Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު މައްސަލަ

ކޯޓުން ނިންމި ނިންމުމަކީ ޓީޓީ އާއިލާއަށާއި ކުޅިވަރަށް ލިބުނު ކާމިޔާބީއެއް: ޖައުޝަން

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްދިނުމަށް ކޯޓުން ވަގުތީ އަމުރެއް ނެރެދީފައެއް ނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2020 | ހޯމަ 18:08
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤާނޫނީ ވަކީލް މުޙައްމަދު ޖައުޝަން ޝަރީފް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤާނޫނީ ވަކީލް މުޙައްމަދު ޖައުޝަން ޝަރީފް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެކޮޅަށް ސިވިލް ކޯޓަށް ވެއްދި މައްސަލަ އެ ކޯޓުން ބެލުމަށްފަހު ނިންމި ނިންމުމަކީ ޓީޓީ އާއިލާއަށާއި، ކުޅިވަރު އާއިލާއަށް ލިބުނު ކާމިޔާބީއެއް ކަމަށް ޓޭޓީ އެސޯސިއޭޝަނުގެ ޤާނޫނީ ވަކީލު މުޙައްމަދު ޖައުޝަން ޝަރީފް ވިދާޅުވެއްޖެއެވެ.

ޓޭޓީ އެސޯސިއޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އަލީ އާދަމް މަނިކް (ތާޅަފިލި އަލިބެ) އެވެ.

އެކަމަކު ހޯމަ ދުވަހު ސިވިލް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ ޝަރީއަތުގެ މަރުހަލާތަކަކީ ދިގުދެމިގެންދާ އަދި ގިނަ ދުވަސްތަކެއް ވެގެން ހިނގައިދާނެ މަރުހަލާތަކެއް ކަމަށް ވެފައި، ވަގުތީ އަމުރު ރައްދުވާ ފަރާތަށް އިންތިޚާބެއް ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާނަމަ، އޭގެ ސަބަބުން ޓީޓީ އެސޯސިއޭޝަނުގެ އެންމެހައި މެންބަރުންގެ ހައްގުތައް ގެއްލި، ޓީޓީ އެސޯސިއޭޝަން ހިންގުމުގައި ދަތިތަކެއްކުރިމަތި ވެގެންދާނެތީ، ވަގުތީ އަމުރަށް އެދުނު ފަރާތުގެ މަސްލަހަތަށްވުރެ ވަގުތީ އަމުރު ނެރުމުގެ ސަބަބުން ވަގުތީ އަމުރު ރައްދުވާ ފަރާތަށް ލިބޭނެ ގެއްލުން މި ހާލަތުގައި ބޮޑުކަމަށް ޝަރީއަތަށް ބުރަވެވޭތީ، ވަގުތީ އަމުރެއް ޝަރީއަތުން ނެރެންޖެހޭނެ ތަނެއް ނެތްކަން ޝަރީއަތުގެ ހަމަތަކުން އެނގޭ ކަމަށެވެ.

ހޯމަ ދުވަހުގެރޭ ޓީޓީ އެސޯސިއޭޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖައުޝަން ވިދާޅުވީ ހޯމަ ދުވަހު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ދެފަރާތުންވެސް ވަރަށް ގިނަ ވާހަކަތަކެއް ޝަރީއަތުގެ މަޖިލީހުގައި ހިއްސާ ކުރެވުނު ކަމަށާއި، އެގޮތުން ދައުވާކުރާ ފަރާތުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ އަންގާރަ ދުވަހު ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ކުރިއަށްދާނަމަ، އޭގެ ސަބަބުން އެފަރާތަށް ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށެވެ. އަދި އެއީ އެފަރާތުގެ ހައްގު އެކަނި ނޫން ކަމަށާއި، ޓީޓީ އެސޯސިއޭޝަނުގެ އެތައް މެންބަރުންގެ ހައްގު ގެއްލިގެން ދާނެ ކަމަށެވެ. އަދި ޓީޓީ އެސޯސިއޭޝަނުން ހާއްސަ އާންމު ޖަލްސާއެއް ބާއްވާފައި ނުވަނީ ގަވާއިދާ ޚިލާފަށް ކަމަށް އެފަރާތުން ފާހަގަކުރި ކަމަށް ޖައުޝަން ވިދާޅުވިއެވެ.

ޖައުޝަން ވިދާޅުވީ ސިވިލް ކޯޓުން ނިންމި ނިންމުމުން އިނގިގެންދަނީ ޓީޓީ އެސޯސިއޭޝަނުން ކަންކޮށްފައިވަނީ ހެދިފައިހުރި ގަވާއިދުތަކާއި އެއްގޮތަށް ކަމަށާއި، އަދި އެ އެސޯސިއޭޝަނުން ކަންކުރަނީ ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ނިންމާ ގޮތަށްކަން ކަމަށެވެ.

ޖައުޝަން އިތުރަށް ވިދާޅުވީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަން (އައިޓީއެފް) އިން ހޯމަ ދުވަހު ޓީޓީ އެސޯސިއޭޝަނަށް އިތުރު ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެ ސިޓީގައި އައިޓީޓީއެފްއިން ޓީޓީ އެސޯސިއެޝަނުގެ އިންތިޚާބަށް ރާއްޖޭގެ ސިވިލް ކޯޓް ނުވަތަ ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާނަމަ، ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްދިނުމަށް ކޯޓުން ވަގުތީ އަމުރެއް ނެރެދީފައި ނުވާއިރު، އަންގާރަ ދުވަހު އިންތިޚާބު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި އިންތިޚާބުގައި މިހާރުގެ ރައީސް އަލީ ރަޝީދު އާއި ތޯހާ ސަލީމް އަދި މުހައްމަދު ޖަލާލް ވާދަކުރައްވާއިރު، ޖަލާލުގެ ނަން އަނބުރާ ނަގާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޓީޓީ އެސޯސިއޭޝަނުގެ އިންތިޚާބުގައި ރައީސް އާއި ނައިބު ރައީސްގެ އިތުރުން ހަޒާންދާރުގެ މަގާމާއި، ފިރިހެން އަދި އަންހެން މެންބަރުން ތަމްސީލްކުރާ ގޮނޑި އާއި، ކުލަބުތަކާއި ބެލެނިވެރިން ތަމްސީލުކުރާ ގޮނޑިއަށްވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި 15 ކުލަބަކާއި، 270 މެންބަރުން ވޯޓުލާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

ޒުވާން ޓީޓީ ޓީމުން ތިން ލޯ މެޑަލް ހޯދައިފި

21 މެއި 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ސިންގަލްސް އިވެންޓުން ރަފާއަށް މޮޅެއް

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ސިންގަލްސް އިވެންޓުން ރަފާއަށް މޮޅެއް

12 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޓީމް އިވެންޓުގެ އަންހެން އަދި ފިރިހެން ބައިން ރާއްޖެ ކަޓައިފި

10 އެޕްރީލު 2017
ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

ކުޅުންތެރިންގެ އަމާޒަކީ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުން

31 މާރިޗު 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު