Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކޮންފެޑެރޭޝަންސް ކަޕް

ކޮންފެޑެރޭޝަންސް ކަޕް: ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ސެމީއަށް ދަތުރުކޮށްފި

ޕޯޗުގަލް ވަނީ ހަތް ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދާފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 25 ޖޫން 2017 | އާދީއްތަ 02:21
ޕޯޗުގަލްގެ ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު އެޓީމު ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ

ޕޯޗުގަލްގެ ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު އެޓީމު ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ

ކޮންފެޑެރޭޝަންސް ކަޕްގައި ގްރޫޕް އޭގެ އެއްވަނަ ހޯދާ ޕޯޗުގަލް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.

ޕޯޗުގަލް ގްރޫޕްގެ އެއްވަނަ ހޯދީ ހޮނިހިރު ދުވަހުގެ ރޭ ނިއުޒިލޭންޑާ ދެކޮޅަށް ކުޅުނު މެޗު މެކްސިކޯއާ ވާދަކޮށް 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ.

ރަޝިއާގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޕޯޗުގަލް އިންނެވެ. އެގޮތުން އެޓީމުން ވަނީ ނިއުޒިލޭންޑްގެ ހާފަށް ބާރުބޮޑުކޮށް ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްފައެވެ.

ޕޯޗުގަލް އިން މެޗުގެ ލީޑު ނެގީ 33 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ޕޯޗުގަލް ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މި ލަނޑަށްފަހުވެސް ޕޯޗުގަލް އިން ދިޔައީ ނިއުޒިލޭންޑްގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 37 ވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ އެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ނިއުޒިލޭންޑްގެ މައްޗަށް ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ޕޯޗުގަލް އިން ދިޔައީ ނިއުޒިލޭންޑްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ. އެގޮތުން ރޮނާލްޑޯ އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

ދެވަނަ ހާފްގައި ޕޯޗުގަލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެންޑްރޭ ސިލްވާ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ރިކާޑޯ ކޮރެސްމާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ އިތުރުވަގުތުގައި ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލުއިސް ނާނީ އެވެ.

މި ނަތީޖާއާއެކު ހަތް ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ. މި ގްރޫޕްގައި ހިމެނޭ ރަޝިއާ އަދި މެކްސިކޯ ބައްދަލުކުރި މެޗު ނިމުނީ މެކްސިކޯ ކޮޅަށް ބުރަވެގެންނެވެ. އެގޮތުން މެކްސިކޯވެސް ވަނީ ހަތް ޕޮއިންޓް ހަމަކޮށްފައެވެ. އެޓީމު ދެވަނަ ބުރަށް ދަތުރުކުރީ ޕޯޗުގަލްއާ އެއް އަދަދަކަށް ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުން ދެވަނައިގެ ގޮތުގައެވެ. މުބާރާތް ބާއްވާ ގައުމު ރަޝިއާ ވަނީ ކަޓާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު