސްވުމެއް ހަދައި، ދިވެހި ކުޅިވަރަށް ބޮޑެތި ފުުުރުސަތުތަކެއް ހޯދައިދޭން މަޝްވަރާކުރައްވާފައެވެ. އެގޮތުން ބަހްރޭނަށް ކުރެްވި ދަތުރުފުޅުގެ ތެރެއިން ވަނީ ރާއްޖޭގެ ފުޓްބޯޅަ އާއި، ވޮލީބޯޅަ އާއި ހޭންޑްބޯޅަ އަދި ޓީޓީ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެފައެވެ.

އަހުމަދު މަޚްލޫފްކުޅިވަރާ ބެހޭ ވުޒާރާ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު