Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު

އިނގިރޭސިވިލާތުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާއެކު އަނެއްކާ ވެސް ފިޔަވަޅުތައް ވަރުގަދަކޮށްފި

ހަ މީހުންނަށްވުރެ ގިނައިން އެއްވެސް ތާކު ނުތިބެވޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 12:01
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާއެކު އާންމު ތަންތަނުގައި އެއްވެ އުޅުމުގައި ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އެކަން ހާމަކުރައްވަމުން ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ކޭސްތައް ފެންނަ މިންވަރު އިތުރު ވެގެންދާނެ ކަމަށް ބެލެވޭތީ އެކަމުން ރައްކާތެރިވުމުގެ ގޮތުން މިހާރުއްސުރެ އަމަލު ކުރަން ޖެހޭ ކަމަށެވެ.

ބޮރިސްގެ އެންމެ އިސް މެޑިކަލް އެޑްވައިޒަރާއެކު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހަ މީހުންނަށްވުރެ ގިނައިން އެއްވެސް ތާކު ނުތިބެވޭނެ ކަމަށެވެ.

"މިފިޔަވަޅު އަޅަން ނުޖެހޭނެނަމަ ވަރަށް ރަނގަޅު. އެހެންނަމަވެސް ބޮޑުވަޒީރުގެ ހައިސިއްޔަތުން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް އަޅަންޖެހޭ ފިޔަވަޅެއް އަޅަންޖެހޭ." ބޮރިސް ވިދާޅުވި އެވެ.

ބޮރިސް ވިދާޅުވީ އަލަށް މި އެކުލަވާލެވުނު ގައިޑްލައިނާ އެއްގޮތަށް އަމަލުކުރޭތޯ ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ކުރިޢަށް ވުރެ ބޮޑަށް މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ. ބޮރިސް ވިދާޅުވީ އަލަށް އެޅިގެންދާ ފިޔަވަޅުތަކަކީ ލޮކްޑައުން އަކަށް ދިޔުން ނޫން ކަމަށާއި ދެވަނަ ލޮކްޑައުން އަކުން ގައުމު ސަލާމަތް ކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި އިނގިރޭސިވިލާތުގައި ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. އެއާއެކު ބޮރިސް މިވަނީ އެގައުމުގައި އެންމެ ގިނަ ކޭސްތައް ފެނުނުއިރު ބޮރިސް އާއި ވަޒީރުން ކޮންމެ ދުވަހަކު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވާ ގޮތަށް ބައްދަލުވުމެއް ބާއްވާފައެވެ.

އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިސަރ ކްރިސް ވިޓީ ވިދާޅުވީ އެ ގައުމުގައި މިހާރު ކޭސްތައް އިތުރުވަމުން އަންނަނީ މީގެ ހަތަރު ހަފްތާ ކުރިން ފްރާންސްގައި ކޭސްތައް އިތުރުވަމުން އައިގޮތަށް ކަމަށެވެ. އަދި ބެލްޖިއަމް އަކީ ވެސް މިގޮތަށް ކޭސްތައް އިތުރުވަމުން އައި ގައުމެއް ކަމަށާއި ނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އެކަން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން އަލަށް އެޅުނު ފިޔަވަޅުތައް ކުރިޔަށް އޮތް ހަފްތާތަކެއް ވަންދެން ތަންފީޒު ކުރެވެމުންދާނެ ކަމަށާއި އަދި ކުރިއަށް އޮތީ ފިނިމޫސުން ކަމުގައިވުމުން ވައިރަސް ފެތުރުން ހަލުވި ވެގެންދާނެ ކަމަށެވެ.

މުޅި އިނގިރޭސިވިލާތުގައި ޓެސްޓް ކުރެވޭ މިންވަރު މިހާރު ކުރިއަށްވުރެ އިތުރުވެފައި ވީނަމަވެސް އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރެވޭ މިންވަރު ކުރިއާ އަޅާބަލާއިރު މަދު ނަމަވެސް ވައިރަސް ފެތުރުން ކޮންޓްރޯލް ނުކުރެވިދާނެކަމުގެ ބިރު ހީވާ ކަމަށް ކްރިސް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ޓީނޭޖް ކުދިންނާއި އުމުރުން 20ގެ އަހަރުތައް ގުނަމުންދާ ޒުވާނުންގެ މެދުގައި ކޭސްތައް އިތުރުވަމުން ހިނގައިދާނެ ކަމަށް ކްރިސް ވިދާޅުވިއެވެ.

ހަ މީހުންނަށްވުރެ ގިނައިން އެއް ވަގުތެއްގައި އެއްތާކު ނުތިބެވޭ ގޮތަށް ހެދުމުގެ ކުރިން ހުއްދަ އޮންނަނީ އެންމެ ގިނަ ވެގެން 30 މީހުންނަށް އެއްތާކު ތިބެވޭ ގޮތަށެވެ.

އިނގިރޭސިވިލާތުގައި ބުދަ ދުވަހު 2659 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެކުރީ ދުވަސްކަމުގައިވާ އަންގާރަ ދުވަހު 2460 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. ނިމިގެންދިޔަ އޮގަސްޓް މަހު އެ ގައުމުގައި ދުވާލެއްގެ މައްޗަށް ހާހެއްހާ މީހުންނަށް ކޮވިޑް-19 ޖެހިގެން ވަނީ ރިޕޯޓް ކޮށްފައެވެ.

އަލަށް މިއެކުލަވާލެވުނު ގައިޑްލައިނަށް މަސައްކަތް ކުރާ ތަންތަނާއި، ސްކޫލްތަކުގައި އަމަލުކުރަން ނުޖެހޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް، އެންމެ ގިނައީ ޔޫރަޕްގެ ކޭސްތައް

ކޮވިޑް-19: މަރުވި މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް، އެންމެ ގިނައީ ޔޫރަޕްގެ ކޭސްތައް

21 މާރިޗު 2020
އެމެޒޯންއާއި އީބޭގައި ހޭންޑް ސެނިޓައިޒަރެއް 120 ޕައުންޑަށް ވިއްކަން ފެށުމާއެކު ގިނަ ބައެއްގެ ފާޑުކިއުން

އެމެޒޯންއާއި އީބޭގައި ހޭންޑް ސެނިޓައިޒަރެއް 120 ޕައުންޑަށް ވިއްކަން ފެށުމާއެކު ގިނަ ބައެއްގެ ފާޑުކިއުން

08 މާރިޗު 2020
އިނގިރޭސިވިލާތުގައި ސޯޝަލް މީޑިއާގެ ޒަރީއާއިން ޞައްޙަނޫން މަޢުލޫމާތު ފަތުރާ މީހުންނަށް ފިޔަވަޅު އަޅަނީ

އިނގިރޭސިވިލާތުގައި ސޯޝަލް މީޑިއާގެ ޒަރީއާއިން ޞައްޙަނޫން މަޢުލޫމާތު ފަތުރާ މީހުންނަށް ފިޔަވަޅު އަޅަނީ

13 ފެބުރުއަރީ 2020
ބޯރިސްގެ ކާމިޔާބީއާ މެދު ނުރުހުން ފާޅުކޮށް އިނގިރޭސިވިލާތުގައި މުޒާހަރާ ކުރަނީ

ބޯރިސްގެ ކާމިޔާބީއާ މެދު ނުރުހުން ފާޅުކޮށް އިނގިރޭސިވިލާތުގައި މުޒާހަރާ ކުރަނީ

14 ޑިސެމްބަރު 2019
އިނގިރޭސިވިލާތުގައި ހުންނަ ހޮންގްކޮންގް ކޮންސިއުލޭޓްގައި މަސައްކަތް ކުރާ މީހަކު ހައްޔަރުކުރިކަމަށް ޗައިނާއިން އެއްބަސްވެއްޖެ

އިނގިރޭސިވިލާތުގައި ހުންނަ ހޮންގްކޮންގް ކޮންސިއުލޭޓްގައި މަސައްކަތް ކުރާ މީހަކު ހައްޔަރުކުރިކަމަށް ޗައިނާއިން އެއްބަސްވެއްޖެ

21 އޯގަސްޓު 2019

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު