Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެޑްމިންޓަން އަލުން ފެށުން

ގޭގައި ތިބެގެން ކުރެވޭ މަސައްކަތަކީ ކުޅިވަރަށް އަގު ބޮޑު މަސައްކަތަކަށް ފަހުން ވެގެންދާނެ: މޫސަ

2019 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރު

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 4 ޖޫން 2020 | ބުރާސްފަތި 10:06
ބެޑްމިންޓަން ކުޅުންތެރިންނާއެކު ރައީސް ސޯލިހާއި ކުޅިވަރާއި ބެހޭ ވަޒީރު މަހުލޫފް

ބެޑްމިންޓަން ކުޅުންތެރިންނާއެކު ރައީސް ސޯލިހާއި ކުޅިވަރާއި ބެހޭ ވަޒީރު މަހުލޫފް

ކޮރޯނާވައިރަސް (ކޮވިޑް-19) ގުޅިގެން ކުޅިވަރުގެ ހަރަކާތްތައް ހުއްޓި، ކުޅިވަރު މައިދާންތައް ފަޅުވެފައި ވީ ނަމަވެސް، މި ވަގުތު ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ގޭގައި ތިބެ، ކުޅިވަރަށް ކުރަމުންދާ މަސައްކަތްތަކަކީ ފަހަށް ރައްކާ ކުރެވޭ އަގު ބޮޑު މަސައްކަތެއް ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި މިހާރު އަމަލު ކުރަމުންދާ އުސޫލަށް ބަލާއިރު ކުޅިވަރަކީ ވިޔަފާރި އެއް ކަމަށާއި އެހެން ކަމުން އެކަމަށް އަބަދުވެސް ވިސްނުން ގެންގުޅެން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ މިހާރުގެ ހާލަތުން މަސައްކަތް ކުރެވެން އޮތީ ވަކިވަކިން ކަމަށާއި ގައުމުތަކުގެ ހާލަތު ރަނގަޅު ވެގެންދާ މިންވަރަކަށް ކަންކަން ކުރަން ބެޑްމިންޓަން ވޯލްޑްގެ ގަވަނިންގ ބޮޑީން ވެސް ވިސްނަމުންދާއިރު، ކުޅިވަރު ވެސް އޭގެ ޒާތުގައި ކުރިޔަށްދާނީ ބޮޑެތި ބިޔަ ވިޔަފާރިތަކުގެ ވަސީލަތް މެދުވެރިކޮށް ކަމަށް މޫސަ ވިދާޅުވި އެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ކައުންސިލުގެ މެމްބަރުގެ މަގާމާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އިތުރުން ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒު ގަދަ ސަރަހައްދީ ޖަމިއްޔާ ކަމަށްވާ ބެޑްމިންޓަން އޭޝިއާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރަމުންދާ މޫސަ ވިދާޅުވީ ބިޒްނަސް ކޮމްޕޯނަންޓްގެ ވިސްނުމުގައި ބީޑަބްލިއުއެފް އިން މަސައްކަތް ފަށާފައިވާއިރު، އެންމެ އެކްޓިވް ކޮންޕޯނަންޓަކަށް ހަދާފައި ވަނީ މާކެޓިން ކޮމިޓީ ކަމަށެވެ.

މާކެޓިން ކޮމިޓީން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ދުނިޔޭގެ އެކި ސަރަހައްދުގައި ތިބި ބެޑްމިންޓަން ކުޅުންތެރިން ކުރަމުންދާ މަސައްކަތްތައް އެއްތަންކޮށް، އެކިއެކި މީޑީއާ ޕްލެޓްފޯމްތަކުގައި ބޫސްޓް ކުރުމަކީ މިވަގުތަށް ކުރެވޭނެ އެންމެ ރަނގަޅު މަސައްކަތް ކަމަށާއި، މިހާލަތުގައި ވިސްނަން ޖެހޭ ކަމަކީ ކުރެވޭނެ ކަންތަކުގެ ވާހަކަ ދައްކައިގެން ކުޅުންތެރިންނާއި ހިންގަން ތިބި ފަރާތްތައް އެކަމަށް ހޭނުވުން ކަމަށް މޫސަ ވިދާޅުވިއެވެ.

2019 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރު ކަމަށާއި އެކަން އެގޮތަށް ކުރެވިގެންދިޔައީ ސީދާ ކުޅިވަރާ ބެހޭ ވަޒީރު އެކަމަށް އިސްނަގައިގެން ކުޅިވަރުތަކުން ބޭނުންވާ ކަންކަން ބަލައްވާ، އެކަން ކުރެއްވުމުން ކަމަށް މޫސަ ވިދާޅުވިއެވެ.

މިއަދުގެ ހާލަތުން ބެޑްމިންޓަން ދެން މަސައްކަތް ކުރާނީ ޕްލޭން ބީ ހިފައިގެން ކަމަށާއި އެ ގޮތަށް މަސައްކަތް ކުރަން ނިންމީ މިހާރު އޮތް ހާލަތުން އަހަރުގެ ކުރީކޮޅު ހެދި ބަޖެޓާއި ހެދި ކަލަންޑަރާއެކު މަސައްކަތް ނުކުރެވޭނެތީ ކަމަށްވެސް މޫސާ ވިދާޅުވިއެވެ.

މި ހާލަތުން ރަނގަޅުވެ، އާންމު ހާލަތަށް ރުޖޫއުވެވޭއިރު، އަޅުގަނޑުމެން ވިސްނުން ގެންގުޅެން ޖެހޭނީ މިހާރު މި ލިބޭ ގެއްލުމުން ސަލާމަތްވެ، ކުރިޔަށް ދިޔުންކަން ފާހަގަކޮށް މޫސަ ވިދާޅުވީ އަންނަ އަހަރު ވެސް ބޮޑެތި މުބާރާތްތައް ފެށިގެންދާނެ ކަމަށް ގަބޫލު ނުކުރެވޭތީ، އެންމެ މުހިންމީ މި އޮތް ހާލަތުން އަރައިގަނެ ކުރިޔަށްދެވޭނެ ރަނގަޅު ޕްލޭނެއް އެކުލަވާލުން ކަމަށެވެ.

މި ވަގުތު މާލެ އޮތް ހާލަތުން، މާލޭ ސަރަހައްދުގައި މުބާރާތްތައް ބޭއްވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ، މިހާރު ވިސްނުން ހުރީ ރާއްޖޭގައި ބެޑްމިންޓަން ކުޅެވޭނެ ސަރަހައްދުތަކުގައި މުބާރާތް ފެށިގެން ދިޔުން ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބެންގަލޫރު މެޗަށްފަހު ޓީމު އޮތީ އިތުބާރާއެކު، މާޒިޔާ ބަލިކުރެވޭނެ: އަބަހާނީ ކޯޗު

ބެންގަލޫރު މެޗަށްފަހު ޓީމު އޮތީ އިތުބާރާއެކު، މާޒިޔާ ބަލިކުރެވޭނެ: އަބަހާނީ ކޯޗު

16 މެއި 2017
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

11 މެއި 2017
ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ

ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ

13 އެޕްރީލު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު