Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިޔާސީ ބަޔާން

މިހާރު ފަށާފައިވާ މަޝްރޫޢުތައް ނިމޭއިރު ތާރީޚުގައިވެސް ނުދެކޭ ތަރައްޤީ ކުޅިވަރަށް އަންނާނެ: ރައީސް

ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީނުވާ މިންވަރަށް އެ ވަސީލަތްތައް ތަރައްޤީވާނެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2021 | ބުރާސްފަތި 05:09
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަނީ

ކުޅިވަރުގެ ދާއިރާއަށް މާލެ އާއި ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫޢުތައް ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީނުވާ މިންވަރަށް، އެ ވަސީލަތްތައް ތަރައްޤީވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާގައި ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކޮވިޑް-19 ގެ ފުރަބަންދުގެ ތެރޭގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މާލެ އާއި ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫޢުތައް ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީނުވާ މިންވަރަށް، އެ ވަސީލަތްތައް ތަރައްޤީވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ތިންވަނަ ރިޔާސީ ބަޔާން އިއްވިއިރު، އެންމެ ގިނަ މަޝްރޫއުތަކެއް މި ސަރުކާރުގައި މިހާތަނަށް ހިންގާފައިވަނީވެސް ކުޅިވަރުގެ ދާއިރާއަށެވެ. އެގޮތުން މިހާތަނަށް ކުޅިވަރުގެ މަޝްރޫއުތަކަށް 345 މިލިޔަން ރުފިޔާއަށް ވުރެ ގިނައިން ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ.

އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމުގައި ބައިނަލްއަގުވާމީ މުބާރާތްތަކަށް އަމާޒުކޮށްގެން، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާއިިރު، އެ މަސައްކަތުގެ ދަށުން މިއިން ޒަމާނެއްގައިވެސް ކުޅުންތެރިންނަށް ފަހިކޮށްދެވިފައި ނުވާހާ ގިނަ ވަސީލަތްތައް ސަރުކާރުން ވަަނީ ރާއްޖެ އާއި ބައިނަލްއަގުވާމީ މައިދާނުގައި ފަހިކޮށްދީފައެވެ. އަދި މިހާތަނަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެކި ކުޅިވަރުތައް ތަފާތުކުރުމެއް ނެތި ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް އަށް ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ. އަދި މިހާތަނަށް ސަރުކާރުން ވަނީ 58 ފުޓްސަލް ދަނޑު ގާއިމުކޮށްފައެވެ.

މީގެ އިތުރުން މާލޭ ސްވިމިންގ ޓްރެކް ތަރައްގީކުރުމުގެ އިތުރުން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމް ވަނީ ގާއިމުކޮށްފައެވެ. އަދި އޮލިމްޕިކް ފެންވަރުގެ ސްވިމިންގ ޕޫލެއް މާލޭގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްވެސް ފަށާފައިވާއިރު، ސްވިމިން ޕޫލް އަޅާ ބިން 50 އަހަރުގެ މުއްދަތަކަށް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ މިހާރު ވަނީ ހަވާލުކުރެވިފައެވެ. 50 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ މި މަޝްރޫއު ނިމޭއިރު، މުޅި އިމާރާތް ހުންނާނީ އެންމެ ޒަމާނީ ވަސީލަތުން ފުރިހަމަވެ، އެންމެ ބޮޑެތި މުބާރާތްތައް ބޭއްވޭނެ ފެންވަރަށް ތަރައްގީކުރެވިފައެވެ.

މީގެ އިތުރުން ސަރުކާރުގެ ތިންވަނަ އަހަރު ގުނަމުންދާއިރު، މާފަންނު ސްޓޭޑިއަމުގެ ޓްރެކް ސަރަހައްދުގައި ޒަމާނީ ސިންތެޓިކް ޓްރެކެއް ތަރައްގީކޮށް، ދުވުންތެރިންނާއި މުޅި މާލޭ ސަރަހައްދުގައި ދިރިއުޅޭ އާއްމުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޮޑު ފަސޭހައެއް ވަނީ މި ސަރުކާރުން ހޯދައިދީފައެވެ.

ދުނިޔޭގެ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ބިލިއާޑް ފެސިލިޓީއެއް މާލޭގައި ތަރައްޤީކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު، މިހާތަނަށް ބިލްޔާޑް ކުޅުންތެރިން ނުލިބޭފަދަ ވަސީލަތްތައް މިހާރުވެސް ވަނީ ހޯދައިދީފައެވެ. އެގޮތުން ހުޅުމާލޭގައި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ލިބުނު ފެސިލިޓީއަކީ މާލޭގައި ކުރިން އެ އެސޯސިއޭޝަނަށް ލިބުނު ފެސިލިޓީއަށް ވުރެންވެސް ބޮޑު އަދި ޖާގަވެސް ތަނަވަސް ތަނެކެވެ.

އަދި ތިން ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އަޅާފައިވާއިރު، މި އަހަރު ރާއްޖޭގެ 20 ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އެޅުމަން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ މައުލޫމާތުދީފައެވެ. އަދި މަގުމަތިވެފައިވާ ނެޓްބޯޅައަށް ސްޓޭޑިއަމް ސަހަރައްދުން ފެންވަރު ރަނގަޅު ވަސީލަތެއް ޔަގީންކުރެވި، ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ކުޅިވަރުގެ ވަސީލަތްތަކަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަމުންދާއިރު، ކޮވިޑުގެ ހާލަތާއެކު ކުޅިވަރުގެ ދާއިރާއަށް ކުރިމަތިވި އުނދަގޫ ހާލަތުން އަރައިގަނެ، 2021 ވަނަ އަހަރަކީ ކުޅިވަރު އެސޯސިއޭޝަންތަކުން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބޭއްވޭނެ އަހަރަކަށް ވެގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އުނދަގޫ ހާލަތަކަށްފަހު ކުޅިވަރުގެ ދާއިރާއަށް އުންމީދީ އަހަރަކަށް 2021 ވަނަ އަހަރު ވެގެންދާނެ ކަމަށް ޤަބޫލުކުރެވޭއިރު، ސަރުކާރުން ކުރަމުންދާ މަސައްކަތާއެކު ކުޅިވަރު ކުޅުންތެރިންނަށް އުފާވެރި އަހަރަކަށް މި އަހަރު ވެގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް

ބައިނަލްއަގުވާމީ ފުޓުބޯޅައިގެ ގަވައިދުތަކަށް މަހުލޫފް މިހާރު ހުންނާނީ ރޯ ފިލާފަ: ބައްސާމް

12 ޖެނުއަރީ 2019
މިހާރު އެވޯޑްސް: ރަންބޫޓް ދަގަނޑޭ އަށް

މިހާރު އެވޯޑްސް: ރަންބޫޓް ދަގަނޑޭ އަށް

03 ޑިސެމްބަރު 2018
މިހާރު އެވޯޑްސްއަށް ވާދަކުރާ ސާފް ސުޒުކީ ކަޕުގެ ފަސް ކުޅުންތެރިން ހޮވައިފި

މިހާރު އެވޯޑްސްއަށް ވާދަކުރާ ސާފް ސުޒުކީ ކަޕުގެ ފަސް ކުޅުންތެރިން ހޮވައިފި

02 އޮކްޓޯބަރު 2018
މިހާރު އެވޯޑްސް: ކުޅިވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޝަރަފު އަރުވައިފި

މިހާރު އެވޯޑްސް: ކުޅިވަރުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ޝަރަފު އަރުވައިފި

06 މެއި 2018
ޓްރާންސްފާ ބާޒާރުގައި އަހަރެންގެ އަގަކީ މިހާރު 300 މިލިއަން ޔޫރޯ: ހަޒާޑް

ޓްރާންސްފާ ބާޒާރުގައި އަހަރެންގެ އަގަކީ މިހާރު 300 މިލިއަން ޔޫރޯ: ހަޒާޑް

31 އޯގަސްޓު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު